18 އެޕްރީލް 2018
ޓީއެފްޖީ ކޮކާކޯލާ ލޯންގް ރަންގެ ބައިވެރިންނަށް މީގެ ކުރިން ލިބޭނީ ރޭހާ ގުޅޭ މައުލޫމާތު ހިމެނޭ ލުއި ފޮތެކެވެ. އެކަމަކު އަހަރުން އަހަރަށް ޓީއެފްޖީގެ އިވެންޓްތަކަށް އަންނަ ފުރިހަމަ ބަދަލުތަކާ އެކު އެކަން ވެސް މި ވަނީ އެހެން ހަރުފަތަކަށް އަރުވައިފަ އެވެ. އެގޮތުން މި ފަހަރު މިވަނީ ރޭހުގެ ބައިވެރިންނަށް ހާއްސަކޮށްގެން، މުހިއްމު އެތައް މައުލޫމާތުތަކާއި ޝައުގުވެރި ލިޔުންތަކެއް ހިމެނޭ މަޖައްލާއެއް "ރަން އިން މޯލްޑިވްސް" ގެ ނަމުގައި އިނގިރޭސި ބަހުން ނެރެފަ އެވެ.
ޓީއެފްޖީ ކޮކާކޯލާ ލޯންގް ރަންގެ ބައިވެރިންނަށް މީގެ ކުރިން ލިބޭނީ ރޭހާ ގުޅޭ މައުލޫމާތު ހިމެނޭ ލުއި ފޮތެކެވެ. އެކަމަކު އަހަރުން އަހަރަށް ޓީއެފްޖީގެ އިވެންޓްތަކަށް އަންނަ ފުރިހަމަ ބަދަލުތަކާ އެކު އެކަން ވެސް މި ވަނީ އެހެން ހަރުފަތަކަށް އަރުވައިފަ އެވެ. އެގޮތުން މި ފަހަރު މިވަނީ ރޭހުގެ ބައިވެރިންނަށް ހާއްސަކޮށްގެން، މުހިއްމު އެތައް މައުލޫމާތުތަކާއި ޝައުގުވެރި ލިޔުންތަކެއް ހިމެނޭ މަޖައްލާއެއް "ރަން އިން މޯލްޑިވްސް" ގެ ނަމުގައި އިނގިރޭސި ބަހުން ނެރެފަ އެވެ.
ޓީއެފްޖީން ރާވާފައިވަނީ ކުރިއަށް އޮތްތަނުގައި އެ ކުންފުނިން ބާއްވާ މިފަދަ ކޮންމެ ރޭހަކަށް ވެސް ހާއްސަކޮށްގެން މި މަޖައްލާގެ އަދަދެއް ނެރޭ ގޮތަށެވެ. ހުކުރު ދުވަހު ހުޅުމާލޭގައި ބާއްވާ މި އަހަރުގެ ކޮކާކޯލާ ލޯންގް ރަން އަށް ހާއްސަކޮށްގެން ނެރުނު އަދަދު ރޭ ވަނީ ލޯންޗްކޮށްފަ އެވެ. ސޯލްޓް ކެފޭގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޖައްލާ ނެރެދެއްވީ ޓީއެފްޖީގެ އިވެންޓްތަކުގެ ޕާޓްނަރު ކޮކާކޯލާގެ ރާއްޖޭގެ ކުންފުނީގެ ޖެނެރަލް މެނޭޖަރު މިލިންދު ދެރާސަރީ އެވެ.
"ރޭހުގެ ކޮންމެ ބައިވެރިޔަކަށް ވެސް މީގެ މަޖައްލާއެއް ރޭހުގެ ކިޓާ އެކު ލިބޭނެ،" ޓީއެފްޖީން ބުންޏެވެ.
މުޅިން ކުލަކޮށް ނެރުނު 39 ސޮފުހާގެ މި މަޖައްލާގައި މި ފަހަރު ފީޗާކޮށްފައިވަނީ ޓީއެފްޖީގެ އިވެންޓްތަކުން ފަށައިގަނެ މިހާތަނަށް 35 މެރެތަން ދުވެފައިވާ ތިން ދުވުންތެރިން ޓީމަކަށެވެ. އެއީ ލީލާ އަހުމަދާއި ތޫމާ އަހުމަދު އަދި ފާތިމަތު ނެލްފާ އެވެ. ދުޅަހެޔޮ ސިއްހަތެއް ހޯދުމަށް ދުވާ އެ ތިން ދުވުންތެރިންގެ ތަފްސީލީ އިންޓަވިއުއެއްގައި ހިމެނޭނެ އެވެ.
މި ފަހަރުގެ އަދަދުގައި ހިމެނޭ މުހިއްމު އެހެން ބައިތަކުގެ ތެރޭގައި ޓީއެފްޖީން 2013 ވަނަ އަހަރު ލޯންގް ރަންގެ ދަތުރު ފަށައި މިހާތަނަށް ކުރި ތަޖުރިބާތަކާ ބެހޭގޮތުން އެ ކުންފުނީގެ ޑިރެކްޓަރު މުހައްމަދު މިސްތޯ ލިޔުއްވާފައިވާ އާޓިކަލް ހިމެނެ އެވެ.
