Roadha Mihaaru
ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ފަށައިފި

އަމިއްލަ ބޭނުންތަކަށް އިންސްޓޯލްމަންޓަށް މުދާ ގަނެވޭ ގޮތް ބީއެމްއެލް އިސްލާމިކް އިން ހަދައިފި

02 މެއި 2018

އަމިއްލަ ފަރާތްތަކަށް ފަސޭހަކަމާ އެކު އިންސްޓޯލްމަންޓަށް މުދާ ގަަނެވޭ ގޮތް ނުވަތަ ޕާސަނަލް ފައިނޭންސިންގެ ޚިދުމަތް ބީއެމްއެލް އިސްލާމިކް އިން މިއަދު ތައާރަފްކޮށްފި އެވެ.

އަމިއްލަ ފަރާތްތަކަށް ފަސޭހަކަމާ އެކު އިންސްޓޯލްމަންޓަށް މުދާ ގަަނެވޭ ގޮތް ނުވަތަ ޕާސަނަލް ފައިނޭންސިންގެ ޚިދުމަތް ބީއެމްއެލް އިސްލާމިކް އިން މިއަދު ތައާރަފްކޮށްފި އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑައިރެކްޓާ އޮފް ބީއެމްއެލް އިސްލާމިކް، ޒުލްގަރުނައިން ތަމާން ވިދާޅުވީ، އެ ބޭންކުން ކުރިން ތައާރަފް ކޮށްފައިވާ ޕްރޮޑަކްޓްތައް ވަރަށް ކާމިޔާބު ކަމަށެވެ. ޕާސަނަލް ފައިނޭންސިންގެ ޚިދުމަތް ދޭން ފެށީ އެ ކާމިޔާބީ އަށް ބެލުމަށް ފަހު ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިސްލާމީ އުސޫލުތަކުގެ މަތިން ދެވޭ އިތުރު ޚިދުމަތެއް މިއަދު ތައާރަފް ކުރެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް. މި ޚިދުމަތާ އެކު އިސްލާމީ އުސޫލުތަކުގެ މަތިން ރާއްޖޭގައި މި ވަގުތު ލިބޭ އެންމެ ރަނގަޅު ފައިނޭންސިން ޚިދުމަތުގެ ފައިދާ ކަސްޓަމަރުންނަށް ލިބިގެންދާނެ،" މަހުން މަހަށް ފައިސާ ދައްކާގޮތަށް ތައާރަފްކުރި ޚިދުމަތާ ގުޅޭގޮތުން ތަމާން ވިދާޅުވި އެވެ.

އެމްއެލް އިސްލާމިކް ޑައިރެކްޓަރު ފާތުމަތު މަނިކެ މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަަނީ.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

އެމްއެލް އިސްލާމިކް ޑައިރެކްޓަރު ފާތުމަތު މަނިކެ މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަަނީ.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

ބީއެމްއެލް އިސްލާމިކް ޚިދުމަތްތައް ފަރުމާ ކުރެވިފައިވަނީ އިސްލާމިކް ބޭންކިން އާ ގުޅޭ ބައިނަލްއަގްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތަށް ކަމަށް ބީއެމްއެލް އިސްލާމިކް ޑައިރެކްޓަރު ފާތުމަތު މަނިކެ ވިދާޅުވި އެވެ.

"[ޕާސަނަލް ފައިނޭންސިން] މި ޚިދުމަތް ފޯރުކޮށްދެނީ އިސްލާމިކް ބޭންކިން ބޭނުންކުރާ މުރާާގަހާ، ޚަރަދުގެ މައްޗަށް ފައިސާ ލައިގެން ވިއްކުމުގެ އުސޫލުގެ ދަށުން،" ފާތުމަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ވެސް 50 އަށް ވުރެ ގިނަ ފިހާރަތަކުން މި ޚިދުމަތް ގަބޫލު ކުރާނެ ކަމަށެވެ. އަދި ޚިދުމަތުގެ ދަށުން، ފަރުނީޗަރުން ފެށިގެން ގޮސް އިލެކްޓްރޯނިކް ސާމާނާއި އެހެނިގެން ގިނަ ސާމާނު ގަނެވޭނެ ކަމަށް ވެސް ފާތުމަތު ވިދާޅުވި އެވެ.

ބީއެމްއެލް އިން ބުނީ މިއަދު ދޭން ފެށި އިސްލާމިކް ޕާސަނަލް ފައިނޭންސިން ޚިދުމަތް ބޭނުން ކޮށްގެން 15،000ރ. އިން ފެށިގެން 100،000ރ. އާ ހަަމަ އަށް މުދާ ނެގޭނެ ކަމަށެވެ. އަދި މުދަލުގެ ކޯޓޭޝަން ބެންކަށް ފޮނުވާތާ ހަތް ދުވަހުގެ ތެރޭގައި ފައިނޭންސިން ހަމަޖައްސައިދޭނެ ކަމަށް ވެސް ބޭންކުން ވަނީ ބުނެފަ އެވެ.