18 މާޗް 2018
ހުޅުމާލޭގައި އަލަށް ހަދާ 50 މެގަވޮޓްގެ ކަރަންޓު އުފެއްދޭ އިންޖީނުގެ އަށް ބޭނުންވާ ހަ ޖަނަރޭޓަރު ރާއްޖެ ގެނެސްފި އެވެ.
ހުޅުމާލޭގައި އަލަށް ހަދާ 50 މެގަވޮޓްގެ ކަރަންޓު އުފެއްދޭ އިންޖީނުގެ އަށް ބޭނުންވާ ހަ ޖަނަރޭޓަރު ރާއްޖެ ގެނެސްފި އެވެ.
ސްޓެލްކޯގެ ސީއީއޯ އަހުމަދު ޒުހޫރު މިއަދު ވިދާޅުވީ، އަލަށް ގެނައި 8.9 މެގަވޮޓްގެ ހަ ޖަނަރޭޓަރު އަންނަ ޖުލައި މަހު ބޭނުން ކުރަން ފެށޭވަރުވާނެ ކަމަށެވެ. އަލަށް ގެނައީ މިހާރު ވެސް ސްޓެލްކޯގައި ބޭނުން ކުރަމުން އަންނަ ފިންލެންޑްގެ "ވަޓްސިލާ" ބްރޭންޑްގެ ޖަނަރޭޓަރުތަކެކެވެ.
ސްޓެލްކޯ އިން ހުޅުމާލޭގައި އަލަށް ހަދާ އިންޖީނުގެ: މިއީ ރާއްޖޭގައި ހަދާ އެންމެ ބޮޑު އިންޖީނުގެ. ފޮޓޯ: އެޗްޑީސީ
"މި އިންޖީނުގެ އިން ފުރަތަމަ ކަރަންޓު ދޭނީ ހުޅުމާލެ އަށް. ހުޅުމާލެ އާއި މާލެއާ ދެމެދު އަޅާ ހައިވޮލްޓޭޖް ކޭބަލް އަޅައި ނިމުމުން މާލެ އަށް އެ އިންޖީނުގެ އިން ކަރަންޓު ދޭނެ. މި ވަގުތު ހުޅުމާލެ އަށް ބޭނުން ވަނީ 20 މެގަވޮޓްގެ ކަރަންޓު،" އޭނާ ވިދާޅުވި އެވެ.
ޒުހޫރު ވިދާޅުވި ގޮތުގައި ހުޅުމާލޭގެ އާ އިންޖީނުގެ ބޭނުން ކުރަން ފެށި ނަމަވެސް މިހާރު ހުރި އިންޖީނުގެ އިން ހަ މަސް ވަންދެން ކަރަންޓު ދޭނެ ކަމަށެވެ. އޭގެ ފަހުން ދެ އިންޖީނުގެ ގުޅާލައިގެން ކަރަންޓު ދޭނީ އެއް ގްރިޑަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޒުހޫރު ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހި ނިމުމުން 100 މެގަވޮޓްގެ ކަރަންޓު ބޭނުން ވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންވެ، ގާތްގަނޑަކަށް ފަސް އަހަރު ފަހުން އިންޖީނުގޭގެ ކެޕޭސިޓީ އިތުރުކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޗައިނާގެ ޑޮންފެން އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާ ހަވާލު ކޮށްފައިވާ 1.2 ބިލިއަން ރުފިޔާގެ، ފަސްވަނަ ޕަވާ ޕްރޮޖެކްޓް ކުރިޔަށް ގެންދަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ޖެނެރޭޝަން ފެސިލިޓީ އާއި ފިއުލް ފާމްގެ އިތުރުން ވޯޓާ ޑީސެލިނޭޝަން ފެސިލިޓީއެއް ގާއިމް ކުރަން ނިންމާފައިވާ ކަމަށް ވެސް ޒުހޫރު ވިދާޅުވި އެވެ.
ސްޓެލްކޯ އިން ހުޅުމާލޭގައި ހަދާ އާ އިންޖީނުގެ: މިތަނުގެ މަސައްކަތް ނިމި އަންނަ ޖުލައި މަހު ބޭނުންކުރަން ފެށޭނެ. ފޮޓޯ: އެޗްޑީސީ
"މިތަނުގައި ބޭނުން ކުރާނީ އެންމެ ޒާމާނީ އިކުއިޕްމެންޓްތަކެއް. މުޅި އިންޖީނުގެ ހުރިހާ ސިސްޓަމްތަކެއް ފުލީ އޮޓޮމޭޓެޑް ވާނެ. މިތަން ނިމޭއިރު މިއީ ވަރަށް ފުރިހަމަ ޒަމާނީ އިންޖީނުގެ އަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ.
ސްޓެލްކޯ އިން ބުނީ ހުޅުމާލޭގައި ހަދާ އާ އިންޖީނުގެ 90 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
ހުޅުމާލެ- މާލެ ކޭބަލް އަޅަން ޑޮންފެންއާ ހަވާލުކޮށްފި
ސީއެންއީއީސީއަށް ކޭބަލް އަޅަން ދޭންއުޅުނު ކަމެއް ނޭނގެ
ކޭބަލް ޕްރޮޖެކްޓް ކުރިޔަށް ގެންދަން އޭސީސީން ހުއްދަދީފި
މާލެ/ހުޅުމާލެއިން އެކި ގަޑިތަކުގައި ކަރަންޓު ކެނޑޭނެ
މާލެއިން މާދަމާ ހެނދުނު 6-7އަށް ކަރަންޓު ކަނޑަނީ
ސްޓެލްކޯގެ ޓްރާސްފޯމަރުތަކަކަށް ގެއްލުން ދީފި
ކަރަންޓު ކަނޑާލަން ކަމަށް ފަތުރަނީ ދޮގެއް: ސްޓެލްކޯ
ހިޔާ ޓަވަރުތަކުން ކަރަންޓު ކެނޑިއްޖެ
މިމަހުގެ 11: ކަރަންޓު ބޭނުންކުރުމުގެ ރެކޯޑް ދުވަހެއް
ހިޔާ އަށް ކަރަންޓު ދޭން ގިނަ ވަގުތުތަކެއް ނަގާނެ