01 މާޗް 2018
މަޝްހޫރު ސްޓްރީމިން ސާވިސް ނެޓްފްލިކްސްގެ ކޮންޓެންޓް މި އަހަރު ވަރަށް މުއްސަނދި ވާނެ ކަމަށާއި މި އަހަރުގެ ތެރޭގައި މުޅިން އަލަށް 700 އުފެއްދުމެއް ފެނިގެން ދާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މަޝްހޫރު ސްޓްރީމިން ސާވިސް ނެޓްފްލިކްސްގެ ކޮންޓެންޓް މި އަހަރު ވަރަށް މުއްސަނދި ވާނެ ކަމަށާއި މި އަހަރުގެ ތެރޭގައި މުޅިން އަލަށް 700 އުފެއްދުމެއް ފެނިގެން ދާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ކެލިފޯނިއާގައި މިހާރު ކުރިއަށްދާ މޯގަން ސްޓޭންލީ ޓެކްނޮލޮޖީ، މީޑިއާ އެންޑް ޓެލެކޮމް ކޮންފަރެންސްގައި ނެޓްފިލްސްގެ ޗީފް ފައިނޭޝަން އޮފިސަރު (ސީއެފްއޯ) ޑޭވިޑް ވެލްސް ވިދާޅުވި ގޮތުގައި މި އަހަރު އަލަށް ގެނެސްދޭ 700 އުފެއްދުމުގެ ތެރޭގައި ފިލްމާއި ގިނަ އަދަދެއްގެ ޓީވީ ޝޯތައް ހިމެނެ އެވެ. މި އުފެއްދުންތަކުގެ ތެރޭގައި އެމެރިކާ އިން ބޭރުގެ ޕްރޮޑަކްޝަން ހައުސްތަކުގެ އުފެއްދުންތައް ވެސް ހިމެނެ އެވެ.
އޭގެ ތެރޭގައި ޖަރުމަންގެ ސައިކޮލޮޖިކަލް ތުރިލާ "ޑާކް" އޭނާ ފާހަގަކުރި އެވެ. އެމެރިކާ އިން ބޭރުގެ 80 އުފެއްދުމެއް މި އަހަރު ނެޓްފިލްސް އިން ލިބިގެން ދާނެ އެވެ.
ޑޭވިޑް ވިދާޅުވީ މުޅިން 700 އުފެއްދުން ގެނެސް ދެވުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މިކަމަށް މި އަހަރު އެ ކުންފުނިން 8 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރެ އެވެ.
"މީގައި ކޮންމެހެން މުހިއްމީ ކޮންޓެންޓް އިތުރު ކުރުމެއް ނޫން. އަހަރެމެން ބޭނުން ވަނީ ކޮންޓެންޓް ރަނގަޅު، ފެންވަރު ރަނގަޅު އުފެއްދުންތަކެއް ގެނެސް ދޭން،" އޭނާ ވިދާޅުވި އެވެ.
ޑޭވިޑް ބުނީ މިހާރު އެއް އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އުފެއްދުންތައް، ނެޓްފްލިކްސްގެ ތެރެއަށް ގެނައުން ކަމަށެވެ.
"އެހެންވީމާ މީގައި ވަކި ގައުމެއްގެ އުފެއްދުމެއް ވެސް މުހިއްމެއް ނޫން،" އޭނާ ބުންޏެވެ. "މުހިއްމީ ކިޔައިދޭ ވާހަކައިގެ މޮޅުކަމާއި އެ ހުށަހަޅައި ދޭ ގޮތް. އެއީ އެންމެ އިސްކަންދޭ އެއްޗަކީ."
ނެޓްފްލިކްސްގެ ހިދުމަތް މިހާރު 700 މިލިއަނަށް ވުރެ ގިނަ މީހުން ހޯދަމުން އަންނަ އިރު، މިދިޔަ އަހަރު ނިންމައިލީ 117.6 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކުގަ އެވެ. އަދި މި އަހަރު ނެޓްފްލިކްސްގެ އުފެއްދުންތައް މާކެޓް ކުރުމަށް 2 ބިލިއަން ޑޮލަރު ހަރަދު ކުރަން ވަނީ ނިންމައިފަ އެވެ. މިދިޔަ އަހަރު އެ ކަމަށް ހަރަދު ކުރީ 1.3 ބިލިއަން ޑޮލަރެވެ.
ނަވާރަސަތޭކަ ނުވަދިހަ ހަތެއްގައި ވުޖޫދަށް އައި ނެޓްފްލިކްސްއަކީ މިހާރު އެންމެ ފުޅާކޮށް ސްޓްރީމިން ސާވިސްދޭ ކުންފުންޏެވެ.
"ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގެ އަޕްޑޭޓެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އޮބާމާ އާއި މިޝޭލްގެ 7 އުފެއްދުމެއް ނެޓްފްލިކްސް އަށް
އިޝާންގެ ފުރަތަަމަ ހޮލީވުޑް ސީރީޒް ނެޓްފްލިކްސްއަށް
"ޕީކީ ބްލައިންޑާސް"ގެ ފިލްމުގެ ކާސްޓަށް ބެރީ
ބޮލީވުޑްގެ ވަރުގަދަ ކާސްޓަކާ އެކު "ދަ ރޯޔަލްސް"
"ބްރިޖަޓަން"ގެ ތިންވަނަ ސީޒަނަށް ތަރުހީބު ބޮޑު
"ހައުސް އޮފް ދަ ޑްރެގަން"ގެ ތިންވަނަ ސީޒަނެއް
ސޯފިއާ މުޅިން ތަފާތު ރޯލަކުން