22 ފެބުރުއަރީ 2018
ދުނިޔޭގެ ގައުމުތަކުގައި ކޮރަޕްޝަން އޮތް މިންވަރު އަންގައިދޭން ޓްރާންސްޕޭރަންސީން ނެރޭ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި ކޮރަޕްޝަނާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި މިދިއަ އަހަރު އެއްވެސް ކުރިއެރުމެއް ނުލިބޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެ އެވެ.
ދުނިޔޭގެ ގައުމުތަކުގައި ކޮރަޕްޝަން އޮތް މިންވަރު އަންގައިދޭން ޓްރާންސްޕޭރަންސީން ނެރޭ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި ކޮރަޕްޝަނާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި މިދިއަ އަހަރު އެއްވެސް ކުރިއެރުމެއް ނުލިބޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެ އެވެ.
ޓްރާންސްޕޭރަންސީ ރިޕޯޓުގައި ރާއްޖެއަށް ލިބިފައިވަނީ 33 ޕޮއިންޓެވެ. އެއީ 180 ގައުމުގެ ތެރެއިން 112 ވަނަ އެވެ. އޭގެ ކުރީ އަހަރު ރާއްޖެ އޮތީ ލިސްޓުގެ 95 ވަނާގަ އެވެ. އެހެންކަމުން މިހާރު އެވަނީ 17 ދަރަޖަ ދަށަށް ގޮސްފަ އެވެ.
މިފަހަރު ސީޕީއައިގައި ރާއްޖެ ހިމެނުނީ 50 ދަށުން ޕޮއިންޓް ލިބުނު ތިންބައިކުޅަ އެއްބައި ގައުމުގެ ތެރޭގަ އެވެ. ކޮރަޕްޝަނާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ރާއްޖެއަށް އެއްވެސް ކުރިއެރުމެއް ނުލިބެ އެވެ.
ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުނީ އެ ރިޕޯޓުން ދައްކައިދެނީ ކޮރަޕްޝަން އަށަގެންފައިވާ މިންވަރާ، ނޫސްވެރިކަމުގެ މިނިވަންކަމާއި ޖަމިއްޔާތަކަށް މަސައްކަތް ކުރަން އޮތް ފުރުސަތު ހަނިވެފައިވާ ވަރު ކަމަށެވެ.
ރާއްޖޭގެ މިހާރުގެ ސަރުކާރުގައި ކޮރަޕްޝަންގެ މައްސަލަތައް ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާ ކަމުގެ ހެކިތައް 2015 އިން ފެށިގެން ދަނީ ހާމަވަމުންނެވެ. އެގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ފަޅާއެރި އެންމެ ބޮޑު ޚިޔާނާތެވެ. އެ ޚިޔާނާތުގައި ދައުލަތަށް ގެއްލުނު އަދަދު މަދުވެގެން 1.22 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބެލެވެ އެވެ.
ސީޕީއައި ހެދުމުގައި ތަފާތު ތިން މަސްދަރަކުން މައުލޫމާތު ހޯދަ އެވެ. ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ބުނީ ރާއްޖޭގެ ހާލަތު ބެލުމަށް މައުލޫމާތު ނެގީ ވޯލްޑް ބެންކް ސީޕީއައި އާއި ގުލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންގެ އިތުރުން ވެރައިޓީސް އޮފް ޑިމޮކުރަސީ ޕްރޮޖެކްޓް ކަމަށެވެ.
ޓްރާންސްޕޭރަންސީން ބުނި ގޮތުގައި ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމާއި އެއްވެއުޅުމާއި ހިލާފުފާޅު ކުރުމުގެ މިނިވަންކަން ދަށަށް ގޮސްފައިވާ ކަމަށެވެ.
ހިޔާނާތުގެ ތަހުގީގު އެއްބަސްވުންތައް ހާމަކުރަން އެދިއްޖެ
ރައީސަށް އެމްއެމްޕީއާރުސީގެ ތަހުގީގު ލަހެއް ނޫން!
"ޔާމީން ގޭ ބަންދަށް ބަދަލުކުރަން ޖެހޭ ލިއުމެއް ނެތް"
ޒީރޯ ޓޮލަރެންސާއެކު ކޮރަޕްޝަން ރިޕޯޓްކުރުން އިތުރުވެއްޖެ
ގަސްދުގައި ލިޔެކިއުންތައް ގެއްލުވާލާފައިވޭ: އަސްއަދު
މައުސޫމާ މެދު ވެސް އަމަލުކުރީ އެއް އުސޫލަކުން
155 މީހުންނާ ގުޅޭ ތަހުގީގު ކުރިއަށް އެބަދޭ: އޭސީސީ
ކޮރަޕްޝަންގެ މޫތައް އާ ކޮމިޝަނަށް ލުހެލެވޭނެ؟
10 ރަށެއް ދިނުމުން އަދީބާ ދެކޮޅަށް ދައުވާކޮށްފި
"1 މިލިއަން ޑޮލަރު މައްސަލަ ލަންޑަނުގައި ބަލަންޖެހޭ"