Roadha Mihaaru
ކައުންސިލަރުން ސަސްޕެންޑް، ހިދުމަތްތަކަށް ހުރަސް!

ކައުންސިލަރުން ސަސްޕެންޑް، ހިދުމަތްތަކަށް ހުރަސް!

19 މާޗް 2018

ގިނަ ރަށްތަކެއްގެ ކައުންސިލަރުން ސަސްޕެންޑް ކުރުމާ އެކު ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރަސްތައް ދިމާވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ގިނަ ރަށްތަކެއްގެ ކައުންސިލަރުން ސަސްޕެންޑް ކުރުމާ އެކު ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރަސްތައް ދިމާވެއްޖެ އެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިއްޔެ ވަނީ، އައްޑޫ ސިޓީ ކައުންސިލް ތިން މެމްބަރުންނާ އެކު އެހެން ފަސް ރަށަކުން ޖުމްލަ 13 ކައުންސިލަރަކު ސަސްޕެންޑް ކޮށްފަ އެވެ.

ކައުންސިލަރުން ސަސްޕެންޑްކުރުމަކީ އެލްޖީއޭ އިން ވަރަށް ފަސޭހަކަމާ އެކު އަޅަމުން ދާ ފިޔަވަޅެކެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހު ކުރީކޮޅު ގއ. އަތޮޅު ކައުންސިލްގެ ތިން މެމްބަރަކު ތިން މަހަށް ސަސްޕެންޑްކުރި އެވެ. އޭގެ ފަހުން ހއ. އިހަވަންދޫ ކައުންސިލްގެ ހުރިހާ މެމްބަރުން ވެސް ސަސްޕެންޑްކުރި އެވެ. އަދި އެނޫން ބައެއް ރަށްރަށުގެ ކައުންސިލްތައް ވެސް ވަނީ ގާތްގަނޑަކަށް ހުއްޓިފަ އެވެ.

Ithuru 5 rashakun 13 councilor eh suspend koffi

Ithuru 5 rashakun 13 councilor eh suspend koffi

The most trusted news source in the Maldives

Mihaaru

13 ކައުންސިލަރަކު އިއްޔެ ސަސްޕެންޑް ކުރުން--

ލާމަރުކަޒީ ގާނޫނުގެ ދަށުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަކުގެ އިތުރުން ރަށްރަށުގައި ކުރާ އިޖުތިމާއީ އެކި މަސައްކަތްތަކުގައި ވެސް ކައުންސިލަރުން އަމަލީ ގޮތުން ބައިވެރިވެ އެވެ.

ތިން ހާސް މީހުންގެ އާބާދީއެއް އޮންނަ އަދި މަސްވެރިކަމާއި މަސައްކަތްތެރިކަމުގެ ގޮތުން ވެސް ކުރީގައި އުޅޭ އިހަވަންދޫ ކައުންސިލްގެ މެމްބަރު އަހުމަދު ރިލްވާން ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި 11 މުވައްޒަފުންނާ އެކު ފަސް ކައުންސިލަރުންގެ ބޮޑު ހިއްސާއެއް އޮންނަ ކަމަށެވެ. އެކަމަކު ހުރިހާ ކަައުންސިލަރުން ސަސްޕެންޑްކުރުމުން ހިދުމަތްތައް ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަށުތެރެ ސާފެއް ނުކުރެވޭ. އެ މަސައްކަތް ބަޔަކާ ހަވާލުކުރަން މަސައްކަތް ކުރަން އުޅެނިކޮށް ސަސްޕެންޑް ކުރީ. އެހެންވެ ރަށުތެރެ ވަނީ ކުނިވެފައި،" ރަށުގެ ބައެއް ކަންކަމަށް އައި ހުއްޓުން ދައްކަވަން މިސާލެއް ނަންގަވަމުން ރިލްވާން ވިދާޅުވި އެވެ.

