05 އެޕްރީލް 2018
މެޑްރިޑް (އޭޕްރިލް 5) – ޗެމްޕިއަންސް ލީގުގެ ފައިނަލަކުން ބަލިވުމަށް ވުރެ ޔުރޮޕާ ލީގުގެ ތަށްޓެއް ލިބުމަށް މާ ބޮޑަށް ބޭނުންވާ ކަމަށް އެތުލެޓިކޯ މެޑްރިޑުގެ ކޯޗު ޑިއެގޯ ސިމިއޯނީ ބުނެފި އެވެ.
މެޑްރިޑް (އޭޕްރިލް 5) – ޗެމްޕިއަންސް ލީގުގެ ފައިނަލަކުން ބަލިވުމަށް ވުރެ ޔުރޮޕާ ލީގުގެ ތަށްޓެއް ލިބުމަށް މާ ބޮޑަށް ބޭނުންވާ ކަމަށް އެތުލެޓިކޯ މެޑްރިޑުގެ ކޯޗު ޑިއެގޯ ސިމިއޯނީ ބުނެފި އެވެ.
ޔުރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި މިރޭ އެތުލެޓިކޯ ގޮވައިގެން ޕޯޗުގަލްގެ ސްޕޯޓިންއާ ދެކޮޅަށް ސިމިއޯނީ ނުކުންނާނެ އެވެ. މީގެ ކުރިން 2014 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުން ރެއާލް މެޑްރިޑް އަތުން ވަނީ އެތުލެޓިކޯ ވަނީ ބަލިވެފަ އެވެ. އޭގެ ކުރިން 2010 އަދި 2012 ވަނަ އަހަރު އެ ޓީމުން ޔުރޮޕާ ލީގު ނެގި އެވެ. އޭގެ ތެރެއިން ފަހު ފަހަރު ކޯޗަކަށް ހުރީ ސިމިއޯނީ އެވެ.
ސިމިއޯނީ ބުނީ އިދިކޮޅަށް ކުޅެނީ އާދައިގެ ޓީމަކަށް ވިޔަސް މެޗާ ދޭތެރޭ ދެކޭ ގޮތަށް ބަދަލެއް ނާންނާނެ ކަމަށެވެ.
"އަހަރެމެން ބަޔާން މިއުނިކާ ދެކޮޅަށް ކުޅެން ޖެހޭ ނަމަ ބުނާނެ ތިއީ ނުވާނެ ކަމެކޭ. އެކަމަކު އިދިކޮޅަށް ކުޅެނީ އާސްތާނާ ކަމަށް ވަންޏާ ބުނާނެ ވަރަށް ފަސޭހަވާނެޔޭ. އެކަމަކު ހަގީގަތަކީ ކޮންމެ މެޗަކީ ވެސް ކުޅެން ޖެހޭ މެޗެއްކަން. އަހަރެމެން އަބަދުވެސް އަނެއް ބުރަށް ކޮލިފައިވާން ބުރަކޮށް މަސައްކަތްކުރަން،" ސިމިއޯނީ ބުންޏެވެ.
ސިމިއޯނީ ބުނީ އޭނާގެ ސީވީގައި އަބަދުވެސް ޖަހަން ބޭނުންވަނީ މޮޅު ކަމަށެވެ.
"ޗެމްޕިއަންސް ލީގު ފަދަ ބޮޑު މުބާރާތެއްގެ ދެ ވަނަ އަކީ ވެސް ބޮޑު ކާމިޔާބެއް. އެކަމަކު ޗެމްޕިއަންކަން ހޯދުމަކީ އަބަދުވެސް އެންމެ މުހިއްމު ކަންތައް. އެއީ ޔަގީންކަމެއް،" ސިމިއޯނީ ބުންޏެވެ.
ޔުރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި އެތުލެޓިކޯ އާއި ސްޕޯޓިން ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:05 ގަ އެވެ. މިރޭ ކުޅޭ އެހެން މެޗުތަކުގެ ތެރޭގައި އާސެނަލާއި ސީއެސްކޭއޭ މޮސްކޯގެ މެޗާއި ލާޒިއޯ އާއި ސަލްޒްބާގުގެ މެޗު ހިމެނެ އެވެ.
އެތުލެޓިކޯ އިން ޔޫރޮޕާ ލީގު ކާމިޔާބުކޮށްފި
އެތުލެޓިކޯ ފައިނަލަށް، ވެންގާ ހުސް އަތާ ކްލަބާ ދުރަށް
ވެންގާއާ މެދު ވިސްނާނެ ވަގުތެއް ނެތް: ސިމިއޯނީ
މާސޭ ފައިނަލާ ގާތަށް، އެތުލެޓިކޯ ހިތްވަރު ހޯދައިފި
ސެމީގައި މެޑްރިޑާއި ބަޔާން އަދި ލިވަޕޫލާއި ރޯމާ
އާސެނަލާއި އެތުލެޓިކޯ ސެމީ އަށް، ލާޒިއޯ ކަޓައިފި
އާސެނަލް، އެތުލެޓިކޯ އަދި ލާޒިއޯ ސެމީއާ ގާތަށް
އާސެނަލާއި އެތުލެޓިކޯ ކުއާޓާއާ ގާތަށް
އާސެނަލް، މިލާން އަދި އެތުލެޓިކޯ އަނެއް ބުރަށް
ދަރިފުޅަށް ވީތީ އިސްކަމެއް ނުދެން: ސިމިއޯނީ