ދިވެހި ދައުލަތުގެ ތިން ބާރަކީ ތަންފީޒީ ބާރާއި ގާނޫނު ހެދުމުގެ ބާރާއި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރެވެ. އެއީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ކޯޓުތަކެވެ. މި ތިން ބާރުގެ އެންމެ އިސް ވެރިންނަކީ ގައުމުގެ އެންމެ އިސް ވެރިންނެވެ. އޭގެ ތެރެއިން ސަރުކާރުގެ އެންމެ މަތީ ވެރިންނަކީ ރައީސާއި ނާއިބު ރައީސެވެ. ރައްޔިތުންގެ މަޖިލީހުގެ ވެރިއަކީ އެ މަޖިލީހުގެ ރައީސެވެ. ޝަރުއީ ކޯޓުތަކުގެ ވެރިއަކީ އުއްތަމަ ފަނޑިޔާރެވެ.
17 ޖުލައި 2016
ދިވެހި ދައުލަތުގެ ތިން ބާރަކީ ތަންފީޒީ ބާރާއި ގާނޫނު ހެދުމުގެ ބާރާއި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރެވެ. އެއީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ކޯޓުތަކެވެ. މި ތިން ބާރުގެ އެންމެ އިސް ވެރިންނަކީ ގައުމުގެ އެންމެ އިސް ވެރިންނެވެ. އޭގެ ތެރެއިން ސަރުކާރުގެ އެންމެ މަތީ ވެރިންނަކީ ރައީސާއި ނާއިބު ރައީސެވެ. ރައްޔިތުންގެ މަޖިލީހުގެ ވެރިއަކީ އެ މަޖިލީހުގެ ރައީސެވެ. ޝަރުއީ ކޯޓުތަކުގެ ވެރިއަކީ އުއްތަމަ ފަނޑިޔާރެވެ.
މި ތިން ބާރުގެ ވެރިންގެ ގޮތުގައި މިހާރު ތިއްބެވި ބޭފުޅުންނަށް ބަލާއިރު، ވަރަށް ބޮޑު އިއްތިފާގެއް އެބަ އޮތެވެ. އެއީ މުޅިން ވެސް އަބްދުﷲ ކިޔާ ބޭފުޅުންނެވެ. ގައުމުގެ ރައީސަކީ އަބްދުﷲ ޔާމީނެވެ. ނައިބު ރައީސަކީ އަބްދުﷲ ޖިހާދެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ އަބްދުﷲ މަސީހް މުހައްމަދެވެ. އުއްތަމަ ފަނޑިޔާރަކީ އަބްދުﷲ ސައީދެވެ. މިއީ ދައުލަތުގެ ނިޝާން ޖެހި ކާރުކޮޅުގައި ދަތުރު ކުރައްވާ ހަތަރު އަބްދުﷲ އެވެ.
މިއީ ރާއްޖޭގެ ތާރީހުގައި ވެސް، ދައުލަތުގެ ތިން ބާރުގެ އެންމެ އިސް ވެރިންގެ ނަންފުޅުތައް މިހާ ބޮޑަށް އިއްތިފާގުވި ފުރަތަމަ ފަހަރު ކަމަށް ވެދާނެ އެވެ. މީގެ ކުރިން 2012 ގައި ވެސް ކޮންމެވެސް ވަރަކަށް އިއްތިފާގުވި އެވެ. ފެބްރުއަކީ 2، 2012 ގައި މުހައްމަދު ވަހީދު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ނައިބު ރައީސްގެ މަގާމަށް އައްޔަންކުރެއްވީ މުހައްމަދު ވަހީދުއް ދީން އެވެ.
އޭރު މަޖިލީހުގެ ރައީސަކަށް ހުންނެވީ އަބްދުﷲ ޝާހިދެވެ. އަދި އުއްތަމަ ފަނޑިޔާރަކަށް ހުންނެވީ އަހްމަދު ފާއިޒް ހުސައިން އެވެ. އެހެންކަމުން މި ބޭފުޅުންގެ ނަންފުޅުތަކުގައި އެއްވެސް އެއްގޮތްކަމެއް ނެތެވެ.
