15 އޮކްޓޯބަރ 2017
އައްޑޫގެ އިތުރުން ދެކުނު ސަރަހައްދުގެ ޓޫރިޒަމް މިހާރަށް ވުރެ ބޮޑަށް ފުޅާކޮށް، ކުރިއެރުވެން އޮތީ އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ބައިނަލްއަގުވާމީ ގިނަ އެއާލައިންތަކެއްގެ ދަތުރުތައް ފެށިގެން ކަމަށް އައްޑޫގައި ހިންގާ އެންމެ ބޮޑު ރިސޯޓް ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާގެ ޖެނެރަލް މެނޭޖަރު އަލްވިން ޑްރެގޯ ވިދާޅުވި އެވެ.
އައްޑޫގެ އިތުރުން ދެކުނު ސަރަހައްދުގެ ޓޫރިޒަމް މިހާރަށް ވުރެ ބޮޑަށް ފުޅާކޮށް، ކުރިއެރުވެން އޮތީ އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ބައިނަލްއަގުވާމީ ގިނަ އެއާލައިންތަކެއްގެ ދަތުރުތައް ފެށިގެން ކަމަށް އައްޑޫގައި ހިންގާ އެންމެ ބޮޑު ރިސޯޓް ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާގެ ޖެނެރަލް މެނޭޖަރު އަލްވިން ޑްރެގޯ ވިދާޅުވި އެވެ.
ދެހާސް ނުވަ ވަނަ އަހަރު މި ރިސޯޓް ހުޅުވި ފަހުން، ޝަންގްރިއްލާގެ މެނޭޖްމަންޓުން އަންނަނީ އެކަން ފާހަގަ ކުރަމުންނެވެ. ނަމަވެސް ސްރީ ލަންކަން އެއާލައިންސްގެ ދަތުރުތައް ފިޔަވައި، ބޭރުގެ އެއްވެސް އެއާލައިނެއް ގަމަކަށް ދަތުރެއް ނުކުރެ އެވެ.
ޓޫރިޒަމް ދާއިރާގެ ހަބަރުތައް ގެނެސްދޭ "ހޮޓެލިއާ މޯލްޑިވްސް" އަށް ދެއްވި އިންޓަވިއުއެއްގައި އަލްވިން ވިދާޅުވީ ވިލިނގިލި ރިސޯޓަށް ޗުއްޓީ ހޭދަކޮށްލަން ޓޫރިސްޓުން އަންނަން ބޭނުންވާ ނަމަ، ދިގު ދަތުރެއް ކުރުމުގެ އިތުރަށް ބޮޑު ހަރަދެއް ވެސް ކުރަން ޖެހޭ ކަމަށެވެ.
އެގޮތުން ގިނަ ޓޫރިސްޓުން އަންނަން ޖެހެނީ ހުޅުލޭން އަނެއްކާ، އިތުރު ފްލައިޓެއް ނަގައިގެން ކަމަށް އަލްވިން ވިދާޅުވި އެވެ.
"މީގެ ސަބަބުން ދަތުރު ވަރަށް ބޮޑަަށް އެބަ ދިގުވޭ. ސީދާ ގަމަށް ޓޫރިސްޓުންނަށް އާދެވޭ ގޮތެއް ނެތުމަކީ އަޅުގަނޑުމެންނަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ." ދެ ހާސް ބާރައިގައި ވިލިނގިލީގެ ޖެނެރަލް މެނޭޖަރުކަމާ ހަވާލުވެވަޑައިގެންނެވި އިންޑިއާގެ އަލްވިން ވިދާޅުވި އެވެ. "ގަމަށް އިންޓަނެޝަނަލް ގިނަ އެއާލައިންތައް ގެނެވުމަކީ އައްޑޫގެ ޓޫރިޒަމް ފުޅާވުމުގެ އިތުރުން މި ރީޖަންގެ އެހެން ރިސޯޓްތަކަށް ވެސް އަންނާނެ ވަރަށް ބޮޑު ކުރިއެރުމެއް."
ޝަންގްރިއްލާ ވިލިނގިލި ރިސޯޓްގެ ވީޑިއޯއެއް.
އޭނާ ފާހަގަ ކުރެއްވި ގޮތުގައި ކޮލޮމްބޯ އިން ސީދާ ގަމަށް ސްރީ ލަންކަން އެއާލައިންސްގެ ދަތުރުތައް މިދިޔަ އަހަރު އޮޕަރޭޓް ކުރަން ފެށުމުގައި ޝަންގްރިއްލާގެ ހިއްސާ ވެސް ވަރަށް ބޮޑެވެ.
ޝަންގްރިއްލާގެ އިތުރުން ކެނެރީފް ރިސޯޓް (ކުރީގެ ހެރަތެރަ) އަދި ގަމުގައި ހިންގާ އީކްއޭޓަ ވިލެޖަށް ވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޓޫރިސްޓުން އައްޑު އަށް ގެނައުމުގައި ހުރި ހުރަސްތަކެވެ. އަދި އައްޑޫގައި ގެސްޓް ހައުސް ވިޔަފާރި ވެސް ފުޅާވަމުން އަންނަ އިރު، އެ ވިޔަފާރީގެ ތެރޭގައި އުޅޭ މީހުން ވެސް ތިބީ ގަމަށް ގިނަ އިންޓަނޭޝަނަލް އެއާލައިންތަކެއް އޮޕަރޭޓް ކުރަން ފަށާނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.
ގަން އެއާޕޯޓް ހިންގާ އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) ބުނާ ގޮތުގައި އިތުރު އެއާލައިންތައް ގަމަށް ގެންނަން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
ގަން އެއާޕޯޓްގައި 35 ޖެޓް؛ މިއަހަރު ރެކޯޑް ހަދާނެ
އައްޑު އާއި ހުވަދުއާ ދެމެދު އަލުން ސީޕްލޭން
ގަމުގައި ހަދާ ހޮޓަލްގެ ކޮންސެޕްޓް ޕްލޭން ނިމިއްޖެ: އޭއައިއޭ
ގަން އެއާޕޯޓްގެ މުވައްޒަފުންގެ މުސާރަ ކުޑައެއް ނުކުރަން: އޭއައިއޭ
ކެނަރީފް ރިސޯޓަށް މުވައްޒަފުން ހޯދަނީ
ޝަންގްރިއްލާ ވިލިގިލި ރިސޯޓް ވަގުތީ ގޮތުން ބަންދުކޮށްފި
އައްޑޫ ގަން ރޭގަނޑު ބަންދުކުރަން ނިންމައިފި
ގަން އެއާޕޯޓްގައި ރެސްޓޯރަންޓެއް ހިންގަން އަލުން ބީލަމަށް
އައްޑޫގައި ފްލައިން ސްކޫލެއް ހިންގަން ތިން ޕްރޮޕޯސަލެއް
ގަން އެއާޕޯޓްގެ ތެޔޮ ފާމް ތަރައްގީ ކުރާނެ ބަޔަކު ހޯދަނީ