Roadha Mihaaru
ދިރާގު ފައިބާ އިންޓަނެޓާއި ޓީވީގެ ޚިދުމަތް ތިނަަދު އަށް

ފައިބާ އިންޓަނެޓާއި ޓީވީގެ ޚިދުމަތް ދިރާގުން ތިނަދު އަށް ތައާރަފްކޮށްފި

26 އެޕްރީލް 2018

ދިރާގުގެ ހައި ސްޕީޑް ފައިބާ އިންޓަނެޓާއި ޓީވީގެ ޚިދުމަތް ގދ. ތިނަދު އަށް ދޭން ފަށައިފި އެވެ.

ދިރާގުގެ ހައި ސްޕީޑް ފައިބާ އިންޓަނެޓާއި ޓީވީގެ ޚިދުމަތް ގދ. ތިނަދު އަށް ދޭން ފަށައިފި އެވެ.

ހައި ސްޕީޑް ފައިބާ އިންޓަނެޓާއި ޓީވީގެ ޚިދުމަތް ތިނަދު އަށް އިއްޔެ ތައާރަފު ކުރުމަށް ފަހު، ވަނީ ޚާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ.

އެ ޕްރޮމޯޝަންގައި، ފައިބާ އަދި ދިރާގު ޓީވީގެ ޚިދުމަތް ހިލޭ ގުޅައިދޭނެ އެވެ. އަދި ދިރާގު ޓީވީ ބަލަން ބޭނުންވާ ޖޯއިބޮސް ވެސް ހިލޭ ލިބޭނެ އެވެ.

ދިރާގުން ތިނަދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި މީހުންގެ މެދުގައި ގުރުއަތު ނަގައި، އެއް ވަނަ އަށް ހޮވުނު މީހާ އަށް 55 އިންޗީގެ ޓީވީއަކާއި ތިން މަސް ދުވަހުގެ ހިލޭ ދިރާގު ޓީވީ އަދި ފައިބާ ބްރޯޑްބޭންޑް ޕެކޭޖެއް ދީފައިވެ އެވެ. އަދި ގުރުއަތުން ހޮވުނު އިތުރު ހަތަރު މީހަކަށް ވެސް ވަނީ ތިން މަސް ދުވަހަށް ދިރާގު ޓީވީ އަދި ފައިބާ ބްރޯޑުބޭންޑް ޕެކޭޖެއް ދީފަ އެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ބައިވެރިވި މީހުންގެ ތެރެއިން ގުރުއަތުން އެއް ވަނަ އަށް ހޮވުނު މީހާ އަށް އިނާމު ހަވާާލުކުރަނީ.

އިއްޔެގެ ރަސްމިއްޔާތުގައި ބައިވެރިވި މީހުންގެ ތެރެއިން ގުރުއަތުން އެއް ވަނަ އަށް ހޮވުނު މީހާ އަށް އިނާމު ހަވާާލުކުރަނީ.

ގިނަ އަދަދެއްގެ އެޗްޑީ ޗެނަލްތަކެއް ހިމެނޭ ދިރާގު ޓީވީގައި މިހާރު 80 އަށް ވުރެ ގިނަ ޗެނަލްގެ ޚިދުމަތް ދެ އެވެ. އޭގެ ތެރޭގައި ރާއްޖޭގައި އަލަށް ތައާރަފުކުރި ޑިޒްނީގެ ޗެނަލްތަކާއި ހިންދީ އަދި އިނގިރޭސި ފިލްމު ދައްކާ ޗެނަލްތައް ހިމެނެ އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީ ޚިދުމަތުގެ މަހު ފީ އަކީ 300ރ. އެވެ.

ދިރާގު 100 އެމްބީޕީއެސް އާ ހަމައަށް ސްޕީޑް ލިބޭ ހައި ސްޕީޑް ފައިބާ އިންޓަނެޓުގެ ޚިދުމަތް މާލެ ސަރަހައްދާއި ރާއްޖޭގެ 39 ރަށަކަށް މިހާރު ވަނީ ފޯރުކޮށްދީފަ އެވެ. އަދި އެ ކުންފުނީގެ އޭޑީއެސްއެލް ޚިދުމަތް އާބާދީ ބޮޑެތި ހުރިހަ ރަށްތަކަށް މިހާރު ލިބެ އެވެ.