19 އެޕްރީލް 2018
ފަލަވެގެން ޝަކުވާ ކުރިޔަކަށް ނުވާނެ އެވެ. ރީތި ހަށިގަނކަށް އެދެވޭ ނަމަ ދުޅަހެޔޮ ޑައެޓަކާ އެކު، ގަވައިދުން ކަސްރަތު ކުރާށެވެ.
ފަލަވެގެން ޝަކުވާ ކުރިޔަކަށް ނުވާނެ އެވެ. ރީތި ހަށިގަނކަށް އެދެވޭ ނަމަ ދުޅަހެޔޮ ޑައެޓަކާ އެކު، ގަވައިދުން ކަސްރަތު ކުރާށެވެ.
މި ޓައިމްސްލެޕްސް ވީޑިއޯކޮޅުގައި ހަންޓާ ހޮބްސް އަހަރެމެންނަށް މި ދައްކުވައި ދެނީގެ ނަތީޖާ ނެރެވިދާނެ ކަމެވެ. ބޭނުން ވަނީ ވަރުގަދަ އަޒުމަކާއި ހިތްވަރެވެ. އެމެރިކާގެ އޮކްލޮހަމާ ސިޓީގައި އުޅޭ ހަންޓާ، 24، ބަރުދަން ލުއި ކުރުމުގެ ދަތުރު ފެށި އިރު ބޮޑު ބަނޑެއް އޮތެވެ. ބަރުދަނުގައި 91.6 ކިލޯގްރާމް ހުއްޓެވެ.
އެކަމަކު 12 ހަފުތާ ނުވަތަ ތިން މަސް ދުވަހުގެ ތެރޭގައި ހަންޓާ ވަނީ ހަށިގަނޑު ބައްޓަން ވަރަށް ބޮޑަށް ރީތީކޮށްލައިފަ އެވެ. އޭނާ މިހާރު ހުރީ ސިކްސްޕެކާ އެކުގަ އެވެ.
ހަންޓާގެ ހަށިގަަނޑަށް އައި ބަދަލުތަކެއް ދައްކުވައިދޭ ވީޑިއޯ.
ބާރަ ހަފުތާ ތެރޭގައި ހަންޓާ ވަނީ ބަރުދަނުން 20 ކިލޯ ލުއިކޮށްފަ އެވެ. އޭނާގެ މިހާރުގެ ބަރުދަނަކީ 72.6 ކިލޯގްރާމެވެ.
ހަންޓާ ކިޔައި ދިން ގޮތުގައި މި ބަދަލު ގެންނަން ކުރި މަސައްކަތަކީ ހަޔާތުގައި މިހާތަނަށް ކުރި އެންމެ ބުރަ މަސައްކަތެވެ. އޭނާ ބުނި ގޮތުގައި މިހާރު ހުރި ބައްޓަމަށް އާދެވުނީ ހަރުކަށި ޑައެޓަކާއި ހުއްޓުމެއް ނެތް ކަސްރަތުންނެވެ.
ހަންޓާ ކިޔައި ދިން ގޮތުގައި އޭނާ ބޭނުންވި ބައްޓަމަށް އަންނަން 12 ހަފުތާ ތެރޭގައި ކޮންމެ ދުވަހަކު 20-30 މިނިޓްގެ ކާޑިއޯ ސެޝަނެއް ނެގި އެވެ. އަދި ހަފުތާގެ ހަ ދުވަހު ވެއިޓް ލިފްޓިން ސެޝަންތައް ވެސް ނެގި އެވެ.
ހިކެން ކުރި މަސައްކަތާ ބެހޭ ގޮތުން ހަންޓާ ވާހަކަ ދައްކަނީ.
"ދެން ޑައެޓަށް ގެނައި ބަދަލުގެ ތެރޭގައި ހޫނު ފެން ބުއިމާއި ކުކުޅު މަހާއި ޕޮރިޖާއި ނަޓްސް އާއި ކައްޓަލަ ފަދަ ބާވަތްތައް ވަރަށް ގިނަ އަދަދަކަށް ހިމެނިން،" ހަންޓާ ބުންޏެވެ. "އަހަރެން ބުނާނީ ޑައެޓަށް ގެނައި ބަދަލޭ އަހަރެންގެ ބަރުދަން ލުއި ވާން އެންމެ ބޮޑު އެހީއަކަށްވީ. މިހާރު މި ހުރި ސިފައާ ދޭތެރޭ ވަރަށް އުފަލުން މިހިރީ."
ކާން އުނދަގޫވާ ގޮތަށް ދަތުގައި ހަރުކުރާ ޑިވައިސްއެއް
ނަތީޖާ ނެރެވޭނެ ކަސްރަތާ ބެހޭ އާ ހޯދުމެއް
ހެނދުނަށް ވުރެ ހަވީރު ކެލަރީ އަނދާލެއް ގިނަ
ހިކެން ބޭނުން ނަމަ މި ކަންކަމަށް ސަމާލުވޭ
ހިކެން އުނދަގޫ މީހުންނަށް ނަފްސާނީ އުކުޅުތަކެއް
ރަނގަޅު ބަރުދަނުގައި ހުރުމުން މައިގްރެއިންއާ ދުރުވޭ
އަނަންތު އަމްބާނީގެ ބަރުދަނުން 108 ކިލޯ ލުއިކުރިގޮތް
ވެލްނަސް ކްލަބުން ކްލާސްތަކުގެ ނިއު ރިލީސްތައް ނެރެނީ
"ދަ ވެލްނަސް ފްލޯ"ގެ ނަމުގައި އާ ކްލާހެއް
ޑައެޓާއި ކަސްރަތުން ވެސް ލުޔެއް ނުވި: ކީއްވެ؟