Roadha Mihaaru
ގެލެކްސީ އެސް10 ގެ ޕްރި-އޯޑަ މި މަހުގެ 21 ގައި

ގެލެކްސީ އެސް10 ގެ ޕްރި-އޯޑަ މި މަހުގެ 21 ގައި ހުޅުވައިލަނީ

15 ފެބުރުއަރީ 2019

މި މަހުގެ 20 ވަނަ ދުވަހު ސެމްސަންގް ގެލެކްސީ އެސް10 ގެ ފޯނާ އެކު ފަތްޖަހައިލެވޭ ފޯނު ވެސް ދައްކާލަން ތައްޔާރުވަމުން އަންނަކަން ދެކުނު ކޮރެއާގެ ކުންފުނިން މިހާރު ވަނީ ކަށަވަރުކޮށް ދީފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހުގެ 20 ވަނަ ދުވަހު ސެމްސަންގް ގެލެކްސީ އެސް10 ގެ ފޯނާ އެކު ފަތްޖަހައިލެވޭ ފޯނު ވެސް ދައްކާލަން ތައްޔާރުވަމުން އަންނަކަން ދެކުނު ކޮރެއާގެ ކުންފުނިން މިހާރު ވަނީ ކަށަވަރުކޮށް ދީފަ އެވެ.

އުފާވެރި އަނެއް ޚަބަރަކީ މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ސެމްސަންގް ވެބްސައިޓް މެދުވެރިކޮށް، ފޯނުގެ ޕްރި-އޯޑަރަށް ވެސް ހުޅުވައިލަން ނިންމުމެވެ. އަންނަ މަހުގެ 8 ގައި ވިއްކަން ފެށުމާ އެކު، ޕްރި އޯޑަކުރާ މީހުންނަށް އެ ދުވަހު ފޯނު ދޫކުރަން ފަށާނެ އެވެ.

ކުރީ ބައިގައި ފޯނަށް އޯޑަރުކުރާ މީހުންނަށް ވަރަޑް ބޮޑު ޑިސްކައުންޓެއް ދޭނެ ކަމަށް ކުންފުނިން ވަނީ ބުނެފަ އެވެ.

ގެލެކްސީ އެސް10 ގެ ތިން މޮޑެލްއެއް ނެރެން ނިންމި ނަމަވެސް މި މޮޑެލްތަކާ ބެހޭ އެއްވެސް ތަފުސީލެއް ސެމްސަންގުން މިހާތަނަށް ހިއްސާއެއް ނުކުރެ އެވެ. ޔަގީނުން ވެސް އެ ކުންފުނީގެ އެންމެ ފަހުގެ މޮޑެލްތައްވެގެން ދާނީ ސްމާޓްފޯނުގެ ދުނިޔެ އަށް އިންގިލާބެއް ގެނުވައި ދޭނެ އުފެއްދުންތަކަށެވެ.

އެހެންވެ އިންތިޒާރުކޮށްލަން ޖެހެނީ މި މަހުގެ 20 ވަނަ ދުވަހު ސްޕެއިންގެ ބާސެލޯނާގައި ފަށާ މޯބައިލް ވޯލްޑް ކޮންގްރެސް ކޮންގްރެސްއަށެވެ.