27 ފެބުރުއަރީ 2018
ފ. ނިލަންދޫ އެއާޕޯޓުގެ މަޝްރޫއަކީ ސައޫދީ އަރަބިއްޔާގެ ސަރުކާރުން ހިންގަން އުޅުނު މަޝްރޫއެއް ކަމަށާއި އެ މަޝްރޫއު ހުއްޓުވީ އިދިކޮޅު ފަރާތްތަކުން ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.
ފ. ނިލަންދޫ އެއާޕޯޓުގެ މަޝްރޫއަކީ ސައޫދީ އަރަބިއްޔާގެ ސަރުކާރުން ހިންގަން އުޅުނު މަޝްރޫއެއް ކަމަށާއި އެ މަޝްރޫއު ހުއްޓުވީ އިދިކޮޅު ފަރާތްތަކުން ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.
ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ނިލަންދޫ އެއާޕޯޓްގެ މަސައްކަތަކީ ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ހަދަން އޮތް އެއާޕޯޓެއް ނޫން ކަމަށެވެ. އެއީ ފ. އަތޮޅުގައި ސައޫދީން ހިންގަން އުޅުނު ވަރުގަދަ ޕްރޮޖެކްޓްގެ ތެރެއިން އަންނަން އޮތް އެއާޕޯޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހީމް އެހެން ވިދާޅުވިޔަސް، މިދިޔަ އަހަރުގެ ބަޖެޓުގައި ނިލަންދޫގެ ބިން ހިއްކުމާއި އެއާޕޯޓު ހެދުމަށް 171 މިލިއަން ރުފިޔާ އޮތީ ހިމަނައިފަ އެވެ. އެކަމަކު، މިހާތަނަށް މަސައްކަތް ނުފަށާ އިރު، މި އަހަރުގެ ރިޔާސީ ބަޔާނުގައި ނިލަންދޫ އެއާޕޯޓާ ގުޅޭ އެއްވެސް ވާހަކަފުޅެއް ރައީސް އަބްދުﷲ ޔާމީން ފާހަގަނުކުރެއްވުމުން ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ހިތްހަމަނުޖެހިވަޑައިގަތެވެ. އެކަމަކު، ފަހުން، ސަރުކާރުގެ ފަރާތުން ޚަލީލަށް "އުންމީދީ" ވާހަކަތަކެއް ލިބުނު ކަން ވަނީ އެނގިފަ އެވެ.
އަބްދުއްރަހީމް ވިދާޅުވީ ނިލަންދޫގައި އެއާޕޯޓް އެޅުމުގެ މަޝްރޫއު ނުފެށުމުގެ ހުރިހާ ޒިންމާއެއް ނަގަން ޖެހޭނީ އިދިކޮޅު ފަރާތްތައް ކަމަށެވެ. މި މަޝްރޫއު ފެށު ނަމަ، ރާއްޖޭގެ އިގްތިސާދަށް ހެޔޮ އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އެކަމަކު، ޚަލީލް ހިތްހަމަޖެހިވަޑައިނުގެން ސަބަބާ ގުޅޭ ގޮތުން އަބްދުއްރަހީމް އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ.
އަބްދުއްރަހީމް ވިދާޅުވީ ސަރުކާރާ ވާހަކަ ދައްކައިގެން ރާއްޖޭގައި މި ވަގުތަށް އެއާޕޯޓުގެ މުހިންމުކަން ހުރި ދިމަދިމާލުގައި އެއާޕޯޓުތައް އެޅޭނެ ކޮންމެވެސް ގޮތެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ރިޔާސީ ބަޔާނުގައި ވަކި ރަށެއްގެ ނަން ފާހަގަކޮށްފައި ނެތުމަކީ ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫއުތައް ނުހިނގާނެ ކަމުގެ ސިގްނަލެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރިޔާސީ ބަޔާނުގައި ހުންނާނީ ބަޖެޓުގެ ތެރެއިން ކުރަން ރާވާފައި ހުންނަ ކަންކަން... ބޭރުގެ ފަރާތްތަކުގެ އެހީގައި ކުރަން ޖެހޭ ކަންކަން ކުރަމުން ދާނެ. އެއީ އެއްވެސް ހާލެއްގައި ކަންބޮޑުވާން ޖެހޭ ކަމެއް ނޫން،" ނިލަންދޫގައި އެއާޕޯޓެއް އެޅުމާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވި އެވެ.
"ނިލަންދޫ އެއާޕޯޓު ވިޔަސް، ފެލިވަރު އެއާޕޯޓު ވިޔަސް، އެ ނޫން އެއާޕޯޓެއް ވިޔަސް، އެއާޕޯޓުތައް ހެދުމުގެ މަސައްކަތް އަޅުގަނޑުމެން ޕާޓީން ސަރުކާރާ ވާހަކަ ދައްކައިގެން އެ ކަންކަން ފަހި ކުރެވޭނެ މަގު މި ދަނީ މަސައްކަތް ކުރަމުން،"
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޕީޕީއެމް ވެރިކަމަށް އައީ ދިވެހި ރައްޔިތުންގެ ލާބަ އާއި މަންފާ އަށް މަސައްކަތްކޮށް ދިނުމަށެވެ. އަދި ރައްޔިތުންނަށް ކުރިއެރުންތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަނީ ބާރު ސްޕީޑެއްގައި ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައި ވަނީ، ރާއްޖޭގެ އެތެރޭގެ ވައިގެދަތުރުފަތުރުގެ ޚިދުމަތް މިހާރަށް ވުރެން ފުޅާކުރުމަށް މި އަހަރު، ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދު އާއި ނ. މާފަރާއި ގދ. މާވަރުލުގައި އެއާޕޯޓް ގާއިމްކޮށް ނިމެނޭ ކަމަށެވެ. އަދި ހއ. ހޯރަފުށި ކައިރީގައި އެއާޕޯޓެެއް އެޅުމުގެ މަސައްކަތް ވެސް މި އަހަރު ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މެލޭޝިއާއިން އެނގުނީ ތަރައްގީ ބޭނުންވާކަން: ޚަލީލް
ގެނެސްދީފައިވާ ނުފެންނަ ތަރައްގީ މާ އިތުރު: ޕީޕީއެމް
ސަރުކާރުން އަދަދުތައް ކިޔަނީ އޮޅުވާލައިގެން: ޝިޔާމް
"ގައުމަށްދޭ އަނިޔާއިން ޔާމީން ހިތްޕުޅަށްވާ ތަދު ބޮޑު"
ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބާއްވަންޖެހޭ:އިދިކޮޅު
ޔާމީން، އަދުރޭ ސިފަކުރެއްވިހާ އަނަރޫފަތަ؟
ޗައިނާއާ ބެހޭ ނަމަ ދިވެހިންނަށް ހިތިވާނެ: ޝިޔާމް
ބަޖެޓު ނެތް ކަމަށް ޔާމީން ވިދާޅުވީ ލަވައަކުން
ސަރުކާރު އައީ ހަސަދަ ފިލުވައި، ބަދަލުހިފަން: ޕީޕީއެމް
ހިދުމަތުގައި ވެވުނު މިންވަރަކުން ދެމިހުންނާނަން: ރައީސް