ގދ. ތިނަދޫގައި އެވިޑް ކޮލެޖުގެ ކެމްޕަހެއް ހުޅުވައިފި އެވެ.
21 ސެޕްޓެމްބަރ 2017
ގދ. ތިނަދޫގައި އެވިޑް ކޮލެޖުގެ ކެމްޕަހެއް ހުޅުވައިފި އެވެ.
އެ ކޮލެޖުގެ ޑިވެލޮޕިން އެންޑް މާކެޓިން ޑައިރެކްޓަރު އިބްރާހިމް ނަސީމް ވިދާޅުވީ މިދިޔަ އަންގާރަ ދުވަހު ހުޅުވި އެ ކެމްޕަހުގައި ތައުލީމާ ގުޅޭ މާސްޓާސް ފެންވަރުގެ ތިން ޕްރޮގްރާމެއް ފަށާފައިވާ ކަމަށެވެ.
މި ކެމްޕަސް ގާއިމްކޮށްފައިވަނީ ތިނަދޫގައި ކުރީގެ އުލޫމިއްޔާ ޕްރީސްކޫލް ހިންގި އިމާރާތުގަ އެވެ.
ނަސީމް ވިދާޅުވީ މިހާރު ފަށާފައިވާ މާސްޓާސްގެ ކޯސްތަކަށް ވެސް ދަރިވަރުންގެ ތަރުހީބު ލިބެމުންދާ ކަމަށާއި އަންނަ އަހަރުގެ ތެރޭގައި އިތުރު ކޯސްތައް ފަށާނެ ކަމަށެވެ.
އެވިޑް ކޮލެޖުގެ ތިނަދޫ ކެމްޕަސް ހުޅުވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: އެވިޑް ކޮލެޖު
އަންނަ އަހަރުގެ ޖެނުއަރީ އިންޓޭކަށް ވެސް ގިނަ ކޯސްތަކަކަށް ހުޅުވާލާނެ ކަމަށާއި އެއާއެކު މަތީ ތައުލީމުގެ ފުރުސަތުތައް ތިނަދު އާއި އެ އަތޮޅަށް ފުޅާވެގެންދާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.
އެވިޑް ކޮލެޖުން މިހާރު ނިންމާފައިވަނީ ޖެނުއަރީ އިންޓޭކަށް 20 ޕްރޮގްރާމަށް ހުޅުވާލުމަށެވެ.
"ތަފާތު ދާއިރާތަކުން 20 ޕްރޮގްރާމަށް ހުޅުވާލަން ނިންމާފައިވަނީ. އެއާއެކު މުޅި އަތޮޅަށް ވެސް މަތީ ތައުލީމުގެ ފުރުސަތުތައް ފަހިވެގެންދާނެ. ރަށުގައި ހުރެގެން މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ އަޅުގަނޑުމެންގެ އުއްމީދު،" ނަސީމް ވިދާޅުވި އެވެ.
އެވިޑް ކޮލެޖުގެ ސްކޮލާޝިޕް 22 ދަރިވަރަކަށް ދީފި
އެވިޑަށް 14 އަހަރު، ކޮލެޖު ރީ-ބްރޭންޑްކޮށްފި
އެވިޑް ކޯސްތަކަށް ކުރިމަތިލުމުން އުމުރާ ދަތުރެއް
ތިނަދޫގައި އެވިޑް ކޮލެޖުގެ ކެމްޕަހެއް ހުޅުވަނީ
އެވިޑްގެ ރިސާޗް ސެންޓަރުގެ މުވައްޒަފުންނަށް ތަމްރީނުދީފި
ސެޓްފިކެޓް ފޯޖުކުރާ މައްސަލައިގެ ތަހުގީގެއް ފަށައިފި
ސްޓޫޑެންޓް ލޯނުގެ ވަގުތީ ލިސްޓަށް 195 ޝަކުވާ
ވިލާ އިންޓަނޭޝަނަލަށް 200 ވުރެ ގިނަ އެޕްލިކޭޝަން
ޓައިމްސް ހަޔާ އެޑިއުކޭޝަންއިން ވިލާ ކޮލެޖު ރޭންކްކޮށްފި
މުއްތަލިބު ހިއްސާކުރެއްވީ އޭނާގެ ދަތުރުގެ އުނދަގޫތައް