Roadha Mihaaru
ރޯދަ މަހު ވިޔަފާރި ކުރެވޭ ގަޑިތައް ކަނޑައަޅައިފި

ރޯދަ މަހު ފިހާރަތަކާއިި ކެފޭ، ރެސްޓޯރެންޓްތަކުގެ ޚިދުމަތް ދެވޭނެ ވަގުތުތައް ކަނޑައަޅައިފި

15 މާޗް 2020

ރޯދަ މަހު ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓްތަކުން ޚިދުމަތް ދެވޭނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރޯދަ މަހު ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓްތަކުން ޚިދުމަތް ދެވޭނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

އިކޮނޮމިކް މިިނިސްޓްރީން މިކަމާ ބެހޭ ގޮތުން ކުރި އިއުލާނުގައި ބުނީ އަންނަ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަސް ނިމެންދެން ފިހާރަތައް މެންދަމު 12 އާ ހަމައަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ. އަދި ރޯދަ މަހުން ފެށިގެން ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަސް ނިމެންދެން ކެފޭ އަދި ރެސްޓޯރެންޓްތައް ހުޅުވާފައި ބެހެއްޓޭނީ މެންދަމު 3 އާ ހަމަ އަށް ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ވެސް، ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓްތަކުގެ ޚިދުމަތް ދެވޭ ވަގުތުތަކަށް ސަރުކާރުން އަބަދުވެސް ބަދަލު ގެނެ އެވެ.