Roadha Mihaaru
ބަފްޓާގައި "ޝޭޕް އޮފް ވޯޓާ" އަށް 12 ނޮމިނޭޝަން

ބަފްޓާގައި "ދަ ޝޭޕް އޮފް ވޯޓާ" 12 ނޮމިނޭޝަނާ އެކު ކުރީގައި

10 ޖެނުއަރީ 2018

މި މަހުގެ އަށް ވަނަ ދުވަހު ބޭއްވި 75 ވަނަ ގޯލްޑެން ގްލޯބްސްގައި ހަތް ނޮމިނޭޝަން ހޯދި އެކަމަކު އުންމީދު ކުރި ވަރަށް އެވޯޑްތައް އުފުލައިލުމުގެ ފުރުސަތު ނުލިބުނު ފިލްމް "ދަ ޝޭޕް އޮފް ވޯޓާ" 71 ވަނަ ބްރިޓިޝް އެކެޑެމީ އޮފް ފިލްމް އެންޑް ޓެލެވިޝަން އާޓްސް (ބަފްޓާ) އެވޯޑްސް ނޮމިނޭޝަންގައި ވެސް ކުރި ހޯދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހުގެ އަށް ވަނަ ދުވަހު ބޭއްވި 75 ވަނަ ގޯލްޑެން ގްލޯބްސްގައި ހަތް ނޮމިނޭޝަން ހޯދި އެކަމަކު އުންމީދު ކުރި ވަރަށް އެވޯޑްތައް އުފުލައިލުމުގެ ފުރުސަތު ނުލިބުނު ފިލްމް "ދަ ޝޭޕް އޮފް ވޯޓާ" 71 ވަނަ ބްރިޓިޝް އެކެޑެމީ އޮފް ފިލްމް އެންޑް ޓެލެވިޝަން އާޓްސް (ބަފްޓާ) އެވޯޑްސް ނޮމިނޭޝަންގައި ވެސް ކުރި ހޯދައިފި އެވެ.

އެ ފިލްމަށް 12 ނޮމިނޭޝަން ލިބިފައިވާ އިރު އޭގެ ތެރޭގައި އެންމެ މޮޅު ފިލްމް، އެންމެ މޮޅު ޑައިރެކްޓަރު (ގުލަމޯ ޑެލް ޓޯރޯ) އަދި އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭ ނޮމިނޭޝަން ވެސް ހިމެނެ އެވެ.

އިންސާނަކާއި އާދަޔާހިލާފު މަހުލޫގަކާ ދެމެދު ހިނގާ ގުޅުމެއްގެ މައްޗަށް އުފައްދާފައިވާ "ޝޭޕް އޮފް ވޯޓާ" އަށް ފިލްމަށް ލިބުނު އިތުރު ނޮމިނޭޝަންތަކުގެ ތެރޭގައި އެންމެ މޮޅު ބަތަލާ (ސެލީ ހޯކިންސް)، އެންމެ މޮޅު ސަޕޯޓިން ބަތަލާ (އޮކްޓޭވިއާ ސްޕެންސާ)، އެންމެ މޮޅު އޮރިޖިނަލް މިއުޒިކް، އެންމެ މޮޅު ސިނަމަޓޯގްރަފީ، އެންމެ މޮޅު އެޑިޓިން، އެންމެ މޮޅު ކޮސްޓިއުމް ޑިޒައިން، އެންމެ މޮޅު ސައުންޑް މިކްސިން އަދި އެންމެ މޮޅު ވިޝުއަލް އިފެކްޓްސް ހިމެނެ އެވެ.

"ޝޭޕް އޮފް ވޯޓާ" ގެ ފަހަތުން ދެން އެންމެ ގިނަ ނޮމިނޭޝަންތައް ލިބުނީ މި ފަހަރު ޑްރާމާ ކެޓަގަރީން އެންމެ މޮޅު ފިލްމަކަށް ހޮވުނު "ތުރީ ބިލްބޯޑްސް އައުޓްސައިޑް އެބިން، މިސޯރީ" އާއި "ދަ ޑާކެސްޓް އަވާ" އަށެވެ. އެއިން ކޮންމެ ފިލްމަކަށް 9 ނޮމިނޭޝަން ލިބިފައިވެ އެވެ.

ބަފްޓާގެ ނޮމިނޭޝަންތައް.

ނޮމިނޭޝަންތަކާ އެކު އެންމެ ބޮޑަށް ފާހަގަ ކުރެވުނު އެއް ކަމަކީ ސްޓީވެން ސްޕީލްބާގް ޑައިރެކްޓްކޮށް، ޓޮމް ހޭންކްސް އާއި މެރީލް ސްޓްރީޕް ފަދަ ކުޅަދާނަ ތަރިން ފެނިގެން ދިޔަ ފިލްމް "ދަ ޕޯސްޓް" އަށް މުހިއްމު އެއްވެސް ނޮމިނޭޝަނެއްގައި ލައްވައި ނުލި ކަމެވެ.

