Roadha Mihaaru
ވެލާނާ އެއާޕޯޓްގައި އިއްޔެ 29 ޖެޓް ޕާކްކުރި

ވެލާނާ އެއާޕޯޓްގައި އިއްޔެ 29 ޖެޓް ޕާކްކުރި

02 އެޕްރީލް 2018

އީސްޓަ ހޮލިޑޭއާ ދިމާކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިއްޔެ 29 ޖެޓް ޕާކްކުރި ކަމަށް، އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.

އީސްޓަ ހޮލިޑޭއާ ދިމާކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިއްޔެ 29 ޖެޓް ޕާކްކުރި ކަމަށް، އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.

އެމްއޭސީއެލް އިން ބުނީ މިއީ ރެކޯޑް އަދަދެއް ކަމަށެވެ. ނަމަވެސް މިދިޔަ އަހަރުގެ މި ދުވަސްވަރު އައި ޖެޓްގެ އަދަދެއް ނުބުނެ އެވެ.

އީސްޓަ ހޮލިޑޭއަކީ ޔޫރަޕްގެ ގިނަ ގައުމުތަކުގެ މީހުން ޗުއްޓީއަށް އެކި ތަންތަނަށް ދަތުރުކުރާ ދުވަސްވަރެކެވެ.

މިދިޔަ ކްރިސްމަަސް އާއި އާ އަހަރާ ދިމާކޮށް ޑިސެމްބަރު މަހުގެ ފަހު ހަފުތާގެ ތެރޭގައި 140 އަށް ވުރެ ގިނަ ޕްރައިވެޓް ޖެޓް ރާއްޖެ އައި ކަމަށް އެމްއޭސީއެލް އިން ކުރިން ބުނެފައިވެ އެވެ.

ވެލާނާ އެއާޕޯޓުގައި ޖާގަ ނެތިގެން މީގެ ކުރިން ޖެޓުތައް ޕާކުކުރަން ޑޮމެސްޓިކް ބައެއް އެއާޕޯޓުތަކަށާއި އަވައްޓެރި ގައުމުތަކަށް ވެސް ފޮނުވާފައިވެ އެވެ. އެކަމަކު، އަމިއްލަ ޖެޓުތަކަށް ހާއްސަކޮށް އެއާޕޯޓުގެ އުތުރު ކޮޅުގައި ތަރައްގީ ކޮށްފައިވާ އޭޕްރަން ބޭނުންކުރަން ފެށުމުން ޖާގަ ވަނީ ތަނަވަސްވެފަ އެވެ. އެތަނުގައި އެއްފަހަރާ 30 ޖެޓް ޕާކުކުރެވެ އެވެ. އަދި ކުރިން ހުޅުލޭގެ ހުޅަނގު ދެކުނުން ދަތުރުކުރަން ހެދި މަގުގެ ސަރަހައްދު ހިމަނައިގެން އޭޕްރަން ބޮޑު ކުރުމުގެ މިހާރު ވެސް ދަނީ ކުރަމުންނެވެ.