އަދި މިހާރު މުޅި ދުނިޔޭގައި މަޝްހޫރުވަމުން އަންނަ އޮބްސެޓަކްލް ރޭސްތަކުގައި ވާދަކޮށް އެ ރޭސްތަކުގެ ފޯރި ރާއްޖޭގައި އާލާކުރުމަށް މަސައްކަތްކުރަމުން އަންނަ ޓީއެފްޖީގެ މާސްޓާ ޓްރެއިނަރު ހުސެއިން ޒިނާން ވަނީ އެކަމާ ބެހޭ އާޓިކަލެއް ލިޔެފަ އެވެ.
މި ފަހަރުގެ އަދަދުގައި ކޮކާކޯލާ ލޯންގް ރަންއާ ބެހޭ މުހިއްމު މައުލޫމާތުތަކާއި ރޭހަށް ތައްޔާރުވާނެ ގޮތްތަކާ ބެހޭގޮތުން ވެސް މައުލޫމާތު ހިމެނެ އެވެ. އަދި މި އަހަރު ރާއްޖޭގައި އެކި ފަރާތްތަކުން ބާއްވާ އިވެންޓްތަކުގެ ތަފްސީލް ވެސް ދީފައިވެ އެވެ.
އެންމެ ފާހަގަކޮށްލެވޭ އަނެއް ލިޔުމަކީ ރާއްޖޭގައި ދިގު ރާސްތާ ދުވުމުގެ ރޭސްތައް ފުޅާ ދާއިރާއެއްގައި ބާއްވަން ފަށައި އެކަން އެހެން ހަރުފަތަކަށް ގެންދިޔަ މުވާސަލާތީ ކުންފުނި ދިރާގުން، އެކަމާ ބެހޭގޮތުން ތައްޔާރުކޮށްފައިވާ ލިޔުމެކެވެ.
މި އަހަރުގެ ކޮކާކޯލާ ލޯންގް ރަން ހުކުރު ދުވަހު ހުޅުމާލޭގައި ބާއްވާއިރު ރޭހުގެ އެކްސްޕޯ މާދަމާ ހެނދުނު 9 އިން ރޭގަނޑު 12 އަށް ހުޅުމާލޭ ބާބަކިއު ސަރަހައްދުގައި ގާއިމްކޮށްފައިވާ ރޭސް ވިލެޖުގައި އޮންނާނެ އެވެ.
އެކްސްޕޯ ކުރިއަށްދާއިރު އެ ސަރަހައްދުގައި މިއުޒިކްގެ ހަރަކާތްތައް ވެސް އޮންނާނެ އެވެ. ޑީޖޭ އުމަރުގެ އިތުރުން ރާއްޖޭގެ ޒުވާން މިއުޒީޝަނުން މި އިވެންޓުގައި ބައިވެރިވާނެ އެވެ. މީގެ އިތުރުން ކިޓް ނަގަން އަންނަ ފަރާތްތަކަށާއި ރޭސް ދުވަހު އެ ސަރަހައްދަ އަންނަ މީހުންނަށް ހާއްސަ ކެފޭއެއް ސަމަސެޓް ހޮޓެލުން އެތަނުގައި ގާއިމްކުރާނެ އެވެ.
ޓީއެފްޖީގެ ލޯންގް ރަން އަކީ ރާއްޖޭގައި ބާއްވާ އެންމެ އިންތިޒާމް ފުރިހަމަ އެއް ރޭހެވެ. އެގޮތުން ދުވުންތެރިންގެ ޓައިމިން ވަގުތުން ބަލާލެވޭ ޓައިމިން ޓެކްނޮލޮޖީ އެންމެ ފުރަތަމަ ތައާރަފްކުރީ 2013 ވަނަ އަހަރު ޓީއެފްޖީންނެވެ. އަދި ރޭސް ނިންމާ ކޮންމެ ބައިވެރިޔަކަށް މެޑަލް ދޭން ފެށީ ވެސް ޓީއެފްޖީންނެވެ.
ހުޅުމާލޭގައި ބާއްވާ ލޯންގް ރަންގެ އިތުރުން ރަން އިން މޯލްޑިވްސް ސިލްސިލާގެ ދަށުން އައްޑޫ ސިޓީ އާއި ލ. އަތޮޅުގައި ވެސް ރޭސްތައް އަންނަނީ ބާއްވަމުންނެވެ.
ފުރިހަމަ އިވެންޓެއް، "ޝުކުރިއްޔާ ޓީއެފްޖީ"!
ލޯންގް ރަންގެ އެކްސްޕޯ ވެސް މި ފަހަރު ހުޅުމާލޭގައި
ޓީއެފްޖީގެ ސީއެސްއާރް ޕްރޮޖެކްޓް 300 ބައިވެރިންނާއެކު
ޓީއެފްޖީ ލޯންގް ރަން: މި ފަހަރު 1500 ޖާގަ!
ޓީއެފްޖީގެ މި އަހަރުގެ ލޯންގް ރަން އޭޕްރިލް 20 ގައި
ޓީއެފްޖީ ލޯންގް ރަންގެ ދުވުންތެރިންނަށް މެޑަލް ދީފި
ޓީއެފްޖީ ލޯންގްރަން މިރޭ ދަންވަރު 2:00 ގައި ފަށާނެ
ޓީއެފްޖީ ލޯންގް ރަންގެ ރަޖިސްޓްރޭޝަން ކުރިއަށް ދަނީ
ޓީއެފްޖީން ކުޑަކުދިންނަށް ހާއްސަ ޖިމެއް
ހާހެއް ދުވުންތެރިންނާ އެކު ލޯންގް ރަން ބާއްވައިފި