މިހާރު ދައުލަތުގެ ތިން ބާރުގެ ވެރިންގެ ގޮތުގައި ތިއްބެވި ހަތަރު ބޭފުޅުންގެ ތެރެއިން ތިން ބޭފުޅުން ނިސްބަތްވަނީ އެންމެ ދެކުނުގެ ތިން އަތޮޅަށެވެ. ނައިބު ރައީސް އަބްދުﷲ ޖިހާދަކީ ގދ. ތިނަދު އަށް އުފަން ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަކީ ފުވައްމުލަކު ބޭފުޅެކެވެ. އަދި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަކީ އައްޑޫ މީދު އަށް އުފަން ބޭފުޅެކެވެ.
މެއި 21، 1959 ގައި ވެރިރަށް މާލެ އަށް އުފަންވެވަޑައިގެންނެވި، ރައީސް ޔާމީން ސަރުކާރުގެ ޚިދުމަތް ފެއްޓެވީ، ޖުލައި 27، 1978 ގައި އޭރުގެ ލޭންޑް ރަޖިސްޓްރޭޝަން ޑިވިޝަންގެ މައްސާޙުގެ މަގާމުންނެވެ. އެކި މަގާމުތައް ފުރުއްވުމަށް ފަހު ރައީސް މައުމޫންގެ ކެބިނެޓްގައި ޓްރޭޑް މިނިސްޓަރުކަމާއި މިނިސްޓަ އޮފް ހަޔަ އެޑިޔުކޭޝަން، އެމްޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިޔުރިޓީ ކަމުގެ މަގާމާއި، މިނިސްޓަ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މަގާމު ފުރުއްވި އެވެ.
ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް. --ފޮޓޯ ރައީސް އޮފީސް
ސިޔާސީ ދާއިރާ އަށް އެމަނިކުފާނު ވަދެވަޑައިގަތީ 1993 ގަ އެވެ. އެ އަހަރުން ފެށިގެން 20 އަހަރަށް ވުރެ ދިގު މުއްދަތެއްގައި މަޖިލީހުގެ މެންބަރުކަން ކުރެއްވި އެވެ. އޭގެ އިތުރުން އެސްޓީއޯގެ ޗެއާމަންގެ މަގާމުގައި 13 އަހަރު ޚިދުމަތް ކުރެއްވި އެވެ. އަދި 1993-2005 އަށް ސްޓޭޓް އިލެކްޓްރިސިޓީ ކޮމްޕެނީ ލިމިޓެޑުގެ ޗެއާމަންކަން ކުރެއްވިއެވެ. އައިލެންޑް އޭވިއޭޝަންގެ ޗެއާމަންކަން ވެސް ކުރެއްވި އެވެ.
ޑީއާރުޕީ އުފެއްދެވުމުގައި މުހިންމު ދައުރެއް އަދާކުރެއްވުމަށް ފަހު، "ޕީޕަލްސް އެލަޔަންސް" (ޕީ.އޭ)ގެ ނަމުގައި އަމިއްލަފުޅު ސިޔާސީ ޕާޓީއެއް އުފެއްދެވި އެވެ. އޭގެ ފަހުން ރައީސް މައުމޫނު އިސްވެ އުފެއްދެވި "ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް" (ޕީ.ޕީ.އެމް) އުފެއްދެވުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވި އެވެ.
މާލޭގެ މަޖީދިއްޔާ ސްކޫލުން، ފަށާ ތައުލީމާއި މެދު މަދުރަސީ އަދި ސާނަވީ ތައުލީމު ފުރިހަމަ ކުރެއްވުމަށް ފަހު ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކުރެއްވީ ލުބުނާނުގައި ހުންނަ އެމެރިކަން ޔުނިވަސިޓީ އޮފް ބެއިރޫތުންނެވެ. އަދި އެމެރިކާގެ ކެލިފޯނިއާގެ ކްލެއާމޮންޓް ގްރެޖުއޭޓް ސްކޫލުން ޕަބްލިކް ޕޮލިސީގެ ދާއިރާ އިން މާސްޓާޒް ޑިގްރީ އަށް ކިޔަވާވިދާޅުވި އެވެ.
