ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތްކުރާ ޝެފުންނަށް ހާއްސަކޮށްގެން ބެސްޓް ބައި މޯލްޑިވްސް އިން މާސްޓަ ކްލާހެއް ބާއްވައިފި އެވެ.
29 ސެޕްޓެމްބަރ 2019
ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތްކުރާ ޝެފުންނަށް ހާއްސަކޮށްގެން ބެސްޓް ބައި މޯލްޑިވްސް އިން މާސްޓަ ކްލާހެއް ބާއްވައިފި އެވެ.
އިއްޔެ ހެނދުނު 10:00 އިން ހަވީރު 3:00 އަށް ހުޅުލޭ އައިލެންޑް ހޮޓަލުގައި ބޭއްވި މި ކްލާހުގައި، ކާއެއްޗެހި ތައްޔާރުކުރާނެ ގޮތް ކިޔައިދިނީ މާސްޓަޝެފް އޭޝިއާގެ ޖަޖެއްގެ ގޮތުގައި މަސައްކަތްކުރާ މަޝްހޫރު ޝެފް ބްރޫނޯ މެނާޑް އެވެ. ބެސްޓް ބައި މޯލްޑިވްސް އިން ވަނީ މި އަހަރުގެ ކުރީކޮޅުގައި ވެސް ޝެފް މެނާޑްގެ މާސްޓަ ކްލާހެއް ބާއްވައިފަ އެވެ.
ބެސްޓް ބައި މޯލްޑިވްސްގެ ސީއޯއޯ އޭވީއެސް ސުބްރަމަންޔަމް ވިދާޅުވީ އެ ކުންފުނިން ކޮންމެ އަހަރަކު ކުރިއަށްގެންދާ މި ކްލާހަކީ ރާއްޖޭގައި މަސައްކަތްކުރާ ޝެފުންނަށް އިތުރު އިލްމު އުނގަންނައިދިނުމުގެ ބޭނުމުގައި ބާއްވާ ކްލާހެއް ކަމަށެވެ. މި ކްލާހުގައި ބައިވެރިވާ ޝެފުންނަށް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ތަފާތު ކާއެއްޗެހި ތައްޔާރުކުރާނެ ގޮތް ކިޔައިދޭނެ ކަމަށް އޭނާ ބުންޏެވެ.
މާސްޓާ ކްލާހުގައި ތައްޔާރު ކުރި ކާއެއްޗެއް-- ފޮޓޯ: ބެސްޓް ބައި މޯލްޑިވްސް
ބެސްޓް ބައި މޯލްޑިވްސްގެ ހެޑް އޮފް މާކެޓިން އަލީ އަފްރާހު ހަސަން ވިދާޅުވީ ކޮންމެ އަހަރަކު އެ ކުންފުނިން ދެ ކްލާސް ހިންގާއިރު ކޮންމެ އަހަރެއްގެ ސެޕްޓެމްބަރުގައި ބާއްވާ ކްލާހަކީ ހޮޓެލް އޭޝިއާ އެގްޒަބިޝަނަށް ތައްޔާރުވުމަށް ބާއްވާ ކްލާހެއް ކަަމަށެވެ.
ޝެފުންނަށް ހާއްސަކޮށްގެން މި މާސްޓާ ކްލާސް ބާއްވާތާ ހަތަރު އަހަރު ވެއްޖެ އެވެ.
ބެސްޓް ބައި މޯލްޑިވްސް އަކީ ކާބޯތަކެތި ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި ރާއްޖޭގެ ރިސޯޓުތަކަށް ފޯރުކޮށްދޭ އެންމެ ބޮޑު އެއް ސަޕްލަޔަރެވެ. ކާބޯތަކެތީގެ އިތުރުން ރީތިވާ ސާމާނު ވެސް މި ކުންފުނިން ރިސޯޓުތަކަށް ސަޕްލައިކުރެ އެވެ.
ކަލިނަރީ އޮލިންޕިކްސްގެ ގިނަ އެވޯޑުތައް އާރަށަށް
ޝެފުން: މިއީ އިންޑަސްޓްރީއަށް ލިބުނު ކުރިއެރުމެއް
އެންމެ މޮޅު ޝެފުންގެ ތެރޭގައި ސަމާ އައިލެންޑްގެ ޖެކް
"މިހާތަނަށް 13 ރަށެއް ރިސޯޓް ހަދަން ދޫކޮށްފައިވޭ"
ކާށިދޫ އާއި ކެލާ ފަޅުގައި ރިސޯޓުހަދަން އިއުލާނުކޮށްފި
ކެލާ ފަޅުގައި ރިސޯޓު ހަދަން 325 ހެކްޓަރު
ފުރަތަމަ ދެ މަހުގެ ޓީޖީއެސްޓީ 7.5 ޕަސެންޓު ދަށަށް
ކައުންސިލްތަކުގެ ރަށްތައް ޓޫރިޒަމަށް ދޭ ގޮތަށް ބަދަލެއް
އޮސްކާގެ އިނާމުތަކުގައި ރާއްޖޭގެ ޗުއްޓީ ދަތުރެއް
ރިސޯޓުތަކުން ޑޮލަރު މާރުކުރުމުގެ ހެޔޮ އަސަރު ރިޒާވަށް