17 އެޕްރީލް 2018
ބިދޭސީ ސޯޝަލް އެޕްތައް އިރާންގެ ސްކޫލްތަކުގައި ބޭނުންކުރުން މަނާކޮށްފި އެވެ.
ބިދޭސީ ސޯޝަލް އެޕްތައް އިރާންގެ ސްކޫލްތަކުގައި ބޭނުންކުރުން މަނާކޮށްފި އެވެ.
އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ސްކޫލްތަކުގައި ބޭރު އެހެން ގައުމުތަގެ ސޯޝަލް އެޕްތައް ބޭނުން ކުރުން މަނާކުރީ އެ އެޕްތަކުގެ ނުފޫޒު އިރާންގައި ކުޑަކުރުމުގެ ގޮތުންނެވެ. އެގޮތުން ސްކޫލްތަކުގައި ބޭނުން ކުރަން ޖެހޭނީ ހަމައެކަނި އީރާންގެ އެޕްތައް ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
އާބާދީގައި 80.28 މިލިއަން މީހުން ދިރިއުޅެމުން އަންނަ އިރާންގައި އެންމެ މަގުބޫލީ ޓެލެގްރާމެވެ. މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޓެލެގްރާމް އެ ގައުމުގައި ބޭނުންކުރާ މީހުންގެ އަދަދު 40 މިލިއަނަށް އަރެވެ. މީގެ އިތުރުން އިސްޓަގްރާމަކީ ވެސް އިރާންގެ ރައްޔިތުންގެ މެދުގައި ނުފޫޒު ގަދަ ޕްލެޓްފޯމެކެވެ.
މުސްލިމުންގެ ބޮޑު އާބާދީީއެއް އޮންނަ އިރާންގައި ފޭސްބުކާއި ޓްވިޓާ ބޭނުން ނުކުރެވޭ ގޮތަށް ސަރުކާރުން އޮންނަނީ ބަންދުކޮށްފަ އެވެ. އެކަމަކު ވާޗްއަލް ޕްރައިވެޓް ނެޓްވާކް (ވީޕީއެން) މެދުވެރިކޮށް ބައެއް މީހުން ފޭސްބުކާއި ޓްވިޓާ އެ ގައުމުގައި ބޭނުން ކުރެ އެވެ.
އިރާންގައި އިސްޓަގްރާމް ވެސް ވަރަށް މަގުބޫލު.
އީރާންގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ބޭނުން ކުރާ އެއްޗަކީ ސޮރޮޝް އެވެ. އެ ބޭނުންކުރާ މީހުންގެ އާބާދީ ފަސް މިލިއަނަށް އަރާ ކަމަށްވެ އެވެ.
އީރާން ލޭބާ ނިއުސް އެޖެންސީ (އިލްނާ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ގައުމުގެ ޓެލެކޮމިނިއުކޭޝަން މިނިސްޓަރު މުހައްމަދު-ޖަވާދް އަޒާރީ ޖަހްރޯމީ ދާދި ފަހުން ވަނީ އެ ގައުމުގެ ސޯޝަލް އެޕްތައް އޮޕަރޭޓް ކުރާ ކުންފުނިތަކަށް އެ އެޕްތަކުގެ ރައްކާތެރިކަން އާންމުންނަށް ކަށަވަރުކޮށް ދިނުމަށް ގޮވާލައްވައިފަ އެވެ.
އެގޮތުން އެފަދަ އެޕްތަކުން މީހުންގެ ޒާތީ މައުލޫމާތުތައް ލީކް ނުވާނެ ކަމުގެ ޔަގީން ދިނުމަށް މިނިސްޓަރު އެދިވަޑައިގެންފައިވެ އެވެ.
މިދިޔަ އަހަރު އެންމެ ގިނައިން ޑައުންލޯޑްކުރީ ޓިކްޓޮކް
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
ޕްރިޔަންކާގެ ނަމުން "ޖޯނަސް" އުނިކޮށްފި
ޓިކްޓޮކަށް ވެސް "ސްޓޯރީސް" އަންނަނީ
"ވެކްސިން ޖަހާ މީހުން މަދީ ސޯޝަލް މީޑިއާއާ ހެދި"
ސްކްރީންޝޮޓް ނުނަގައި ޓްވީޓްތައް އިންސްޓަ ސްޓޯރީއަށް
"އިންޑިއަން ވޭރިއަންޓް" ސޯޝަލް މީޑިއާގައި މަނާކޮށްފި
ސޯޝަލް މީޑިއާއާ ދެކޮޅަށް ފްލޮރިޑާ އިން ގާނޫނެއް
ޓްރަމްޕްގެ އެފްބީ އާއި އިންސްޓަ އަދިވެސް ދެވޭކަށް ނެތް
ރޮނާލްޑޯ އަށް ސޯޝަލް މީޑިއާ އިން އާ ރެކޯޑެއް