ދެކުނުގެ ބަޣާވާތުގެ ތެރޭގައި ޖެނުއަރީ 3، 1963 ގައި އުފަންވެވަޑައިގެންނެވި އަބްދުﷲ ޖިހާދު، އިކޮނޮމިކްސް/މެނޭޖްމަންޓްގެ ދާއިރާ އިން ފުރަތަމަ ޑިގްރީ ހާސިލުކުރެއްވީ ފިޖީގެ ޔުނިވަސިޓީ އޮފް ސައުތު ޕެސިފިކުންނެވެ. އެއަށް ފަހު، ނިއު ޒިލަންޑްގެ ޔުނިވަސިޓީ އޮފް ވައިކަޓޯ އިން މާސްޓަ އޮފް މެނޭޖްމަންޓް ސްޓަޑީޒް އިން އިކޮނޮމިކްސް ފުރިހަމަކުރެއްވި އެވެ.
ރައީސް ޔާމީންގެ ވެރިކަމުގެ ތިން ވަނަ ނައިބު ރައީސް އަބްދުﷲ ޖިހާދު މަގާމުގެ ހުވާ ކުރައްވަނީ. --ފޮޓޯ ރައީސް އޮފީސް
ޖިހާދު ސަރުކާރުގެ ޚިދުމަތް ފެއްޓެވީ 1980 ގައި އޮޑިޓް އޮފީހުގެ ޓެމްޕޮރަރީ އޮޑިޓް ސްޓާފެއްގެ ގޮތުގަ އެވެ. އެއަށް ފަހު ސަރުކާރުގެ ތަފާތު މަގާމްތައް ފުރުއްވި އެވެ. ރައީސް މައުމޫންގެ ސަރުކާރުގަ އާއި ރައީސް ވަހީދު އަދި ރައީސް ޔާމީންގެ ސަރުކާރުގެ ވެސް ފިނޭންސް މިނިސްޓަރަކަށް ހުންނެވި އެވެ. އޭގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުކަމާއި ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަން ވެސް ކުރެއްވި އެވެ.
ރައީސް ޔާމީންގެ ވެރިކަމުގެ ތިން ވަނަ ނައިބު ރައީސްގެ މަގާމަށް ޖިހާދު އައްޔަން ކުރެއްވީ ޖޫން 22، 2016 ގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސަކީ ފުވައްމުލަކަށް އުފަން، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީހް މުހައްމަދެވެ. މަޖިލީހުގެ ރައީސްކަމަށް އިންތިހާބުކުރީ މެއި 28، 2014 ގަ އެވެ. މަސީހް ރައްޔިތުންގެ މަޖިލީހާ ގުޅިވަޑައިގަތީ 2000 ވަނަ އަހަރު އެވެ. މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މެދުނުކެނޑި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިއީ 16 ވަނަ އަހަރެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު، މަޖިލީހުގެ ޖަލްސާއެއްގެ ރިއާސަތު ބަލަހައްޓަވަނީ، ފޮޓޯ މަޖިލިސް
ސިޔާސީ ދާއިރާ އިން އިނގިރޭސި ވިލާތުގެ ޕްލީމައުތު ޔުނިވަސިޓީން ފުރަތަމަ ޑިގްރީ ހާސިލްކުރައްވައި، އޮސްޓްރޭލިޔާގެ މޮނާޝް ޔުނިވާސިޓީން އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާ އިން މާސްޓާޒް ހާސިލުކުރައްވާފައިވާ މަސީހް ސަރުކާރުގެ ޚިދުމަތާ ގުޅިވަޑައިގަތީ 1982 ގައި ފޮރިން މިނިސްޓްރީންނެވެ. އެއަށް ފަހު 2001 ވަނަ އަހަރުން ފެށިގެން ރައީސް އޮފީހުގައި ވެސް ޚިދުމަތް ކުރެއްވި އެވެ. ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި 2004 އިން 2008 އަށް ހިދުމަތް ކުރެއްވި އެވެ. މަޖިލީހުގެ މަސައްކަތަށް ހުސްވެވަޑައިގަތުމަށްޓަކައި ސަރުކާރުން ވަކިވެވަޑައިގަތީ 2008 ވަނަ އަހަރުގެ ތެރޭގަ އެވެ.
