Roadha Mihaaru
ސަސްޕެންޝަނަށް ފަހު ކައުންސިލަރުން މަސައްކަތަށް

ސަސްޕެންޝަނަށް ފަހު ކައުންސިލަރުން މަސައްކަތަށް

19 އެޕްރީލް 2018

މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރަން ގޮވާލައި ނޫސްބަޔާންތައް ނެރުމުން ސަސްޕެންޑްކުރި ބައެއް ކައުންސިލަރުން، ސަސްޕެންޝަނަށް ފަހު އެނބުރި އޮފީހަށް ނުކުންނަވަން ފައްޓަވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރަން ގޮވާލައި ނޫސްބަޔާންތައް ނެރުމުން ސަސްޕެންޑްކުރި ބައެއް ކައުންސިލަރުން، ސަސްޕެންޝަނަށް ފަހު އެނބުރި އޮފީހަށް ނުކުންނަވަން ފައްޓަވައިފި އެވެ.

ލޯކަލް ގަވަރްމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިދިޔަ މަހު ވަނީ ގިނަ ކައުންސިލަރުންތަކެއް އެއް މަސް ދުވަހަށް ސަސްޕެންޑްކޮށްފަ އެވެ. އޭގެ ތެރެއިން ހއ. ދިއްދޫގެ ހަތަރު ކައުންސިލަރުން މިއަދު މަސައްކަތަށް ނިކުމެވަޑައިގެންނެވި އިރު ލ. މާމެންދު އާއި އައްޑޫން ސަސްޕެންޑު ކުރި ކައުންސިލަރުން އިއްޔެ ވަނީ އޮފީހަށް ނުކުންނަވަން ފައްޓަވައިފަ އެވެ.

ހުދު ގަމީހާއި ރީނދޫ ޓައީގައި ދިއްދޫ ކައުންސިލްގެ އެމްޑީޕީ ހަތަރު މެމްބަރުން މިއަދު އޮފީހަށް ވަޑައިގަތުމުން އެ ބޭފުޅުންނަށް، ޕާޓީގެ މެމްބަރުން ހޫނު މަރުހަބާއެއް ދެންނެވި އެވެ.

އައްޑޫ ސިޓީން ސަސްޕެންޑުކުރީ އެ ކައުންސިލްގެ މޭޔަރު އަބްދުﷲ ސޯދިގާއެކު ހަތަރު މެމްބަރެކެވެ. މާމެންދޫން ސަސްޕެންޑުކުރީ ދެ ކައުންސިލަރެކެވެ.

ސަސްޕެންޝަނަށް ފަހު ދިއްދޫ ކައުންސިލަރުން މަސައްކަތަށް ނިކުމެވަޑައިގަންނަވާތީ، އެމްޑީޕީގެ ސަޕޯޓަރުން މަރުހަބާ ދެންނެވުމަށް މާފަތި ހިފައިގެން-- ފޮޓޯ: ޓްވިޓާ

ސަސްޕެންޝަނަށް ފަހު ދިއްދޫ ކައުންސިލަރުން މަސައްކަތަށް ނިކުމެވަޑައިގަންނަވާތީ، އެމްޑީޕީގެ ސަޕޯޓަރުން މަރުހަބާ ދެންނެވުމަށް މާފަތި ހިފައިގެން-- ފޮޓޯ: ޓްވިޓާ

އެލްޖީއޭ އިން ކުރިން ސަސްޕެންޑު ކުރި ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް "މިހާރު" އަށް ވިދާޅުވީ ގާނޫނުގެ ތެރެއިން ރައްޔިތުންނަށް ހިދުމަތް ދިނުމަށް އެ ކައުންސިލުން ފަސްނުޖެހޭނެ ކަމަށެވެ. އަދި ގާނޫނާ ހިލާފަށް ކުރާ އަމުރަކަށް އެ ކައުންސިލުން އެއްބާރުލުން ނުދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ވަނަ ދުވަހު ނެރުނު އަމުރާ ގުޅިގެން އެ ކައުންސިލުން ބަޔާން ނެރުނީ، ދިއްދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުއްލަތީފުގެ ގޮނޑި ކަށަވަރުވެގެން ދިއުމުން، މެމްބަރަށް މަރުހަބާ ދެންނެވުމަށެވެ.

"ދާއިރާގެ ރައްޔިތުންގެ އަޑު އުފުލައިދޭން އިންތިހާބުކުރި މެމްބަރުގެ ގޮނޑި ނުގެއްލޭކަން އެ ރޭގެ އަމުރުން ކަށަވަރުކޮށްދޭ. އެހެންވެ މެމްބަރަށް މަރުހަބާ ދެންނަވައި އަމުރު ތަންފީޒުކުރުމަށް ގޮވާލައި ބަޔާން ނެރުނީ،" ހާޝިމް ވިދާޅުވި އެވެ.

.