Roadha Mihaaru
ގަން އެއާޕޯޓްގައި ރެސްޓޯރަންޓް ހިންގާނެ ބަޔަކު ހޯދަނީ

ގަން އެއާޕޯޓްގެ ޓާމިނަލްތަކުގައި ރެސްޓޯރަންޓާއި ޓަކް ޝޮޕް ހިންގާނެ ބަޔަކު ހޯދަން ބީލަަމަށްލައިފި

22 މާޗް 2018

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ އިންޓަނެޝަނަލް ޓާމިނަލްގައި ރެސްޓޯރަންޓަކާއި ޓަކް ޝޮޕެއް އަދި ޑޮމެސްޓިކް ޓާމިނަލްގައި ޓަކް ޝޮޕެއް ހިންގާނެ ބަޔަކު ހޯދަން ހޯދަން، އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އިން ބީލަމަށް ހުޅުވާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ އިންޓަނެޝަނަލް ޓާމިނަލްގައި ރެސްޓޯރަންޓަކާއި ޓަކް ޝޮޕެއް އަދި ޑޮމެސްޓިކް ޓާމިނަލްގައި ޓަކް ޝޮޕެއް ހިންގާނެ ބަޔަކު ހޯދަން ހޯދަން، އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އިން ބީލަމަށް ހުޅުވާލައިފި އެވެ.

އެ ކުންފުނިން ނެރުނު އިއުލާނުގައި ބުނީ ރެސްޓޯރަންޓާއި ޓަކް ޝޮޕް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.

ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 15،000ރ. ހުށަހަޅަން ޖެހޭ އިރު، ބިޑް ސިކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 60 ދުވަހެވެ.

އޭއައިއޭ އިން ބުނީ މިކަމާ ބެހޭ ގޮތުން އެއްވެސް ސުވާލެއް އޮތް ނަމަ އަންނަ މަހުގެ 12 ގެ ކުރިން މެއިލްއަކުން އަންގައި ދޭން އެދޭ ކަމަށެވެ.

ގަން އެއާޕޯޓް ތަރައްގީކޮށް، އެއާޕޯޓާ ގުޅުން ހުރި ފެސިލިޓީތައް ގަމުގައި ތަރައްގީކުރަން އޭއައިއޭ އިން ނިންމާފައިވާ އިރު، ގަމުގައި ފެންވަރު ރަނގަޅު ހޮޓަލެއް ތަރައްގީ ކުރަން ވަނީ ނިންމައިފަ އެވެ. އަދި އެ ހޮޓާ ތަރައްގީ ކުރަން 50 މިލިއަން ޑޮލަރު ހަރަދު ވާނެ ކަމަށް އޭއައިއޭ އިން ބުންޏެވެ.

ގަން އެއާޕޯޓަށް މި ވަގުތު އޮޕަރޭޓް ކުރަނީ ގައުމީ އެއާލައިން މޯލްޑިވިއަން އާއި ސްރީ ލަންކަން އެއާލައިންސް އެކަންޏެވެ.