16 އެޕްރީލް 2018
ބްރެޒިލްގެ ފޯވާޑް ލުއިޒް އެޑުއާޑޯ ޕުރްޗީނޯ މި ސީޒަނުގައި ހެދި ދެ ވަނަ ހެޓްރިކާ އެކު 4-2 އިން ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް އެސްޓީއޯ މާލޭ ލީގުގެ އެއް ވަނަ އަށް ކްލަބް އީގަލްސް ޖެހިލައިފި އެވެ.
ބްރެޒިލްގެ ފޯވާޑް ލުއިޒް އެޑުއާޑޯ ޕުރްޗީނޯ މި ސީޒަނުގައި ހެދި ދެ ވަނަ ހެޓްރިކާ އެކު 4-2 އިން ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް އެސްޓީއޯ މާލޭ ލީގުގެ އެއް ވަނަ އަށް ކްލަބް އީގަލްސް ޖެހިލައިފި އެވެ.
އީގަލްސް އެއް ވަނަ އަށް އެރީ ހަ މެޗުން 11 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތް ނިއު ރޭޑިއަންޓް ދެ މެޗު މަދުން ކުޅެފައިވާއިރު، މާދަމާ ހަވީރު ގްރީން ސްޓްރީޓްސް އަތުން މޮޅުވެގެން އެ ޓީމަށް ލީގުގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ. ދެ ވަނައިގައި އޮތް ނިއު އަށް ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް މާޒިޔާ އާއި ހަތަރު ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ވެސް ވަނީ ހަ މެޗުން 10 ޕޮއިންޓް ލިބިފަ އެވެ.
މިރޭގެ މެޗަށް ނުކުތްއިރު ޔުނައިޓެޑް ވިކްޓަރީ ވަނީ އެންމެ ފަހުން ކުޅުނު ތިން މެޗުން ބޮޑު ތަފާތަކުން ބަލިވެފަ އެވެ. އަނެއް ކޮޅުން އީގަލްސް ވެސް ވަނީ އެންމެ ފަހުން ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކްލަބް އަތުން ބަލިވެފަ އެވެ. އެހެން ކަމުން މި މެޗުން މޮޅެއް ހޯދައި އަލުން ފޯމަކަށް އެޅެން މި ދެ ޓީމަށް ވެސް އޮތީ މުހިއްމުވެފަ އެވެ.
މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި ލުއިޒް އެޑުއާޑޯ އަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން ހަސަން ރާއިފް (ހަންނަ) ހުސްކޮށްލާފައި ލުއިޒް އެޑުއާޑޯ އަށް ދިން ބޯޅަ އޭނާ ފޮނުވާލުމުން ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
އީގަލްސް އިން މެޗުގެ 30 ވަނަ މިނިޓްގައި ލީޑުނެގީ މުހައްމަދު ނާއިމް ޖެހި ގޯލުންނެވެ. އީގަލްސް އިން މި ލަނޑު ޖެހީ ޔުނައިޓެޑް ވިކްޓަރީން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުން ދިޔަ ވަގުތެއްގަ އެވެ. އެއީ ޔުނައިޓެޑް ވިކްޓަރީގެ ފަހަތަށް ކުޅޭ އަހުމަދު އަވީން އަށް ލިބުނު އަނިޔާ އަކަށް ފަރުވާ ހޯދުމަށް ދަނޑުން ފައިބައި ހުއްޓަ އެވެ. ނާއިމް މި ލަނޑު ޖެހީ ޔުނައިޓެޑް ވިކްޓަރީ ގޯލްކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) ކައިރިން ނައްޓާލުމަށް ފަހު ހަންނަ ދިން ބޯޅަ އަކުންނެވެ.
ޔުނައިޓެޑް ވިކްޓަރީން ވަނީ ފުރަތަމަ ހާފުގެ 33 މިނިޓް ތެރޭގައި ދެ ބަދަލެއް ގެނެސްފަ އެވެ. ލިބުނު އަނިޔާގެ ސަބަބުން އަވީން އާއި ބްރެޒިލްގެ މިޑްފީލްޑަރު ޕައޮލޯ ރިބޭރޯ ބޭލިއިރު، ބަދަލުގައި އެރީ ހަސަން ފައިރޫޒް (ލަކީ) އާއި އިސްމާއިލް ޝަފީއު އެވެ.
