Roadha Mihaaru
ހައްޔަރުކުރި އެއް ކުއްޖެއްގެ ބަންދަށް 10 ދުވަސް

ޓީއެސްގެ ދަރިވަރަށް ހަމަލާ ދިން މައްސަލާގައި އެއް ކުއްޖެއްގެ ބަންދަށް 10 ދުވަސް

18 ޖެނުއަރީ 2018

ތާޖުއްދީން ސްކޫލް (ޓީއެސް) ގައި އަންގާރަ ދުވަހު ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި ދެ ކުދިންގެ ތެރެއިން 14 އަހަރުގެ ކުއްޖާ އާއިލާއާ ހަވާލުކޮށް 15 އަހަރުގެ ކުއްޖާގެ ބަންދަށް 10 ދުވަސް ކޯޓުން އިތުރުކޮށްދީފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ތާޖުއްދީން ސްކޫލް (ޓީއެސް) ގައި އަންގާރަ ދުވަހު ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި ދެ ކުދިންގެ ތެރެއިން 14 އަހަރުގެ ކުއްޖާ އާއިލާއާ ހަވާލުކޮށް 15 އަހަރުގެ ކުއްޖާގެ ބަންދަށް 10 ދުވަސް ކޯޓުން އިތުރުކޮށްދީފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ދެ ދަރިވަރަކަށް ދިން ހަމަލާތަކާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ ތާޖުއްދީން ސްކޫލުގައި ކުއްޖެއްގެ ބޮލަށް ކަތުރެއް ހަރާލުމާއި ދަރުމަވަންތަ ސްކޫލްގެ ދަރިވަރުގެ ގަޔަށް ވަޅިހެރުމާ އެއްވެސް ގުޅުމެއްނެތް ކަމަށެވެ.

ޝިފާން ވިދާޅުވީ އެ ދެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެކަމަކު އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ދެ ދަރިވަރަކަށް ދީފައިވާ ހަމަލާއާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމް (ވ). -- ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ދެ ދަރިވަރަކަށް ދީފައިވާ ހަމަލާއާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމް (ވ). -- ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ތާޖުއްދީން ސުކޫލުގެ ގްރޭޑް 10ގެ ދެ ދަރިވަރުން ދެމެދުގައި ހިނގި ހަމަނުޖެހުމާއެކު އެތަނުން އެއް ކުއްޖަކު ސްކޫލުން ނުކުމެގެން ގޮސް އިތުރު މީހަކާއެކު ސްކޫލް ތެރެއަށް ވަދެ ހިންގި މާރާމާރީގައި ބޮލަށް ކަތުރު ހެރިގެން ޒަހަމްވި ކުއްޖާއަށް ސީރިއަސް އަނިޔާއެއް ނުލިބެ އެވެ.

TS ge maaraamaaree: Zahamkohlee hamanujehumai gulhumeh neiy dharivareh

TS ge maaraamaaree: Zahamkohlee hamanujehumai gulhumeh neiy dharivareh

The most trusted news source in the Maldives

Mihaaru

ތާޖުއްދީން ދަރިވަރަށް ދިން ހަމަލާގެ ތަފްސީލް--

ދަރުމަވަންތަ ސްކޫލްގެ ދަރިވަރަށް ވަޅިން ހަމަލާދިނުމުގެ އިތުރުން އޭނާގެ ބޮލަށް ވެސް ވަނީ އަނިޔާތަކެއް ދީފަ އެވެ. އަދި އަތުގެ ދެ އިނގިލި ވަނީ ބިނދިފަ އެވެ. ފަރުވާ ދިނުމަށް ފަހު އެ ކުއްޖާ ވަނީ ގެއަށް ދޫކޮށްލައިފަ އެވެ. ފަސް މީހުންގެ ގުރޫޕަކުން ދިން މި ހަމަލާއާ ގުޅިގެން އަދި މީހަކު ހައްޔަރު ކުރި ކަމެއް އެނގިފައެއް ނުވެ އެވެ.