05 އެޕްރީލް 2018
ހުޅުމާލޭގައި ހިންގާ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލްގެ ކަންފަތްމަތީގައި ޖަހައި މާރާމާރީ ހިންގި، އެ ސްކޫލުގެ ބެލެނިވެރިއަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
ހުޅުމާލޭގައި ހިންގާ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލްގެ ކަންފަތްމަތީގައި ޖަހައި މާރާމާރީ ހިންގި، އެ ސްކޫލުގެ ބެލެނިވެރިއަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
މި މައްސަލާގައި ފިރިހެނަކު ހައްޔަރުކުރިކަން ފުލުހުން ކަށަވަރުކޮށްދިން ނަމަވެސް އިތުރު މައުލޫމާތެއް ނުދެ އެވެ. ހައްޔަރުކޮށްފައިވާ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރާނެ ކަމަށް އެނގިފައިވެ އެވެ.
ބެލެނިވެރިޔަކު ބުނި ގޮތުގައި މި މާރާމާރީ ހިންގީ ގްރޭޑް 7 ގައި އުޅޭ އަންހެން ދަރިވަރަކު ބަލައި ބެލެނިވެރިޔާ ސްކޫލަށް ދިޔުމުން، އެ ދަރިވަރު ގެއަށް ގޮސްފިކަމަށް ބުނެ އެސިސްޓެންޓް ޕްރިންސިޕަލް "ދޮގު ހެދި" ކަމަށް ތުހުމަތުކޮށްފަ އެވެ.
"ސްކޫލުން އެހެން ބުނުމުން ބެލެނިވެރިޔާ ގެއަށް ގޮސް ބެލިއިރު ކުއްޖާ ނެތް ގެއަކު. ދެން ބެލެނިވެރިޔާ އަނެއްކާ ސްކޫލަށް ދިޔައީ. ދިޔައިރު އެދަރިވަރު ހުރި ސްކޫލުގައި. އެހެންވެ ރުޅިއައިސް ޖެހީ،" މައުލޫމާތުދިން ބެލެނިވެރިޔާ ބުންޏެވެ.
މާރާމާރީގައި އަނިޔާވި އެސިސްޓެންޓް ޕްރިންސިޕަލަކީ ސްރީ ލަންކާ އަންހެނެކެވެ. އޭނާގެ ކަންފަތްމަތީގައި ޖެހުމުގެ ސަބަބުން ސީރިއަސް އަނިޔާތަކެއް ލިބި އައިޖީއެމްޗްގައި ފަރުވާ ދިން ކަމަށް އެނގިފައިވެ އެވެ.
ހަމަލާދިން ބެލެނިވެރިއާގެ ބަންދަށް 10 ދުވަސް
ހައްޔަރުކުރި އެއް ކުއްޖެއްގެ ބަންދަށް 10 ދުވަސް
ޒަހަމްވި ކުއްޖާ އަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައި
ކެފޭއަކަށް ވަދެ މީހަކަށް ހަމަލާދިން މީހާ ދޫކޮށްލައިފި
ސްކޫލްތަކުގައި ބުލީ ކޮށްގެން މި އަހަރު 26 މައްސަލަ!
ސްކޫލު ކުދިން، އެކަމަކު ހީވީ ގޭންގެއް އަރައިގަތްހެން
ދަރިވަރުންގެ މާރާމާރީއެއްގައި ޓީޗަރެއްގެ ބޯފަޅާލައިފި
ދަރިވަރަކަށް އަނިޔާކުރާ ވީޑިއޯ ދައުރުނުކުރަން އަންގައިފި
ބައެއް ރަށްރަށުގެ ކުދިންނަށް އަދި ފޮތްތައް ނުލިބޭ!
ދަރިން ސްކޫލަށް ނުފޮނުވި ބައްޕައަކު އެއްއަހަރަށް ޖަލަށް