Roadha Mihaaru
ކެޓަލޯނިއާގެ ކުރީގެ ރައީސް ޖަރުމަނުން ހައްޔަރުކޮށްފި

ކެޓަލޯނިއާގެ ކުރީގެ ރައީސް ޖަރުމަނުން ހައްޔަރުކޮށްފި

25 މާޗް 2018

ބާލިން (މާޗް 25) - ކެޓަލޯނިއާގެ ކުރީގެ ރައީސް ކާލްސް ޕުޖްޑެމޮން ޖަރުމަން ފުލުހުން ހައްޔަރުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބާލިން (މާޗް 25) - ކެޓަލޯނިއާގެ ކުރީގެ ރައީސް ކާލްސް ޕުޖްޑެމޮން ޖަރުމަން ފުލުހުން ހައްޔަރުކޮށްފި އެވެ.

އޭނާ ހައްޔަރުކުރީ ޔޫރަޕިއަން އެރެސްޓް ވޮރެންޓެއްގެ ދަށުން ކަމަށް އޮފިޝަލުން ބުނެ އެވެ.

ޕުޖްޑެމޮން ހައްޔަރުކޮށްފައި ވަނީ ބެލްޖިއަމަށް ވަޑައިގަތުމަށް ޑެންމާކް ހުރަސްކޮށްފައި ވަނިކޮށް ކަމަށް އޭނާގެ ވަކީލް ވިދާޅުވި އެވެ. ޕުޖްޑެމޮން ވަނީ ބުރާސްފަތި ދުވަހު ފިންލެންޑަށް ވަޑައިގެންފަ އެވެ. އެ ގައުމުގައި އޭނާ ހުންނަވަނިކޮށް އަމުރު ނެރުމާ ގުޅިގެން ވަނީ ފުރާވަޑައިގެންފަ އެވެ.

ޖަރުމަން ފުލުހުން ބުނީ ޕުޖްޑެމޮން ހައްޔަރުކޮށްފައި ވަނީ ޑެންމާކުގެ ބޯޑަރުގައި އޮންނަ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ޝްލެެސްވިގް-ހޮލްސްޓެއިންގެ ހައިވޭއަކުން ކަމަށެވެ.

ކެޓަލޯނިއާގެ ކުރީގެ ލީޑަރުން ހައްޔަރު ކުރަން ސްޕޭނުގެ ސުޕްރީމް ކޯޓުން އަމުރު ނެރުމާ ގުޅިގެން ބާސެލޯނާ ފަދަ ކެޓަލޯނިއާގެ ބޮޑެތި ސިޓީތަކުގައި ވަނީ ހަމަނުޖެހުންތައް ބޮޑުވެފަ އެވެ.

ކެޓަލޯނިއާގައި އޮކްޓޯބަރު މަހު މިނިވަންކަން އިއުލާންކުރުމާ ގުޅިގެން ސްޕޭނުން ސަރަހައްދީ ސަރުކާރު އުވާލި ފަހުން ޕުޖްޑެމޮން ދިރިއުޅުއްވަނީ ބެލްޖިއަމުން ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގަ އެވެ. އޭނާގެ މައްޗަށް ވަނީ ގައުމަށް ޣައްދާރުވުމުގެ ދައުވާ އުފުލައިފަ އެވެ. އެއީ 30 އަހަރުގެ ޖަލު ހުކުމެއް އަންނަވަރުގެ ކުށެކެވެ.