Roadha Mihaaru
މާސްޓާ ޝެފުންނާ އެކު ދިވެހި ޝެފުންނަށް ކްލާސްތަކެއް

ބޭރުގެ މާސްޓާ ޝެފުންނާ އެކު ދިވެހި ޝެފުންނަށް ކްލާސްތަކެއް ހިންގަނީ

07 އެޕްރީލް 2018

ދުނިޔޭގެ މަޝްހޫރު ދެ ޝެފަކާ އެކު ދިވެހި ޝެފުންނަށް މާސްޓާ ކްލާސްތަކެއް ރާއްޖޭގައި ބާއްވަން ނިންމައި، އެ ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ދުނިޔޭގެ މަޝްހޫރު ދެ ޝެފަކާ އެކު ދިވެހި ޝެފުންނަށް މާސްޓާ ކްލާސްތަކެއް ރާއްޖޭގައި ބާއްވަން ނިންމައި، އެ ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ބެސްޓް ބައި މޯލްޑިވްސް (ބީބީއެމް) އިން އިންތިޒާމް ކޮށްގެން މި މަހުގެ 19 ވަނަ ދުވަހު ބާއްވާ އެ ކްލާސްތަކުގައި ކިޔަވައި ދޭނީ ދުނިޔޭގެ މަޝްހޫރު ދެ ޝެފުން ކަމަށް ވާ ސަން އިންޓަނޭޝަނަލްގެ އެގްޒެކެޓިވް ޝެފް ގެތު ޝައިނާ އާއި އެރެކް އެންޑް ސްޕައިސްގެ އެގްޒެކެޓިވް ޝެފް ރޮނާލް ޕެރެސެންޓޯ އެވެ. އެ ކްލާސްތަކުގައި ބަރިސްތާ ވޯކްޝޮޕެއް ވެސް ބާއްވާން ވަނީ ހަމަޖެހިފަ އެވެ.

ދިވެހި ޝެފުންނަށް ގިނަ ފުރުސަތުތަކެއް ހޯދައި ދިނުމަށް މީގެ ކުރިން މަސައްކަތް ކޮށްފައިވާ ބީބީއެމުން މި ފަހަރުގެ ކްލާސްތައް ވެސް ބާއްވަނީ މި މަހު ބާއްވާ ހޮޓެލް އޭޝިއާ ފެއާއާ ދިމާކޮށެވެ. މީގެ ކުރިން ވެސް އެފަދަ ކްލާސްތަކެއް ބޭއްވި އެވެ.

ބީބީއެމް އިން ބުނިގޮތުގައި އެ ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ.