Roadha Mihaaru
ސަނާބިލް ޕްރޮޖެކްޓަށް ބީއެމްއެލް އިސްލާމިކްގެ އިންވެސްޓު

ބީއެމްއެލް އިސްލާމިކުން އައިޔޫއެމްގެ ސަނާބިލް ޕްރޮޖެކްޓަށް އިންވެސްޓުކޮށްފި

22 އޯގަސްޓް 2024

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ހުޅުމާލޭގައި އަޅަން ނިންމާފައިވާ "ސަނާބިލް" އިމާރާތުގެ ޕްރޮޖެކްޓަށް ބީއެމްއެލް އިސްލާމިކުން އިންވެސްޓުކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ހުޅުމާލޭގައި އަޅަން ނިންމާފައިވާ "ސަނާބިލް" އިމާރާތުގެ ޕްރޮޖެކްޓަށް ބީއެމްއެލް އިސްލާމިކުން އިންވެސްޓުކޮށްފި އެވެ.

ހަތް ބުރީގެ އިމާރާތުގެ ޕްރޮޖެކްޓަށް ޖޫން 2024 ގައި ހުޅުވާލި ސުކޫކަށް އެއްފަހަރާ ސަބްސްކްރައިބްކުރުމާ އެކު، ބީއެމްއެލް އިސްލާމިކް ވެފައިވަނީ އިދާރާއަކުން ދޫކުރި އިސްލާމިކް ކެޕިޓަލް މާކެޓް އިންސްޓްރޫމެންޓަކަށް އިންވެސްޓްކުރި ރާއްޖޭގެ ފުރަތަމަ ބޭންކަށެވެ.

ބީއެމްއެލްގެ ޑައިރެކްޓަ އޮފް އިސްލާމިކް ބޭންކިން، ހަސަން ކަލާމް ވިދާޅުވީ މި އިންވެސްޓްމަންޓަކީ އިސްލާމިކް ބޭންކިން އަދި ފައިނޭންސިންގެ ދާއިރާ ކުރިއަރުވައި، އިސްލާމީ ތައުލީމު ކުރިއެރުވުމަށް ބީއެމްއެލް އިސްލާމިކުން ސާބިތުކަމާ އެކު ތިބިކަމުގެ ވަރުގަދަ ހެއްކެއްކަމަށެވެ. އަދި މި ޕްރޮޖެކްޓުގެ ސަބަބުން ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ އާއި ރާއްޖޭގެ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، މި އިންވެސްޓުމަންޓުގެ ސަބަބުން އިލްމީ އިގުތިސާދެއް ގާއިމްކުރުމަށް ލިބޭ އެހީއަކަށް ވާނެ އެވެ.

ބީއެމްއެލް އިސްލާމިކް އަކީ އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި މުއައްސަސާތަކަށް އީޖާދީ އަދި ކަސްޓަމަރުން ބޭނުންވާ ފަދަ ޝަރުއީ ހަމަތަކަށް މާލީ ހައްލު ފޯރުކޮށްދޭ ބޭންކެކެވެ.