Roadha Mihaaru
ލަންކާގެ ހަމަލާއާ ގުޅިގެން ސިފައިންގެ ދެ މީހުން ބަންދު

ކެންޑީގައި މުސްލިމުންނަށް ދިން ހަމަލާތަކާ ގުޅިގެން ސިފައިންގެ ދެ މީހުން ހައްޔަރުކޮށްފި

10 އެޕްރީލް 2018

ކޮލަމްބޯ (އެޕްރީލް 10) - ސްރީ ލަންކާގެ ކެންޑީގައި ބުޑިސްޓުންގެ ހައްދުފަހަނަޅައިފައިވާ ފަރާތްތަކުން މުސްލިމުންނަށް އަމާޒުކޮށް ދިން ހަމަލާތަކާ ގުޅިގެން ސިފައިންގެ ދެ މީހަކު ޓެރަރިސްޓް އިންވެސްޓިގޭޝަން ޑިވިޝަން (ޓީއައިޑީ) އިން ހައްޔަރުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އެޕްރީލް 10) - ސްރީ ލަންކާގެ ކެންޑީގައި ބުޑިސްޓުންގެ ހައްދުފަހަނަޅައިފައިވާ ފަރާތްތަކުން މުސްލިމުންނަށް އަމާޒުކޮށް ދިން ހަމަލާތަކާ ގުޅިގެން ސިފައިންގެ ދެ މީހަކު ޓެރަރިސްޓް އިންވެސްޓިގޭޝަން ޑިވިޝަން (ޓީއައިޑީ) އިން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ތަރުޖަމާން ސުޕްރިންޓެންޑެންޓް ރުވާން ގުނަސެކަރަ ވިދާޅުވީ ސިފައިންގެ ދެ މީހުން ހައްޔަރުކުރީ މުސްލިމުންގެ ފިހާރަތަކުގައި އަލިފާން ޖަހާ މިސްކިތްތަކަށް ގެއްލުން ދިންކަމުގެ ތުހުމަތުގައި ކަމަށެވެ. ހައްޔަރު ކުރި ސިފައިންގެ އެކަކީ ޕުއްތަލަމް ބްރިގޭޑް ހެޑްކުއާޓާސްގައި މަސައްކަތް ކުރާ 34 އަހަރުގެ ކޯޕަރަލް އެކެވެ. ދެން ހައްޔަރު ކުރީ ސިފައިންގެ ޓްރޭނިން ކޮލެޖެއްގެ 38 އަހަރުގެ ކޯޕަރަރެލެކެވެ.

ޓީއައިޑީން ބުނީ ސިފައިންގެ ދެ މީހުން ހައްޔަރުކުރީ ހަމަނުޖެހުން ހިންގި ދުވަސްވަރުގެ ވީޑިއޯ ފުޓޭޖްތައް ބަލައިގެން ކަމަށެވެ.

މުސްލިމުންނާ ދެކޮޅަށް ދިން ހަމަލާތަކާ ގުޅިގެން ލަންކާގައި ވަނީ 10 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. އަދި ސޯޝަލް މީޑިއާ ވަނީ ވަކި މުއްދަތަކަށް ބްލޮކްކޮށްފަ އެވެ.