12 މާޗް 2018
ކޮލަމްބޯ (މާޗް 12) - ސްރީ ލަންކާގައި ހިންގާ ހަމަނުޖެހުންތަކުގައި ލިބުނު ގެއްލުމަށް ސަރުކާރުން ދޭންް ނިންމި ބަދަލުގެ ދަށުން ގެއްލުން ލިބުނު ކޮންމެ އާއިލާއަކަށް ފަސް ލައްކަ ރުޕީސް ދެއްވާނެ ކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.
ކޮލަމްބޯ (މާޗް 12) - ސްރީ ލަންކާގައި ހިންގާ ހަމަނުޖެހުންތަކުގައި ލިބުނު ގެއްލުމަށް ސަރުކާރުން ދޭންް ނިންމި ބަދަލުގެ ދަށުން ގެއްލުން ލިބުނު ކޮންމެ އާއިލާއަކަށް ފަސް ލައްކަ ރުޕީސް ދެއްވާނެ ކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.
މި ގޮތުން ކޮންމެ އާއިލާއަކަށް ވަގުތުން އެއް ލައްކަ ރުޕީސް ދިނުމަށް ރަނިލް ވަނީ އަންގަވައިފަ އެވެ. އަދި މި ހަފުތާގައި ބާއްވާ ކެބިނެޓުގެ ބައްދަލުވުމަށް ފަހު އަނެއް ހަތަރު ލައްކަ ރުޕީސް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
"ވިޔަފާރި އަށް ލިބުނު ގެއްލުންތަކަށް ވެސް އެއް ލައްކަ ރުޕީސްގެ އެހީ ދޭނަން،" ކެންޑީ އަށް ކުރެއްވި ޒިޔާރަތަށް ފަހު ރަނިލް ވިދާޅުވި އެވެ.
މީގެ އިތުރުން ބޮޑު ވަޒީރު ވަނީ ލޯނު ނަގާފައިވާ މީހުންގެ ތެރޭން އެ މީހުންގެ ވިޔަފާރި އަށް ގެއްލުން ލިބުނު މީހުންގެ ލޯނުތައް މައާފްކޮށް ދިނުމަށް ބޭންކްތަކަށް އަންގަވައިފަ އެވެ.
ކެންޑީގެ ހަމަނުޖެހުންތަކުގައި ވަނީ ކެންގައްލާ އޭރިއާ އިން 14 މިސްކިތް ހަލާކުކޮށްލައިފަ އެވެ. އަދި 277 ތަނަކަށް ވަނީ ގެއްލުންދީފަ އެވެ. ރަނިލް ވަނީ ލިބުނު ގެއްލުމުގެ ތަފްސީލް ހަފުތާއެއްގެ ތެރޭގައި ނިންމުމަށް އަންގަވައިފަ އެވެ.
ލަންކާގައި ހަމަނުޖެހުންތައް ބޮޑުވުމުން ކެންޑީގައި އިއުލާންކުރި ކާފިއު ހޮނިހިރު ދުވަހު ވަނީ އުވާލައިފަ އެވެ. ނަމަވެސް އެ ގައުމުގައި އަދިވެސް ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. މިއީ ލަންކާގެ ދާޚިލީ ހަނގުރާމަ ނިމުނު ފަހުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ފުރަތަމަ ފަހަރެވެ.
ލަންކާގެ ހަމަލާއާ ގުޅިގެން ސިފައިންގެ ދެ މީހުން ބަންދު
ލަންކާގެ ހަމަނުޖެހުންތަކުގެ ބޮޑު ތަހުގީގެއް ހިންގަނީ
ކެންޑީގެ ކާފިއު އުވާލައިފި
ލަންކާގެ މުސްލިމުން ހުކުރު ކުރީ ސިފައިންގެ ހިމާޔަތުގައި
މުސްލިމުންނަށް ހަމަލާ ދޭ އިސް މީހުން އަތުލައިގެންފި
ހުކުރު ގަޑީ ހަމަލާ ދީފާނެތީ މުސްލިމުން ބިރުވެރިކަމުގައި
ކުއްލި ނުރައްކަލުގައި، ބުޑިސްޓުންގެ ހަމަލާ ފުލުހުންނަށް
މުސްލިމުންނާ ދެކޮޅަށް ހަމަލާދޭތީ ކެންޑީގައި ކާފިއު
ލަންކާގެ ބުޑިސްޓުންނާއި މުސްލިމުން ތަޅާފޮޅުން ހިންގައިފި
ލަންކާގެ މުސްލިމުންނާ ދެކޮޅު ހާމުދުރު އަނެއްކާ ޖަލަށް