17 އެޕްރީލް 2018
މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ވަރުން ދަވަންގެ ފިލްމް "އޮކްޓޯބާ" ގެ ސެޓެލައިޓް އަދިި ޑިޖިޓަލް ރައިޓްސް އެމެޒޯން ޕްރައިމް އަށް ވިއްކާލައިފި އެވެ.
މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ވަރުން ދަވަންގެ ފިލްމް "އޮކްޓޯބާ" ގެ ސެޓެލައިޓް އަދިި ޑިޖިޓަލް ރައިޓްސް އެމެޒޯން ޕްރައިމް އަށް ވިއްކާލައިފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ރައިޒިން ސަން ފިލްމްސް އިން އުފެއްދި ފިލްމް އެމެޒޯން އަށް ވިއްކައިލީ 35 ކްރޯޑް ރުޕީސް (5.4 މިލިއަން ޑޮލަރު) އަށެވެ. އެއީ ފިލްމް ހަދަން ހޭދަވި އަދަދު ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
އެމެޒޯން ޕްރައިމް އަށް "އޮކްޓޯބާ" ގެ ރައިޓްސް ވިއްކައިލި ނަމަވެސް، އެ ކުންފުނިން ފުރަތަމަ ބެލުންތެރިންނަށް ފިލްމް ގެނެސް ދޭނީ ސްޓްރީމިން ސާވިސް އެމެޒޯންގެ ޕްރައިމް ވީޑިއޯއިން ކަމެއް ނުވަތަ އޭގެ ޓީވީ ޗެނެލުން ކަމެއް އަދި ކަށަވަރެއް ނުވެ އެވެ. އެކަމަކު ފިލްމް އެމެޒޯން އަށް ވިއްކައިލެވުމުން "އޮކްޓޯބާ" ގެ ޓީމުން ތިބީ ވަރަށް ހިތްހަމަޖެހިފަ އެވެ.
ސުޖިތު ސިރްކާސް ޑައިރެކްޓް ކުރި މި ފިލްމް އުންމީދު ކުރި ވަރަށް ބޮކްސް އޮފީހުގައި ނުހިނގި ނަމަވެސް، ކްރިޓިކުން ވަނީ ފިލްމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. ވަކިން ހާއްސަކޮށް ވަރުންގެ އެކްޓިން އަށް ގިނަ ކްރިޓިކުން ތައުރީފުކޮށްފައިވެ އެވެ.
ވަރުންއާ އެކު ބަނީތާ ސަންދޫ ބޮލީވުޑަށް ތައާރަފުވި "އޮކްޓޯބާ" ގެ ބޮކްސް އޮފީސް އާމްދަނީ މިހާރު ވަނީ 30 ކްރޯޑާ ގާތްކޮށްފަ އެވެ. ފިލްމަށް އުންމީދު ކުރި ވަރުގެ ވިޔަފާރިއެއް ބޮކްސް އޮފީހުގައި ނުކުރެވުނަސް "އޮކްޓޯބާ" ގެ ޓީމަށް މިހާރު ވާނެ ގެއްލުމެއް ނެތެވެ. ސަބަބަކީ ފިިލްމް ހަދަން ހަރަދު ކުރި ބަޖެޓް، އެމެޒޯ އަށް ރައިޓްސް ވިއްކާލައިގެން މިހާރު ކަވަރުވެފައިވާތީ އެވެ.
އެމެޒޯން އިން ވަނީ މި އަހަރު ރިލީޒް ކުރި ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތު" ގެ ރައިޓްސް ވެސް ގަނެފަ އެވެ.
"ސިޓަޑެލް"ގެ ޓްރެއިލާ؛ ވަރުގަދަ މަންޒަރުތަކެއް
ވަރުން، ސަމަންތާގެ "ސިޓިޑަލް" ނޮވެމްބަރު ހަތެއްގައި
"ސިޓަޑެލް" ގެ އިންޑިއާގައި ވަރުންއާ އެކު ސަމަންތާ
އެމެޒޯންގެ "ސިޓަޑެލް" ގެ އިންޑިއާ ވާޝަނަށް ވަރުން؟
"ކޫލީ ނަމްބަރު 1" ޑިސެމްބަރު 25 ގައި
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ވަރުންގެ "ބޭބީ ޖޯން"ގައި ސަލްމާން؟
"މިރްޒާޕޫރް"ގެ ފިލްމެއް ގެނެސްދެނީ
"ބޭބީ ޖޯން"ގެ ފުރަތަމަ ފެނިލުން
"ބޯޑާ 2"ގައި ސަނީއާ އެކު ވަރުން