20 ފެބުރުއަރީ 2018
މި އަހަރުގެ ރިޔާސީ އިންތިޚާބަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭގޮތުން، އދ. އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ވަފުދުން، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުންނާ މިއަދު މަޝްވަރާ ކޮށްފި އެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭގޮތުން، އދ. އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ވަފުދުން، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުންނާ މިއަދު މަޝްވަރާ ކޮށްފި އެވެ.
ވަކިވަކިން ބޭއްވި މި ދެ ބައްދަލުވުމުގައި އދ. އާއި އީޔޫގެ ވަފުދުން ވަނީ، ރިޔާސީ އިންތިޚާބުގެ ތައްޔާރީތަކާ ގުޅޭގޮތުން އީސީގެ މެމްބަރުންނާ މަޝްވަރާ ކޮށްފަ އެވެ. އަދި މިހާތަނަށް އެ ކޮމިޝަނުން އިންތިޚާބަށް ކޮށްފައިވާ މަސައްކަތްތައް ފުރިހަމަކަން ފާހަގަކޮށް، އެ ފަރާތްތަކުން ތައުރީފު ކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އީސީން ބުނީ އިންތިޚާބުގެ ކަންކަން އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކުގެ ލަފާ ވެސް އދ. އާއި އީޔޫގެ ވަފުދުން ދީފައިވާ ކަމަށެވެ. މީގެ އިތުރުން މިދިޔަ އަހަރު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަކީ ވެސް އިންސާފުވެރި އަދި ދެފުށް ފެންނަ އިންތިޚާބެއް ކަން ސިޔާސީ ޕާޓީތަކާއި ބައިނަލްއަގްވާމީ އޮބްޒާވަރުން ފާހަގަކޮށްފައި ވާތީ މަރުހަބާ ކިޔާފައިވާ ކަމަށް ވެސް އީސީން ބުންޏެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން، އދ. ގެ ވަފުދާ މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: އީސީ
އިލެކްޝަންސް ކޮމިޝަނުން ވަނީ، މިއަހަރުގެ ރިޔާސީ އިންތިޚާބަކީ ވެސް މިނިވަންކަމާއި އިންސާފުވެރިކަމާއެކު ދެފުށް ފެންނަ ގޮތަށް ބާއްވާ އިންތިޚާބަކަށް ވާނެ ކަމުގެ ޔަގީންކަން އދ. އަދި އީޔޫގެ ވަފުދަށް ދީފަ އެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބު، އަންނަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ބޭއްވުމަށް އީސީން އަންނަނީ ތައްޔާރުވަމުންނެވެ.
ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި އިންތިހޚާބު ބާއްވަން ޖެހޭއިރު، އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑަށް ސަރުކާރުގެ ސިޔާސީ ނުފޫޒު ފޯރުވާފައިވާ ކަމަށް ދަނީ ތުހުމަތު ކުރަމުންނެވެ. އެކަމަކު އެ ތުހުމަތުތައް އީސީން ދޮގު ކުރެ އެވެ.
އދ. އާއި އީޔޫ ނާންނަނީ ސުވާލު އުފެދޭތީއެއް ނޫން!
އިންތިޚާބު އޮބްޒާވްކުރުމުގެ ޝައުގެއް އީޔޫގެ ނެތް
ދެ އިންތިހާބު އެއްކޮށްލަން ގާނޫނު އިސްލާހުކުރަނީ
ވަސީލަތްތައް ބޭނުންކުރާ ގޮތާ މެދު އީޔޫގެ ކަންބޮޑުވުން!
ރިޔާސީ އިންތިހާބުގެ ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި
ރިޔާސީ އިންތިހާބުގެ މައި މަރުކަޒަކަށް ދަރުބާރުގެ
"މިއީ އެންމެ ބޮޑަށް ހުޅުވާލައިގެން ބާއްވާ އިންތިހާބު"
މިނިވަން އިންތިހާބަކަށް އީޔޫ އިން ހުށަހެޅުންތަކެއް
ރާއްޖެއާ މެދު ކަންބޮޑުވާތީ ނިހާން ސުވާލެއް ގައުމުތަކަށް
އިންތިހާބު ބާއްވާނެ ގޮތެއް އީޔޫ އަށް ނޭނގޭނެ: މުންދު