"ކައުންސިލަރުން ދެމުން ދިޔަ އައިޑީ ކާޑު ހިދުމަތަށް ވަނީ ބުރޫއަރާފައި."

އިހަވަންދޫ ކައުންސިލަރުން ސަސްޕެންޑްކުރީ މަސްވެރިންގެ ދުވަސް ފާހަގަކުރަން އެއްބާރުލުން ނުދިން ކަމަށް ބުނެ އެވެ.

ބ. ތުޅާދޫގެ ތިން ކައުންސިލަރުންގެ ތެރެއިން ކައުންސިލްގެ ރައީސާއި ނައިބު ރައީސް ވަނީ ސަސްޕެންޑްކޮށްފަ އެވެ. ސަސްޕެންޑް ނުކުރާ ކައުންސިލަރު މުހައްމަދު ތައުރީފް ވިދާޅުވީ ރައްޔިތުން އިންތިހާބު ކޮށްފައިވާ ދެ ކައުންސިލަރުންނާ ނުލައި އެކައުންސިލް ހިންގުން ކަމަށެވެ. އެގޮތުން ކައުންސިލްގެ ބައްދަލުވުމެއް ނުބޭއްވޭތީ ނިންމަން ޖެހޭ ނިންމުންތައް ނުނިންމޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ލާމަރުކަޒީ ގާނޫނު އޮންނަނީ އާބާދީއަށް ވާވަރަށް ކައުންސިލަރުން އިންތިހާބުކޮށްގެން ހިދުމަތް ދޭ ގޮތަށް. އެހެންވީމަ އެންމެ ކައުންސިލަރެއް ހުރެގެން ހިދުމަތް ދޭން ޖެހުނީމަ ވަރަށް ދަތިތައް ކުރިމަތިވާނެ،" އެމްޑީޕީ ތިން ކައުންސިލަރުން ތިބޭ ތުޅާދޫ ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

ލ. އިސްދޫ ކައުންސިލްގެ ރައީސް އިބްރާހިމް ހަލީލް ވިދާޅުވީ، ތިން ކައުންސިލަރުން ސަސްޕެންޑްކުރުމާ އެކު، ރަށު ކައުންސިލް ހިންގުން ހުއްޓިފައިވާ ކަމަށެވެ.

"ކައުންސިލް އިދާރާއިން ގުޅާ އާދޭސް ކުރަނީ އަންނަން. އެކަމަކު ސަސްޕެންޑް ކުރީ އެ އިދާރާއަށް ރަސްމީ ހައިސިއްޔަތުން ނުވަދެވޭ ގޮތަށް،" އެމްޑީޕީ ކައުންސިލަރުން ތިބޭ އިސްދޫ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އައްޑޫގެ އިތުރުން ފަސް ރަށެއްގެ 13 ކައުންސިލަރަކު އިއްޔެ ސަސްޕެންޑް ކުރީ ހުކުމުގައި ތިއްބެވި ސިޔާސީ އިސް ބޭފުޅުންތަކެއް ދޫކޮށްލުން ވެސް ހިމެނޭ ގޮތަށް ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި ނެރުނު އަމުރު ތަންފީޒު ކުރަން ގޮވާލައި، ބަޔާން ނެރުމުންނެވެ.

ކައުންސިލްތަކަށް އެލްޖީއޭއިން އިއްޔެ ފޮނުވި ސިޓީއެއްގައި ބުނީ ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ދޭ ބާރާއި އިމްތިޔާޒުގެ ބޭރުން އެތަން ތަނުން ނޫސް ބަޔާން ނެރެފައިވާ ކަމަށެވެ. އެހެންވެ، ކައުންސިލްގެ ގާނޫނާ އެ ބޭފުޅުން ހިލާފުވެފައިވާތީ އެއް މަސް ދުވަހުގެ މުއްދަތަށް ސަސްޕެންޑްކުރީ ކަމަށް ބުނެފައިވެ އެވެ.