ލީޑުފުޅާކުރަން އީގަލްސްގެ ލުއިޒް އެޑުއާޑޯ އަށް ހުސްކޮށް ލިބުނު ބޯޅައަކުން އޭނާ ފޮނުވާލި ބޯޅަ ގޯލު ރޮނގުމަތިން ސަލާމަތްކުރީ ޔުނައިޓެޑް ވިކްޓަރީގެ ޑިފެންޑަރު އަބްދުލްވާހިދު (ވާޑު) އެވެ.
ދެ ބަދަލާ އެކު ޔުނައިޓެޑް ވިކްޓަރީގެ ކުޅުން ރަނގަޅުކުރި އެވެ. އަދި މެޗުގެ 41 ވަނަ މިނިޓްގައި ލަކީ ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ރަފީނިއާ ނަގައިދިން ކޯނަރަކުން އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ ލަކީ ވަނީ އެއް ފަހަރުން ގޯލުގެ މަތީ ކަނުގައި ތަތްކޮށްލައިފަ އެވެ. މިއީ މި ސީޒަނުގައި މިހާތަނަށް ފެނުނު އެންމެ ރީތި އެއް ގޯލެވެ.
ދެ ވަނަ ހާފް ފަށައިގެން މިނިޓެއް ނުވަނިސް ޔުނައިޓެޑް ވިކްޓަރީ އަށް ލީޑުނަަގައިދޭން ރަފީނިއާ އަށް ލިބުނު ފުރުސަތު އޭނާ އަތުންވީ ބޭކާރެވެ. އޭގެ ތިން މިނިޓް ފަހުން އީގަލްސްގެ ލުއިޒް އެޑުއާޑޯ ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ކީޕަރު ޓޮޕްލަކް ވަނީ މަތަކޮށްފަ އެވެ.
އީގަލްސްގެ ސިފާއު (ވ) ޔުނައިޓެޑް ވިކްޓަރީގެ ނޫރައްދީން ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ. -- ފޮޓޯ:ހުސެއިން ވަހީދު/ މިހާރު
މެޗުގެ 51 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓަރީން ލީޑު ނަގައިދިނީ އެ ޓީމުގެ ޓްރިޑިނާޑުގެ ފޯވާޑް ސެމިއުލް ކޯޑެލް އެވެ. ލިބުނު ހިލޭ ޖެހުމަކުން އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ ސެމިއުލް ވަނީ އީގަލްސްގެ ކީޕަރު ސުޖަން ޕެރޭރާ ބޯމަތިން ބޮލުން އޮއްސާލައިފަ އެވެ.
ޔުނައިޓެޑް ވިކްޓަރީ އަށް ލީޑު ހިފަހައްޓާލެވުނީ އެންމެ މިނިޓެއް ވަންދެނެވެ. އީގަލްސް އިން ނަތީޖާ ހަމަހަމަކުރީ ލުއިޒް އެޑުއާޑޯ ކާމިޔާބުކުރި ގޯލުންނެވެ. އޭނާ މި ލަނޑު ޖެހީ އޭރިއާ ތެެރެއިން ސިފާއު ދިން ބޯޅައަކުންނެވެ.
އީގަލްސް ތިން ވަނަ ލަނޑު މެޗު ނިމެން ހަތަރު މިނިޓަށް ވެފައި ހުއްޓައި ކާމިޔާބުކުރީ ލުއިޒް އެޑުއާޑޯ އެވެ. ލިބުނު ހިލޭ ޖެހުމަކުން ބޯޅަ އަވަސްކޮށްލުމަށް ފަހު އިބްރާހިމް މުބީން (މުއްކި) ވަނީ އޭރިއާ ތެރެއިން ހުސްކޮށްލާފައި ލުއިޒް އެޑުއާޑޯ އަށް ދީފަ އެވެ. އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
އޭގެ ދެ މިނިޓް ފަހުން ޔުނައިޓެޑް ވިކްޓަރީ ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަަގައި ލުއިޒް އެޑުއާޑޯ ވަނީ އިތުރު ލަނޑެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މިއާ އެކު އޭނާ ވަނީ ލީގުގައި 12 ގޯލު ހަމަކޮށްފަ އެވެ.
