Roadha Mihaaru
"ޕަދްމާވަތު" އެމެޒޯން ޕްރައިމް ވީޑިއޯ އަށް

"ޕަދްމާވަތު" ސްޓްރީމިން ރައިޓްސް އެމެޒޯން ޕްރައިމް ވީޑިއޯ އަށް ދީފި

28 މާޗް 2018

ދާދި ފަހުން ރިލީޒް ކުރި ސަންޖޭ ލީލާ ބަންސާލީގެ ތާރީހީ ލޯބީގެ ފިލްމް "ޕަދްމާވަތު" އިންޑިއާގެ މަޝްހޫރު ޗެނެލަކުން ގޭގެ ސިޓިން ރޫމްތަކަށް އަންނާނެ ކަމަށް އުންމީދުކޮށްގެން ތިބި މީހުންނަށް މިއީ އެހާ އުފާވެރި ހަބަރަކަށް ނުވެދާނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދާދި ފަހުން ރިލީޒް ކުރި ސަންޖޭ ލީލާ ބަންސާލީގެ ތާރީހީ ލޯބީގެ ފިލްމް "ޕަދްމާވަތު" އިންޑިއާގެ މަޝްހޫރު ޗެނެލަކުން ގޭގެ ސިޓިން ރޫމްތަކަށް އަންނާނެ ކަމަށް އުންމީދުކޮށްގެން ތިބި މީހުންނަށް މިއީ އެހާ އުފާވެރި ހަބަރަކަށް ނުވެދާނެ އެވެ.

އެކަމަކު އެ ފިލްމް އުފެއްދި ބަންސާލީ ފިލްމްސް އާއި ވަޔަކޮމް 18 މޯޝަން ޕިކްޗާޒް އިން ތިބީ އެ މީހުންގެ އާ ޑީލާއެކު ވަރަށް އުފަލުންނެވެ. "ޕަދްމާވަތު" ބަލައިލަން ބޭނުން މީހުންނަށް އެ ފުރުސަތު އޮތީ ސްޓްރީމިން ސާވިސްގެ ތެރެއިންނެވެ. އެގޮތުން އެމެޒޯން ޕްރައިމް ވީޑިއޯ އިން "ޕަދްމާވަތު" ގެނެސް ދޭން މިހާރު ވަނީ އެއްބަސްވުމަކަށް އައިސް އެކަން ރަަސްމީކޮށް އިއުލާން ވެސް ކޮށްފަ އެވެ.

އެމެޒޯންގެ ޓްވީޓެއް.

މިކަމާ ބެހޭ ގޮތުން އެމެޒޯން ޕްރައިމް ވީޑިއޯ އިންޑިއާގެ ކޮންޓެންޓް ޑިރެކްޓަރު ވިޖޭ ސުބަރްމާނިއަން ބުނީ ބަންސާލީގެ އެންމެ ކާމިޔާބު ފިލްމްގެ ސްޓްރީމިން ރައިޓްސް އެމެޒޯން އަށް ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. "ޕަދްމާވަތު" މިއަދުން ފެށިގެން ޕްރައިމް އެމެޒޯން އިން ސްޓްރީމް ކުރާނެ އެވެ.

"މި ފުރުސަތު އެމެޒޯން އަށް ލިބުމަކީ ވަރަށް ބޮޑު ފަހުރެއް ވެސް މެ،" އޭނާ ބުންޏެވެ.

ބޮކްސް އޮފީހުގައި 500 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ހޯދާފައިވާ "ޕަދްމާވަތު" ގައި ލީޑް ރޯލް ކުޅެފައި ވަނީ ރަންވީރު ސިންގް އާއި ދީޕިކާ ޕަދްކޯންގެ އިތުރުން ޝާހިދު ކަޕޫރެވެ.

އިންޑިއާ އިން ބޭރުގައި ފިލްމް ދައްކަން ހޮލީވުޑްގެ މަޝްހޫރު ސްޓޫޑިއޯ ޕެރަމައުންޓް ޕިކްޗާޒް އިން ޑިސްޓްރިބިއުޝަނާ ހަވާލުވި ފިލްމް ސިނަމާތަކަށް އައީ ޖެނުއަރީ 25 ގަ އެވެ.