Roadha Mihaaru
މީޑިއާ ކައުންސިލްގެ އިންތިޚާބު އަންނަ މަހަށް ފަސްކޮށްފި

މީޑިއާ ކައުންސިލްގެ އިންތިޚާބު އަންނަ މަހަށް ފަސްކޮށްފި

23 ޖެނުއަރީ 2017

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ހުސްވެފައިވާ މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންތިޚާބު އަންނަ މަހަށް ފަސްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ހުސްވެފައިވާ މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންތިޚާބު އަންނަ މަހަށް ފަސްކޮށްފި އެވެ.

މީޑިއާ ކައުންސިލްގެ މެމްބަރަކު މިދިޔަ މަހު އިސްތިއުފާ ދެއްވުމުން، އެ މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންތިޚާބު އަންނަ މަހުގެ ހަތަރު ވަނަ ދުވަހަށް ފަސްކުރީ، އަންނަ ހޮނިހިރު ދުވަހު އެ އިންތިޚާބު ބާއްވަން ހަމަޖެއްސުމަށް ފަހު އެވެ.

ހޯމް މިނިސްޓްރީން ނެރުނު އިއުލާނެއްގައިވާ ގޮތުން އިންތިޚާބު ފަސް ކުރުމަށް ފަހު، އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީވުމުގެ ފުރުސަތު އަލުން ވަނީ ހުޅުވާލައިފަ އެވެ. އަންނަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ މެންދުރާ ހަމައަށް އެ ފުރުސަތު އޮންނާނެ ކަމަށް އިއުލާނުގައިވެ އެވެ.

އެމްއެމްސީން މަގާމަށް ކުރިމަތިލީ ރާއްޖެ ޓީވީގެ އަލީ ޔޫސުފާއި ޗެނަލް 13 އިން މުހައްމަދު ނިޔާޒެވެ.

އެމްއެމްސީގައި ތިބެނީ 15 މެމްބަރެކެވެ. އެއީ މީޑިއާތަކުން އަށް މެމްބަރަކާއި އަމިއްލަ ގޮތުން ކުރިމަތިލި ހަތް މެމްބަރެކެވެ. އެ ހުރިހާ ބޭފުޅުން ވެސް އިންތިޚާބު ކުރަނީ މީޑިއާތަކުން ވޯޓު ދީގެންނެވެ.