މެޗަށް ފަހު ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ މޮޅުވެވޭނީ ވަކި ކަންތައްތަކަކަށް ވުރެ ބޮޑަށް ހުރިހާ ކަމެއް ވެސް ރަނގަޅަށް ކޮށްގެން ކަަމަށެވެ.
"މި މެޗަށް ބަލާއިރު ދެ މިސްޓޭކް ނުހެދިނަމަ ހުރިހާ ކަމެއް ރަނގަޅޭ ވެސް ބުނެވިދާނެ. މެޗަކުން މޮޅެން ނުވެވޭނެ ހެސްކިޔާފައި ދުވެފައި މަސައްކަތްކުރިޔަސް. އެބަޖެހޭ ސިކުނޑިން ވިސްނައިގެން ވެސް ކުޅެން. އެބައި މި މެޗުގައި ދަށްކޮށް މިިދިޔައީ މުހިއްމު ވަގުތެއްގައި ބޮޑު ދެ މިސްޓޭކެއް ފެނިގެންދިޔައީ. މިއީ ކުޅުންތެރިންގެ ކޮންްސަންޓްރޭޝަން ދިޔަ ވަގުތުތަކެއް. މެޗަކުން މޮޅެއް ނުވެވޭނެ 80 ޕަސެންޓް ރަނގަޅުކޮށްގެނެއް. އެބަޖެހޭ ހުރިހާ ކަމެއް ރަނގަޅު ކުރަން،" ނަޒީހު ބުންޏެވެ.
އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މެޗުން މޮޅުވިނަމަވެސް ފަހަތުން ދިމާވާ މައްސަަލަތަށް މި މެޗުގައި ވެސް ފެނިގެންދިޔަ ކަމަށެވެ.
"މޮޅުވިޔަސް ކުރިން ދެއްކި ވާހަކަ މި ދައްކަން ޖެހެނީ. ފަހަތަށް އެދާ ބޯޅަ އެހާ ފަސޭހައިން ވަންނަންޏާ ވަރަށް އުނދަގޫވާނެ. ހަގީގަތުގައި ކުރިން ލިބޭ އެއްޗެހި ނުނިންމާލެވި އޮއްވައި. ފަހަތަށްދާ ބޯޅަ ވަދެގެން ޓީމު ޕްރެޝަރަށް މިދަނީ. މިކަމަށް ހައްލެއް ހޯދަން އެބަޖެހޭ. މެޗުން މޮޅުވީމަ އެ ހިތްހަމަ ޖެހުން އެބައޮތް،" މޯހަން ބުންޏެވެ.
އޭނާ ބުނީ ލުއިޒް އެޑުއާޑޯ އަށް އެއްކޮށް ބަރޯސާވެގެން އުޅުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އޭނާ އަށް ނުވާ ދުވަހެއްގައި އެހެން ކުޅުންތެރިންގެ އެހީ ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ޓީމުގެ އެޓޭކް ރަނގަޅުކަން މޯހަން ފާހަގަކުރި އެވެ.
ޔޫވީ އެއްވަރުވުމުން ގްރީނަށް ގަދަ ހަޔެއް ކަށަވަރުވެއްޖެ
ގްރީން ބަލިކޮށް އީގަލްސް ދެ ވަނަ އަށް
ޔޫވީ ބަލިކޮށް ވެލެންސިއާ އަށް ހިތްހަަމަޖެހުމެއް
ވިކްޓަރީ ބަލިކޮށް އީގަލްސް ތިން ވަނަ އަށް
ޓީސީއާ އެއްވަރުވެ ޔޫވީ އަށް ފުރުސަތު ހަނިވެއްޖެ
ޔޫވީ މި އޮތީ ހިމަ ނަރެއްގެ މަތީގައި: ނަޒީހު
ޔޫވީ ބަލިކޮށް މާޒިޔާ ދިވެހި ޕްރިމިއާ ލީގަށް
ސެންޓޭގެ ހެޓްރިކާ އެކު ނިއު ޗެމްޕިއަންކަމާ ގާތަށް
މައްސަލަ އަށް ހައްލެއް، މޯހަން އަށް ހިތްހަމަޖެހުން
މާޒިޔާ ބަލިކޮށް އީގަލްސް ދެ ވަނަ އަށް