އައްޑޫގައި އިއްޔެ ހަވީރު އިދިކޮޅު ޕާޓީތަކުން ބޭއްވި މުޒާހަރާގެ ތެރެއިން ފަސްޓްލޭޑީ ފާތުމަތު އިބްރާހީމްދީދީގެ މޮޓޯކޭޑަށް ހުރަސް އެޅި ކަމަށް ބުނެ ހައްޔަރު ކުރި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އެ މީހުން ދޫކޮށްލައިފި އެވެ.
24 ފެބުރުއަރީ 2018
އައްޑޫގައި އިއްޔެ ހަވީރު އިދިކޮޅު ޕާޓީތަކުން ބޭއްވި މުޒާހަރާގެ ތެރެއިން ފަސްޓްލޭޑީ ފާތުމަތު އިބްރާހީމްދީދީގެ މޮޓޯކޭޑަށް ހުރަސް އެޅި ކަމަށް ބުނެ ހައްޔަރު ކުރި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އެ މީހުން ދޫކޮށްލައިފި އެވެ.
މިއަދު މެންދުރު ފަހު ކޯޓަށް ހާޒިރު ކުރުމުން ދޫކޮށްލީ މަރަދޫ ފިތުރޯނުގޭ މުހައްމަދު ވަޖުދީ އާއި އެ އަވަށު ދޭލިގޭ އާސިމް ވަޖުދީ އެވެ. އެނގިފައިވާ ގޮތުގައި އެ ދެ މީހުން މޮޓޯކޭޑަށް ހުރަސް އެޅި ކަމަށް ބުނެ ހައްޔަރު ކުރީ ހިތަދޫގައި ތިބެފައި، މަރަދު އަށް ދިޔަ މަގުމަތީގައި މޮޓޯކޭޑާ ދިމާވެ ހިނގި ކަންތައްތަކުގެ ތެރޭގަ އެވެ.
ސްޕްރީމް ކޯޓްގެ ފަނޑިޔާރުން ދޫކޮށްލައި، މި މަހު 1 ގައި އެ ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް އިއްޔެ އިދިކޮޅު ޕާޓީތަކުން ހިތަދޫގައި ބާއްވަން އުޅުނު އެއްވުމަށް ފުލުހުން ވަނީ ހުރަސް އަޅައިފަ އެވެ. އެގޮތުން އެމްޑީޕީ ހިތަދޫ ހަރުގެ ސަރަހައްދަށް ޖަމާވި މީހުން ފޮނުވާލަން ފުލުހުން މަސައްކަތް ކުރީ ރަޔަޓް ގިޔަރުގަ އެވެ.
ފުލުހުން އިއްޔެ ހިތަދޫ ލިންކް ރޯޑްގައި ރަޔަޓް ގިޔަރުގައި ހަރަކާތްތެރި ވަނީ.
ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް އިސްކޮށް ހުންނަވައިގެން އިއްޔެ ހިތަދޫގައި ބޭއްވި ހަރަކާތް ކުރިއަށް ގެންދަން ފުލުހުން ފުރުސަތު ދިނެވެ.
އައްޑޫން ހައްޔަރު ކުރި އެންމެން ދޫކޮށްލައިފި
އައްޑޫ މުޒާހަރާއާ ގުޅިގެން ދެ މީހަކު ހައްޔަރު ކުރި
ކައުންސިލުން ހުޅުމީދޫ ވަކިވާން ޖެހޭ ސަބަބެއް ނެތް: މޭޔަރު
ވިއްސާރައިގައި އައްޑޫން 23 ގެއަކަށް ގެއްލުންވެއްޖެ
އަައްޑޫގައި އަނެއްކާވެސް މާރާމާރީތަކެއް
އައްޑޫގައި ވަގުންގެ "ރަސްކަން"
މަރަދޫގައި މުދަލަށް ގެއްލުންދިން ބަޔަކު ހައްޔަރުކޮށްފި
ޕޮލިސް އެކަޑެމީގެ ބޯޑުގައި އައްޑޫ ކައުންސިލް ހިމެނޭނެ
ވިއްސާރައިގައި އައްޑޫގެ 54 ގެއަކަށް ގެއްލުންވި
އައްޑޫ މާރާމާރީއަކާ ގުޅިގެން 4 މީހަކު ހައްޔަރުކޮށްފި