19 މާޗް 2018
ޝަރުތު ހަމަނުވާ ނޫސް މަޖައްލާތަކުގެ އެޑިޓަރުން ބަދަލުކުރަން ދިން މުއްދަތު ހޯމް މިނިސްޓްރީން އިތުރުކޮށްފި އެވެ.
ޝަރުތު ހަމަނުވާ ނޫސް މަޖައްލާތަކުގެ އެޑިޓަރުން ބަދަލުކުރަން ދިން މުއްދަތު ހޯމް މިނިސްޓްރީން އިތުރުކޮށްފި އެވެ.
މިދިޔަ ޖެނުއަރީ މަހު އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ "ނޫސް މަޖައްލާ އާއި މި ފަދަ ތަކެތި ރަޖިސްޓްރީ ކުރުމުގެ ގަވާއިދު"ގައިވާ ގޮތުން ނޫސް މަޖައްލާތަކުގެ އެޑިޓަރުކަން ކުރެވޭނީ ނޫސްވެރިކަން ނުވަތަ ގުޅުން ހުރި ދާއިރާއަކުން ޑިގްރީ ހާސިލްކުރުމުގެ އިތުރުން ނޫސްވެރިކަމުގެ ދާއިރާ އިން ފަސް އަހަރުގެ ތަޖުރިބާ ހުންނަ މީހުންނަށް ކަމަށެވެ. ޝަރުތު ހަމަނުވާ އެޑިޓަރުން ތިބި ނަމަ، އެޑިޓަރުން ބަދަލުކުރަން ކުރިން ދިން މުއްދަތު ވަނީ އިއްޔެ ހަމަވެފަ އެވެ.
ހޯމް މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައި ބުނީ ޝަރުތުތައް ހަމަވާ އެޑިޓަރުންނަށް ބަދަލުކުރަން އަންނަ އާދިއްތަ ދުވަހާ ހަމައަށް އަލުން މުއްދަތު ދީފައިވާ ކަމަށެވެ.
ނޫސް މަޖައްލާތަކުގެ އެޑިޓަރުންގެ ޝަރުތުތައް ބަދަލުކޮށް ހޯމް މިނިސްޓްރީން ނެރުނު ގަވާއިދު ގަބޫލު ނުކުރާ ކަމަށް، މީޑިއާތަކުގެ ބެލެނިވެރި ފަރާތް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވަނީ ބުނެފަ އެވެ. އެހެންވެ އެކަން ބަދަލުކުރަން އެމްއެމްސީން ވަނީ ނޫސް މަޖައްލާތަކުގެ އެޑިޓަރުންގެ ޝަރުތު ބަދަލުކުރުމުން އެކަމުގެ ކަންބޮޑުވުންތައް ވެސް ހޯމް މިނިސްޓްރީއާ ހިއްސާކޮށްފަ އެވެ.
ހޯމް މިނިސްޓްރީގެ ގަވައިދާ މެދު ރާއްޖޭގެ ބޮޑެތި ބައެއް ނޫސްތަކުގެ އެޑިޓަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެމްއެމްސީގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
އެޑިޓޯރިއަލް ޕޮލިސީ އެމްއެމްސީ އަށް ފޮނުވަން ލަފާދީފި
އެމްއެމްސީން ހޯމް މިނިސްޓްރީއާ މަޝްވަރާކޮށްފި
އެމްއެމްސީގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
ނޫސްވެރިކަމުގެ ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ސޯދިގަށް
އެމްއެމްސީ އިންތިޚާބަށް ރަޖިސްޓްރީވާން ހުޅުވާލައިފި
އެޑިޓަރުންގެ އާ ޝަރުތުތަކަށް އަމަލުކުރުން ފަސްކޮށްފި
އެޑިޓަރުންގެ ޝަރުތު ބާތިލު ކުރަން ހޯމް މިނިސްޓްރީއަށް
އެޑިޓަރުންގެ ޝަރުތު ބާތިލްކުރަން މަސައްކަތްކުރާނަން
މީޑިއާ ކައުންސިލްގެ އިންތިޚާބު އަންނަ މަހަށް ފަސްކޮށްފި