އުއްތަމަ ފަނޑިޔާރު އަބްދު ﷲ ސައީދު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ސެޕްޓެމްބަރު 25، 1964 ގައި ސ. މީދޫގަ އެވެ. ރާއްޖެ އާއި ބޭރުގައި ތައުލީމް ހާސިލްކުރެއްވުމަށް ފަހު، މިސްރުގެ އަލްއަޒްހަރު ޔުނިވަސިޓީން 1994 ގައި ގާނޫނީ ރޮނގުންނާއި ޝަރީއާގެ ރޮނގުން އެލްއެލްބީ (ކޮމްބައިންޑް އޮނާސް) ޑިގްރީ ހާސިލް ކުރެއްވި އެވެ. އަދި 1999 އަހަރު އިންޓަނޭޝަނަލް މެރިޓައިމް ލޯ އިންސްޓިޓިއުޓް / މޯލްޓާގައި ގާނޫނުގެ ރޮނގުން މާސްޓާޒް (އެލްއެލްއެމް) ހާސިލްކުރެއްވި އެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް އަބްދުﷲ ސައީދު (ވ) އައްޔަން ކުރެއްވުމަށް ފަހު، ރައީސް ޔާމީން އެމަނިކުފާނާ ބައްދަލު ކުރައްވަނީ. --ފޮޓޯ ރައީސް އޮފީސް
އަބްދުﷲ ސަޢީދު ސަރުކާރުގެ ޚިދުމަތް ފެއްޓެވީ ޖޫން 27، 1995 ގައި އެޓާނީ ޖެނެރަލް އޮފީހުގެ ސްޓޭޓް އެޓާނީގެ މަގާމުންނެވެ. އެއަށް ފަހު މޯލްޑިވްސް ކޮލެޖް އޮފް އެޑިޔުކޭޝަންގެ ފެކަލްޓި އޮފް ޝަރީއާ އެންޑް ލޯގެ ފުރަތަމަ ޑީން ކަމަށް ސަރުކާރުން އައްޔަން ކުރި އެވެ.
އޭގެ ފަހުން ސެޕްޓެމްބަރު 18، 2008 ގައި ރާއްޖޭގެ އިންތިގާލީ ސުޕްރީމް ކޯޓު އުފައްދައި އުއްތަމަ ފަނޑިޔާރުގެ މަގާމު އެމަނިކުފާނަށް ލިބިވަޑައިގަތެވެ. އެ މަގާމުގައި އޮގަސްޓް 10، 2010އާ ހަމައަށް ހުންނެވުމަށް ފަހު، ކޯޓުތަކުގެ ގާނޫނާ އެއްގޮތަށް ދާއިމީ ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރި އިރު، އެ ކޯޓުގެ އެއް ފަނޑިޔާރަކީ އެމަނިކުފާނެވެ. ޑިސެމްބަރު 11، 2014 ގައި ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހާ އެކު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކޮށް އަލުން އެ ކޯޓަށް ފަސް ފަނޑިޔާރުން އައްޔަން ކުރެއްވި އިރު، އަނެއްކާވެސް އުއްތަމަ ފަނޑިޔާރުގެ މަގާމު ލިބިވަޑައިގަތެވެ.
މަސީހެވެ، ހަގީގަތުގައި ވެސް އިތުބާރެއް ނެތެއް ނޫންތޯ!
"ސަރުކާރުން ދަނީ ލީޑަރުންނަށް ޖެއްސުން ކުރަމުން"
ޔާމީން ފުނޑާލެއްވި ނިޒާމް ހަމަ އެގޮތަށް؟!
ލަދެއް ނެތް، އަގެއް ނެތް މަޖިލިސް މާޒީއަށް
މަޖިލީހާއި ޖުޑިޝަރީއަށް ވުރެ ބާރުގަދައީ ރައީސް: އަދުރޭ
ތުހުމަތާއި ތަހުގީގާއި ދައުވާ، އުޑާއި ބިމާހާ ތަފާތު!
ރައީސާ ދެކޮޅު ކޮންމެ ނިންމުމަކީ "ބަޣާވާތެއް"؟
މަޖިލިސް ހުއްޓުވާފައި އޮތީ ސަރުކާރު ދިފާއުކުރަން:އިންތި
މުލައްދަނޑީގެ ބާރު ނޫން ބާރެއް ސަރުކާރުގެ ނެތް!
މި ގޮތް ވެސް މަސީހަށް ހަމަ "އޯކޭ"!