11 މާޗް 2018
ކޮލަމްބޯ (މާޗް 11) - ސްރީ ލަންކާގެ މުސްލިމުންނަށް އަމާޒުކޮށް ހައްދުފަހަނަޅާފައިވާ ބުޑިސްޓުން ދޭ ހަމަލާތައް ތަހުގީގު ކުރުމަށް ރިޓަޔާކޮށްފައިވާ ތިިން ފަނޑިޔާރުންގެ ޕެނަލެއް ރައީސް މައިތުރިޕާލާ ސިރިސޭނާ އެކުލަވާލައްވައިފި އެވެ.
ކޮލަމްބޯ (މާޗް 11) - ސްރީ ލަންކާގެ މުސްލިމުންނަށް އަމާޒުކޮށް ހައްދުފަހަނަޅާފައިވާ ބުޑިސްޓުން ދޭ ހަމަލާތައް ތަހުގީގު ކުރުމަށް ރިޓަޔާކޮށްފައިވާ ތިިން ފަނޑިޔާރުންގެ ޕެނަލެއް ރައީސް މައިތުރިޕާލާ ސިރިސޭނާ އެކުލަވާލައްވައިފި އެވެ.
ލަންކާގެ ހަމަނުޖެހުންތަކުގައި ވަނީ ތިން މީހުން މަރުވެ 20 މީހުން ޒަޚަމްވެ އަދި މުސްލިމުންގެ 200 އަށް ވުރެ ގިނަ އިމާރާތާއި ތަކެއްޗަށް ގެއްލުންދީފަ އެވެ. ހަމަނުޖެހުންތަކުގައި އެންމެ ބޮޑު ގެއްލުމެއްދީފައި ވަނީ ކެންޑީއަށެވެ. ގެއްލުންދިން 11 މިސްކިތުގެ ތެރޭން ނުވަ މިސްކިތް ހުންނަނީ ކެންޑީގަ އެވެ.
ސިރިސޭނާ އެކުލަވާލި ރިޔާސީ ކޮމިޝަނުން ބަލާނީ މުސްލިމުންނާ ދެކޮޅަށް ހަމަނުޖެހުންތައް އުފެދެން މެދުވެރި ސަބަބެވެ. އަދި އެ ހަމަނުޖެހުންތަކުގެ ފަހަތުގައި ވަނީ ކޮން ރޭވުމެއްތޯ ވެސް ބަލާނެ އެވެ. މީގެ އިތުރުން ކުރިމަގުގައި މިފަދަ ކަމެއް މެދުވެރި ނުވާނެ ގޮތަށް އަޅާނެ ފިޔަވަޅުތަކުގެ ލަފާ ކޮމިޓީން ދޭނެ އެވެ.
ހަމަނުޖެހުންތައް ތަހުގީގު ކުރަން ފެށިއިރު ކެންޑީގައި އިއުލާންކުރި ކާފިއު ވަނީ އިއްޔެ އިން ފެށިގެން އުވާލައިފަ އެވެ. ނަމަވެސް ސިފައިން އަދިވެސް ގެންދަނީ ކެންޑީގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ.
މުސްލިމުންނާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް ވަނީ 150 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ހަމަނުޖެހުމުގެ ފަހަތުގައިވާ އެންމެ އިސް މީހުން ވެސް ހިމެނޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ހަމަނުޖެހުންތައް ބޮޑުވުމުން ލަންކާގައި މިހާރު ވަނީ 10 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.
ލަންކާގެ މުސްލިމުން ހުކުރު ކުރީ ސިފައިންގެ ހިމާޔަތުގައި
ލަންކާގެ ހަމަލާއާ ގުޅިގެން ސިފައިންގެ ދެ މީހުން ބަންދު
ގެއްލުން ލިބުނު ކޮންމެ އާއިލާއަކަށް ފަސް ލައްކަ ރުޕީސް
ކެންޑީގެ ކާފިއު އުވާލައިފި
މުސްލިމުންނަށް ހަމަލާ ދޭ އިސް މީހުން އަތުލައިގެންފި
ހުކުރު ގަޑީ ހަމަލާ ދީފާނެތީ މުސްލިމުން ބިރުވެރިކަމުގައި
ކެންޑީގައި އުޅޭ ދިވެހިންނަށް ވެސް ބިރުވެރިކަން އެބައޮތް
ކުއްލި ނުރައްކަލުގައި، ބުޑިސްޓުންގެ ހަމަލާ ފުލުހުންނަށް
މުސްލިމުންނާ ދެކޮޅަށް ހަމަލާދޭތީ ކެންޑީގައި ކާފިއު
ލަންކާގެ ބުޑިސްޓުންނާއި މުސްލިމުން ތަޅާފޮޅުން ހިންގައިފި