އަންނަ މޭ މަހު އެވިޑް ކޮލެޖުން ފަށާ ކޯސްތަކަށް ކުރިމަތިލާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ އެކަކަށް އުމްރާ ދަތުރެއް ދިނުމަށް އެކޮލެޖުން ނިންމައިފި އެވެ.
12 މާޗް 2018
އަންނަ މޭ މަހު އެވިޑް ކޮލެޖުން ފަށާ ކޯސްތަކަށް ކުރިމަތިލާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ އެކަކަށް އުމްރާ ދަތުރެއް ދިނުމަށް އެކޮލެޖުން ނިންމައިފި އެވެ.
އެވިޑް ކޮލެޖްގެ ވައިސް ރެކްޓާ ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ މޭ މަހު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އޭޕްރީމް މަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އަލަށް ފަށާ މާސްޓާސް އިން ހިއުމަން ރިސޯސް މެނޭޖްމަންޓް ކޯހާ އެކު 45 ކޯހަކަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.
އަބްދުﷲ ވިދާޅުވީ ޕޯސްޓް ގުރެޖްއޭޓާއި މާސްޓާސް ކޯސްތަކަށް ކުރިމަތިލާ މީހުންނަށް 10 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. ޑިގްރީން ފެށިގެން ދަށުގެ ކޯސްތަކަށް 15 ޕަސެންޓް ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފަ އެވެ.
އޭނާ ވިދާޅުވީ މެލޭޝިއާގެ ސައިބާޖާޔާ ޔުނިވާސިޓީއާ ގުޅިގެން ބެޗްލާސް އިން ސައިކޮލޮޖީ ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
އެވިޑް ކޮލެޖު މީގެ 13 އަހަރު ކުރިން ހިންގަމުން އައީ ޓިއުޝަން ސެންޓަރެއްގެ ގޮތުގަ އެވެ. ނަމަވެސް އެތަން ކޮލެޖަކަށް ބަދަލުކޮށްފައިވަނީ 2013 ވަނަ އަހަރެވެ.
އެވިޑަށް 14 އަހަރު، ކޮލެޖު ރީ-ބްރޭންޑްކޮށްފި
އެވިޑް ކޮލެޖުގެ ސްކޮލާޝިޕް 22 ދަރިވަރަކަށް ދީފި
ތިނަދޫގައި އެވިޑް ކޮލެޖުގެ ކެމްޕަހެއް ހުޅުވައިފި
އެވިޑްގެ ރިސާޗް ސެންޓަރުގެ މުވައްޒަފުންނަށް ތަމްރީނުދީފި
ވަގު ސެޓްފިކެޓްތަކުގެ ތަހުގީގު ލަސްވާތީ ކަންބޮޑުވުން!
ސެޓްފިކެޓް ފޯޖުކުރާ މައްސަލައިގެ ތަހުގީގެއް ފަށައިފި
ސްޓޫޑެންޓް ލޯނުގެ ވަގުތީ ލިސްޓަށް 195 ޝަކުވާ
ވިލާ އިންޓަނޭޝަނަލަށް 200 ވުރެ ގިނަ އެޕްލިކޭޝަން
ޓައިމްސް ހަޔާ އެޑިއުކޭޝަންއިން ވިލާ ކޮލެޖު ރޭންކްކޮށްފި
މުއްތަލިބު ހިއްސާކުރެއްވީ އޭނާގެ ދަތުރުގެ އުނދަގޫތައް