18 ޖުލައި 2016
ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ކޯޗުކަމުން އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު އިސްތިއުފާ ދީފި އެވެ.
ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ކޯޗުކަމުން އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު އިސްތިއުފާ ދީފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ނަޒީހު ވަނީ އޭނާގެ އިސްތިއުފާ ކްލަބުގެ ބޯޑަށް ހުށަހަޅައިފަ އެވެ. އަދި އޭނާ ވަނީ އެކަން ކުޅުންތެރިންނަށް ވެސް އަންގައިފަ އެވެ. ނަޒީހު އިސްތިއުފާ ދިންއިރު، ވިކްޓަރީގެ ޗެއާމަންގެ މަގާމުން ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އައްސަދު ވެސް ވަނީ މިއަދު އިސްތިއުފާ ދެއްވައިފަ އެވެ.
ޔުނައިޓެޑް ވިކްޓަރީ އަށް މިދިޔަ އަހަރުގެ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިދިން ނަޒީހު އެ ޓީމުން ވަކިވެ ވިކްޓަރީއާ ހަވާލުވީ މި ސީޒަނުގަ އެވެ. އެކަމަކު އެ ޓީމާ އެކު އޭނާ އަށް މާއެދެވޭ ނަތީޖާއެއް ނުހޯދެ އެވެ.
ވިކްޓަރީ މި ވަގުތު އޮތީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ހަތް ވަނައިގަ އެވެ. ކުޅުނު އަށް މެޗުން އެ ޓީމަށް ލިބިފައިވަނީ އެންމެ ހަތަރު ޕޮއިންޓެވެ. މޮޅުވީ އެންމެ މެޗަކުންނެވެ. އެއީ ފުރަތަމަ ބުރުގައި ބީޖީ އަތުންނެވެ.
ވިކްޓަރީ އާއި ނިއު ރޭޑިއަންޓް އަދި ގައުމީ ޓީމަށް ކުޅުނު ހުނަރުވެރި މިޑްފީލްޑަރު ވަނީ މީގެ ކުރިން ވީބީ ސްޕޯޓްސް އަށް ވެސް ކޯޗުކޮށްދީފަ އެވެ.
ހަނި މޮޅެއް، އެކަމަކު މާޒިޔާ އަށް ބޮޑު ލީޑެއް
ކުޅުންތެރިންގެ ޕްރޮފެޝަނަލް ކަމެއް ނެތް: ނަޒީހު
ސަމުގާ އެބައޮތް، ދާން ޖެހޭ މިސްރާބު އެނގޭ: ނަޒީހު
ދެބެންގެ ކުރިމަތިލުން ދެ ކްލަބުގެ ކުރިިމަގާ ގުޅިފައި
ވިކްޓަރީ ފުރަތަމަ ޑިވިޝަނުގެ ޖާގަ ކަށަވަރުކޮށްފި
ބޮޑު ތިން ކްލަބަށް ދިމާވީ ކޮން މައްސަލައެއް؟
ނިއު އާއި ވެލެންސިއާ ސަލާމަތްވެ ވިކްޓަރީ ރެލިގޭޝަނަށް
ތިން ޓީމުގެ ރޭހެއް، ސަލާމަތްވާނީ ކޮން ދެ ޓީމެއް؟
ޔޫވީ އަތުން ވިކްޓަރީ އަށް މުހިއްމު ތިން ޕޮއިންޓް
ސެންޓޭގެ ހަތަރު ލަނޑާ އެކު ޓީސީ ދެ ވަނަ އަށް