Roadha Mihaaru
ހައުސިން ފައިނޭންސިންގެ މައުލޫމާތު ލިވިން އެކްސްޕޯގައި

ބީއެމްއެލް އިސްލާމިކްގެ ހައުސިން ފައިނޭންސިންގެ މައުލޫމާތު ލިވިން އެކްސްޕޯގައި

08 އޯގަސްޓް 2023

ބުރާސްފަތި ދުވަހު ފަށާ ލިވިން އެކްސްޕޯގައި ހުންނަ ބީއެމްއެލް އިސްލާމިކް ބެންކުގެ ސްޓޯލުން ފައިނޭންސިންގައި ކަސްޓަމަރުންނަށް ހުރި ފުރުސަތުތަކުގެ މައުލޫމާތުތައް ލިބެން ހުންނާނެ ކަމަށް ބެންކުން ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ބުރާސްފަތި ދުވަހު ފަށާ ލިވިން އެކްސްޕޯގައި ހުންނަ ބީއެމްއެލް އިސްލާމިކް ބެންކުގެ ސްޓޯލުން ފައިނޭންސިންގައި ކަސްޓަމަރުންނަށް ހުރި ފުރުސަތުތަކުގެ މައުލޫމާތުތައް ލިބެން ހުންނާނެ ކަމަށް ބެންކުން ބުނެފި އެވެ.

ބެންކުން ބުނި ގޮތުގައި އެ ސްޓޯލުން ބީއެމްއެލްގެ އިސްލާމިކްއިން ލިބެން ހުރި ހިދުމަތްތަކުގެ މައުލޫމާތުތައް ވެސް ލިބޭނެ އެވެ.

އެ ބެންކުން ބުނި ގޮތުގައި ބީއެމްއެލް އިސްލާމިކް އިން އަންނަނީ ރާއްޖޭގައި ހޯމް ޕާޗޭސް ފައިނޭންސިން ދޫކުރާ އެންމެ ކުޑަ ރޭޓުގައި ފައިނޭންސް ކޮށްދެމުންނެވެ. ބީއެމްއެލް އިސްލާމިކް ހައުސިން ފައިނޭންސިން ފަރުމާކޮށްފައިވަނީ ޝަރުއީ ހަމަތަކުގެ މައްޗަށެވެ.

ދާދި ފަހުން ބީއެމްއެލް އިސްލާމިކް އިން ދޫކުރާ ހޯމް ޕާޗޭސް ފައިނޭންސިން އަށް ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތު ވަނީ 25 އަހަރަށް އިތުރުކޮށް 24 މަހާ ހަމައަށް ގްރޭސް ޕީރިއަޑް ވެސް އިތުރުކޮށްފަ އެވެ.

ލިވިން އެކްސްޕޯ ކުރިއަށް ދާނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. މި އެކްސްޕޯ ކުރިއަށް ދާނީ މެންދުރު ފަހު 3:00 އިން އިރުއޮއްސި 6:00 އާ ހަމައަށެވެ. އަދި ރޭގަނޑު 8:00 އިން 11:00 އާ ހަމައަށް އެކްސްޕޯ ކުރިއަށްދާނެ އެވެ.