Roadha Mihaaru
ބަފްޓާގެ މޮޅު ފިލްމަކީ ވެސް "ތުރީ ބިލްބޯޑްސް"

ބަފްޓާގެ މޮޅު ފިލްމަކީ ވެސް "ތުރީ ބިލްބޯޑްސް"

19 ފެބުރުއަރީ 2018

މި އަހަރުގެ ގޯލްޑެން ގްލޯބްސްގައި ވެސް އެންމެ މޮޅު ފިލްމަކަށް ހޮވުނީ "ތުރީ ބިލްބޯޑްސް އައުޓްސައިޓް އެބިން، މިޒޯރީ" މި އަހަރުގެ 71 ވަނަ ބަފްޓާ އެވޯޑްސްގެ އެންމެ މޮޅު ފިލްމްގެ މަގާމު ވެސް ހޯދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ ގޯލްޑެން ގްލޯބްސްގައި ވެސް އެންމެ މޮޅު ފިލްމަކަށް ހޮވުނީ "ތުރީ ބިލްބޯޑްސް އައުޓްސައިޓް އެބިން، މިޒޯރީ" މި އަހަރުގެ 71 ވަނަ ބަފްޓާ އެވޯޑްސްގެ އެންމެ މޮޅު ފިލްމްގެ މަގާމު ވެސް ހޯދައިފި އެވެ.

އެ ފިލްމް އެންމެ މޮޅު ފިލްމަކަށް ހޮވުނީ ބަފްޓާގައި 12 ނޮމިނޭޝަނާ އެކު، ނޮމިނޭޝަން ލިސްޓްގެ ކުރީގައި އޮތް "ޝޭފް އޮފް ވޯޓާ" ވެސް އަޑިއަށް ފައްތާލައިފަ އެވެ.

ޖުމްލަ ނުވަ ނޮމިނޭޝަން ލިބުނު "ތުރީ ބިލްބޯޑްސް" ވަނީ ފަސް އެވޯޑް އުފުލާލައިފަ އެވެ. އޭގެ ތެރޭގައި އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭ (މާޓިން މެކްޑޮނާ)، އެންމެ މޮޅު ބަތަލާ (ފްރާންސެސް މެކްޑޯމަންޑް)، އެންމެ މޮޅު ސަޕޯޓިން އެކްޓަރު (ސޭމް ރޮކްވެލް) އަދި އެންމެ މޮޅު ބްރިޓިޝް ފިލްމް އެވޯޑް ހިމެނެ އެވެ.

ބަފްޓާގެ އިތުރު ވަނަތައް:

* އެންމެ މޮޅު ޑައިރެކްޓަރު: ގްލިމޯ ޑެލް ޓޯރޯ (ޝޭޕް އޮފް ވޯޓާ)

* އެންމެ މޮޅު އެކްޓަރު: ގެރީ އޯލްޑްމަން (ދަ ޑާކެސްޓް އަވާ)

* އެންމެ މޮޅު ސަޕޯޓިން ބަތަލާ: އެލިސަން ޖެނީ (އައި، ޓޯނިޔާ)

* އެންމެ މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭ: ކޯލް މީ ބައި ޔޯ ނޭމް (ޖޭމްސް އައިވަރީ)

* އެންމެ މޮޅު އޮރިޖިނަލް މިއުޒިކް: ޝޭޕް އޮފް ވޯޓާ (އެލެގްޒެންޑްރާ ޑެސްޕެލެޓް)

* އެންމެ މޮޅު ކޮސްޓިއުމް؛ ފޭންޓަމް ތުރެޑް (މާކް ބްރިޖެސް)

* އެންމެ މޮޅު ސިނަމޮޓޯގްރަފީ: ބްލޭޑް ރަނާ 2049 (ރޮޖާ ޑީކިންސް)

* އެންމެ މޮޅު އެޑިޓިން: ބޭބީ ޑްރައިވާ (ޖޮނަތަން އާމޮސް، ޕޯލް މެކްލިސް)

* އެންމެ މޮޅު ވިޝުއަލް އިފެކްޓްސް: ބްލޭޑް ރަނާ 2049 (ގާޒް ނެފްޒާ، ޖޯން ނެލްސަން)

ލަންޑަންގެ ރޯޔަލް އަލްބަޓް ހޯލްގައި ބޭއްވި ބަފްޓާ އެވޯޑްސް ހޯސްޓް ކުރީ އިނގިރޭސި ބަތަލާ ޖޮއާނާ ލުމްލީ، 71، އެވެ. އެވޯޑްސް ހަފުލާގައި އިނގިރޭސިވިލާތުގެ ޕްރިންސް ވިލިއަމާއި އަނބިިކަނބަލުން ކޭޓް މިޑްލްޓަން ވެސް ބައިވެރިވި އެވެ.

ބަފްޓާގެ ރެޑް ކާޕެޓްގައި ޕްރިންސް ވިލިއަމާއި ކޭޓް.

ބަފްޓާގެ ރެޑް ކާޕެޓްގައި ޕްރިންސް ވިލިއަމާއި ކޭޓް.

ގޯލްޑެން ގްލޯބް ހަފުލާއާ އެއްގޮތަށް ބަފްޓާގައި ވެސް ވަނީ ޖިންސީ ފުރައްސާރަތަކާ ދެކޮޅަށް ގިނަ ފަންނާނުން ކަޅު ހެދުން ބޭނުންކޮށްފަ އެވެ.

މި އަހަރުގެ ދެން ކުރިއަށް އޮތް އެންމެ ބޮޑު އެވޯޑް ހަފުލާއަކީ އަންނަ މަހުގެ 4 ގައި ބާއްވާ 90 ވަނަ އޮސްކާ އެވޯޑް ހަފުލާ އެވެ. އޮސްކާ އަށް ބަލާ އިރު ވެސް، އެހެން އެވޯޑްސްތަކާ އެއްގޮތަށްް އެންމެ ގިނަ ނޮމިނޭޝަން ލިބިފައިވާ ފިލްމަކީ "ޝޭޕް އޮފް ވޯޓާ" އެވެ. އެ ފިލްމަށް 13 ނޮމިނޭޝަން ލިބިފައިވެ އެވެ.