Roadha Mihaaru
"ވަޒީފާ ސަލާމަތްކުރަން ތަށްޓެއް ހޯދުން ލާޒިމެއް ނޫން"

ވަޒީފާ ސަލާމަތްކުރަން ތަށްޓެއް ހޯދުން ލާޒިމެއް ނޫން: ޒިދާން

01 މެއި 2018

މެޑްރިޑް (މެއި 1) - ރެއާލް މެޑްރިޑްގެ ކޯޗެއްގެ ގޮތުގައި ދެމިހުންނަށް މި ސީޒަނުގައި ތަށްޓެއް ހޯދުމަކީ ލާޒިމުކަމެއްގެ ގޮތުގައި ނުދެކޭ ކަމަށް ފާއިތުވި ދެ އަހަރު ރެއާލަށް ޗެމްޕިއަންސް ލީގު ހޯދައިދިން ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (މެއި 1) - ރެއާލް މެޑްރިޑްގެ ކޯޗެއްގެ ގޮތުގައި ދެމިހުންނަށް މި ސީޒަނުގައި ތަށްޓެއް ހޯދުމަކީ ލާޒިމުކަމެއްގެ ގޮތުގައި ނުދެކޭ ކަމަށް ފާއިތުވި ދެ އަހަރު ރެއާލަށް ޗެމްޕިއަންސް ލީގު ހޯދައިދިން ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.

މި ފަހަރުގެ ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕް ގެންދިޔައީ ރެއާލްގެ އެންމެ ބޮޑު ވާދަވެރިޔާ ކަމަށްވާ ބާސެލޯނާ އެވެ. ރެއާލުން އަންނަނީ ޗެމްޕިއަންސް ލީގުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. ރެއާލަކީ އެ މުބާރާތުގެ ފޭވަރިޓެވެ.

ޒިދާން ބުނީ ވަޒީފާގެ ބިރެއް ނެތް ކަމަށާއި ޓީމުގެ ބޯޑުގެ ފުރިހަމަ އެއްބާރުލުން އެބައޮތް ކަމަށެވެ.

"ޗެމްޕިއަންސް ލީގުގެ ނަތީޖާއަކާ އަހަރެންގެ ވަޒީފާއާ އެއްވެސް ގުޅުމެއް ނެތް. މި ހުރީ ފުރިހަމަ އިތުބާރާ ޔަގީންކަމާ އެކު،" ކުރިން ރެއާލަށް ކުޅުނު މިޑްފީލްޑަރު ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި މިރޭ ރެއާލް އަމިއްލަ ދަނޑުގައި ބަޔާން މިއުނިކާ ދެކޮޅަށް ނުކުންނާނެ އެވެ. ރެއާލް ވަނީ ރަށުންބޭރުގައި ކުޅުނު ފުރަތަމަ ލެގު 2-1 އިން ކާމިޔާބު ކޮށްފަ އެވެ.

ކުއާޓާ ފައިނަލުގައި ޔުވެންޓަސް ކައިރިން ރެއާލް ސަލާމަތްވީ ކިރިޔާ އެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ބޮޑުބައި ރެއާލުން ކުޅުނީ ޕްރެޝަރުގަ އެވެ. ޒިދާން ބުނީ އަމާޒަކީ އެ ފަދަ ކަމެއް ތަކުރާރުނުވުން ކަމަށެވެ.

"އެންމެ މުހިއްމު ކަމަކީ މެޗުގެ ކޮންޓްރޯލް ހޯދައި އެންމެ އަވަހަށް ލަނޑެއް ޖެހުން. ފުރަތަމަ ލެގުގެ ނަތީޖާ ބޮލުގައި ބައިންދައިގެން ފައިދާއެއް އޮތް ކަަމަށް ގަބޫލުކުރުމަކީ ހެދޭ ގޯހަކަށް ވެދާނެ،" ޒިދާން ބުންޏެވެ.

ރެއާލަށް މި މެޗަށް ނުކުންނައިރު އޮތް އެންމެ ބޮޑު ގެއްލުމަކީ އެ ޓީމުގެ އިތުބާރު ޑިފެންޑަރު ޑެނީ ކާވަހާލަށް އަނިޔާވެފައިވުމެވެ. އަނެއްކޮޅުން ބަޔާނަށް އޮތް އެންމެ ބޮޑު އެއް ހިތްހަމަ ޖެހުމަކީ އަނިޔާއިން ރަނގަޅުވެ އޮސްޓްރިއާގެ ފުލްބެކް ޑޭވިޑް އަލަބާ އާއި ސްޕެއިނުގެ މިޑްފީލްޑަރު ހަވީ މާޓިނޭޒް މި މެޗަށް ފިޓްވެފައިވުމެވެ. އެހެން ނަމަވެސް ބަޔާނުގެ އާރްޔެން ރޮބެން އަށް މި މެޗުގައި ނުކުޅެވޭނެ އެވެ.

ބަޔާނަށް ސެމީގެ ފުރުސަތެއް އޮތީ މިރޭ ރެއާލް އަތުން ދެ ލަނޑުގެ ތަފާތު މޮޅުވެގެންނެވެ. އެހެން ނޫން ނަމަ އެ ޓީމަށް ދެން ފުރުސަތު ލިބޭނީ 2-1 އަށް ވުރެ ބޮޑު ސްކޯ އަކުން އެއް ލަނޑުގެ ތަފާތުން މޮޅުވެގެންނެވެ.

ބަޔާނުގެ ކޯޗު ޔުޕް ހެއިންކެސް ބުނީ އޭނާގެ ޓީމުން އެންމެ އިސްކަމެއްދޭންވީ އަމިއްލަ އަށް ހެދޭ ގޯސް މަދުކުރަން ކަަމަށެވެ. އެހެން ނޫން ނަމަ ފުރަތަމަ ލެގުގައި ދިމާވި ފަދަ ދަނޑިވަޅުތަކުގައި ލިބޭ ފުރުސަތުތަކުގެ ބޭނުން ރެއާލުން ހިފާނެ ކަމަށެވެ.

މީގެ ކުރިން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ފުރަތަމަ ލެގުން އަމިއްލަ ދަނޑުގައި 2-1 އިން ބަލިވުމަށް ފަހު އެއްވެސް ޓީމަކަށް އެ ނަތީޖާ އަނބުރާލެވިފައިނުވެ އެވެ.

ރެއާލާއި ބަޔާންގެ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 23:45 ގަ އެވެ.