29 އެޕްރީލް 2018
ދަރިފުޅު ސްކޫލަށް ދާން ދެކޮޅު ހަދާތީ، ޗައިނާގެ ގުއަންޑޮން ޕްރޮވިންސްގެ މީހަކު ދަރިފުޅު ސައިކަލްގައި ބަނދެގެން ސްކޫލަށް ގެންދިޔަ މައްސަލައެއް ހޫނުވެއްޖެ އެވެ.
ދަރިފުޅު ސްކޫލަށް ދާން ދެކޮޅު ހަދާތީ، ޗައިނާގެ ގުއަންޑޮން ޕްރޮވިންސްގެ މީހަކު ދަރިފުޅު ސައިކަލްގައި ބަނދެގެން ސްކޫލަށް ގެންދިޔަ މައްސަލައެއް ހޫނުވެއްޖެ އެވެ.
އުމުރުން ހަތް ވަރަކަށް އަހަރުގެ އަންހެން ދަރިފުޅު އުއްޑުން ބާއްވައި ބަނދެގެން ގެންދިޔައިރު އެ ކުއްޖާ އޮތީ ރޯށެވެ.
މި ވީޑިއޯ އިންޓަނެޓްގައި ދައުރުވާން ފެށުމާ އެކު އެތައް ބަޔަކު ވަނީ ފިރިހެން މީހާ އަށް ވަރަށް ބޮޑަށް އެއްޗެހި ކިޔައިފަ އެވެ. އަދި އޭނާއަކީ އެއްވެސް ރަހުމެއް ނެތް މީހެއް ކަމަށް ބުނެ، ހަރުކަށި އަދަބެއް ދޭން ވެސް އެތައް ބަޔަކު ގޮވައިލި އެވެ.
މި މައްސަލާގައި ފުލުހުން އެ ފިރިހެން މީހާ ހޯދައި، ބަޔާން ނެގުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
ފުލުހުންނަށް އޭނާ ކިޔައި ދިން ގޮތުގައި ދަރިފުޅު ސައިކަލްގައި ބަނދެގެން ސްކޫލަށް ގެންދިޔައީ މި ފަހަކަށް އައިސް ދަރިފުޅު ކޮންމެ ދުވަހަކު ވެސް ސްކޫލަށް ދާން ދެކޮޅު ހަދާތީ އެވެ. އަދި ކުޅޭ އެއްޗިއްސާއި މެޓަ އާއި ޗޮކްލެޓް ފަދަ ތަކެތި ދީ ރުއްސައިގެން ވެސް ދަރިފުޅު ސްކޫލަށް ދާން ދެކޮޅު ހަދާ ކަމަށް ބުނެފައިވެ އެވެ.
ފުލުހުން ފިރިހެން މީހާގެ ބަޔާން ނެގުމަށް ފަހު، އޭނާ ދޫކޮށްލީ އެފަދަ ކަމެއް ދެން ތަކުރާރު ނުކުރަން އިންޒާރު ދިނުމަށް ފަހު އެވެެ. އެކަމަކު އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.
ޗައިނާގެ 14 އަހަރުން ދަށަށް ޓިކްޓޮކް 40 މިނިޓަށް
ކުޑަކުއްޖަކު ޓިކްޓޮކަށް ދައުވާކޮށްފި
ދަރިންގެ ހަރަދު ހޯދުމުގައި އާ ނިޒާމަކަށް ދާންޖެހޭ
އަހަރުނުވާ 4 ކުއްޖަކާ އެކު ދައުލަތަށް 167 ކުއްޖެއް
"އަނިޔާއިން އެއްކިބާވެފައިވާ މާހައުލެއް ހޯދައިދޭނަން"
ކުށުގެ ޒިންމާ އުފުލާ އުމުރު ދަށްކުރުމަކީ ހައްލެއް ނޫން
ދަރިން ހަވާލުކުރަން އަމަލުކުރި ގޮތުން ކަންބޮޑުވުން
ދަރިން ހަރުދަނާކުރަން ކުރެވިދާނެ ބައެއް ކަންކަން
އަނިޔާކުރި މެއިޑް ބުނަނީ އޭނާއަށް ވެސް އަނިޔާކުރާކަމަށް
"އެހެންގޮތަކަށް" ބައްޕަ ސާބިތުކުރުން: ނުބައި ދޮރެއް؟