އެންމެ މޮޅު ފިލްމް:

ޝޭޕް އޮފް ވޯޓާ، ކޯލް މީ ބައި ޔޯ ނޭމް، ޑާކެސްޓް އަވާ، ޑަންކާކް، ތުރީ ބިލްބޯޑްސް އައުޓްސައިޑް، އެބިން، މިސޯރީ

އެންމެ މޮޅު ޑައިރެކްޓަރު

ގިލަމީ ޑެލް ޓޯރޯ (ޝޭޕް އޮފް ވޯޓާ)، ކްރިސްޓޯފާ ނޯލަން (ޑަންކާކް)، ލޫކާ ގޯޑަނިނޯ (ކޯލް މީ ބައި ޔޯ ނޭމް)، ޑެނިސް ވެލެނޯވް (ބްލޭޑް ރަނާ (2049)، މާޓިން މެކްޑޮނާ (ތުރީ ބިލްބޯޑްސް)

އެންމެ މޮޅު އެކްޓަރު:

ގެރީ އޯލްޑްމަން (ޑާކެސްޓް އަވާ)، ޑެނިއަލް ޑޭ ލުވިސް (ފެންޓަމް ތުރެޑްސް)، ޑެނިއަލް ކަލޫޔާ (ގެޓް އައުޓް)، ޖެމީ ބެލް (ފިލްމް ސްޓާޒް ޑޯންޓް ޑައި އިން ލިވަޕޫލް)، ޓިމޮތޯ ކެމެލޭ (ކޯލް މީ ބައި ޔޯ ނޭމް)

އެންމެ މޮޅު ބަތަލާ:

ސެލީ ހޯކިންސް (ޝޭޕް އޮފް ވޯޓާ)، އެނޭ ބެނިން (ފިލްމް ސްޓާޒް ޑޯންޓް ޑައި އިން ލިވަޕޫލް)، ފްރާންސެސް މެކްޑޯމަންޑް (ތުރީ ބިލްބޯޑްސް)، މާގޯ ރޮބީ (އައި، ޓޯނިއާ)، ސަޔޮސް ރޮނަން (ލޭޑީބާޑް)

އެންމެ މޮޅު ސަޕޯޓިން ބަތަލު:

ކްރިސްޓޯފާ ޕްލަމާ (އޯލް ދަ މަނީ އިން ދަ ވޯލްޑް)، ހިއު ގްރާންޓް (ޕެޑިންޓަން 2)، ސޭމް ރޮކްވެލް (ތުރީ ބިލްބޯޑްސް)، ވިލެމް ޑެފޯ (ފްލޮރިޑާ ޕްރޮޖެކްޓް)، ވުޑީ ހެރެލްސަން (ތުރީ ބިލްބޯޑްސް)

އެންމެ މޮޅު ސަޕޯޓިން ބަތަލާ:

އެލިސަން ޖެނީ (އައި، ޓޯނިޔާ)، ކްރިސްޓިން ސްކޮޓް ތޯމަސް (ޑާކެސްޓް އަވާ)، ލޯރީ މެޓްކާފް (ލޭޑީ ބާޑް)، ލެޒްލީ މެނިވެލް (ފޭންޓަމް ތުރެޑް)، އޮކްޓޭވިއާ ސްޕެންސާ (ޝޭޕް އޮފް ވޯޓާ)

އޮރިޖިނަލް ސްކްރީންޕްލޭ:

ގެޓް އައުޓް، އައި ޓޯނިޔާ، ލޭޑީ ބާޑް، ޝޭޕް އޮފް ވޯޓާ، ތުރީ ބިލްބޯޑްސް

އެޑަޕްޓެޑް ސްކްރީންޕްލޭ:

ކޯލް މީ ބައި ޔޯ ނޭމް، ދަ ޑެތު އޮފް ސްޓާލިން، ފލްމް ސްޓާޒް ޑޯންޓް ޑައި އިން ލިވަޕޫލް، މޮލީޒް ގޭމް، ޕެޑިންޓަން 2

ބަފްޓާގެގެ މި ފަހަރު އެންމެ މޮޅު އެނިމޭޓެޑް ފިލްމް ކެޓަގަރީ އަށް ވާދަ ކުރަނީ އެންމެ ތިން ފިލްމެވެ. އެއީ ގޯލްޑެން ގްލޯބްސް ހޯދި "ކޮކޯ" ގެ އިތުރުން ލަވިން ވިންސެންޓް އާއި މައި ލައިފް އޭސް ކޯގޭ އެވެ.

އައުޓްސްޓޭންޑިން ބްރިޓިޝް ފިލްމަކަށް ވާދަ ކުރާ ފިލްމްތަކުގެ ތެރޭގައި ހިމެނެނީ ޑާކެސްޓް އަވާ، ދަ ޑެތު އޮފް ސްޓާލިން، ގޯޑްން އޯން ކަންޓްރީ، ލޭޑީ މެކްބެތު، ޕެޑިންޓަން 2 އަދި ތުރީ ބިލްްބޯޑްސް އެވެ.

ބަފްޓާ އެވޯޑްސް ހަފުލާ އޮންނާނީ އަންނަ މަހުގެ 18 ގައި ލަންޑަންގެ ރޯޔަލް އަލްބަޓް ހޯލްގަ އެވެ. އެވޯޑްސް ހޯސްޓް ކުރާނީ ދުވަސްވީ އިނގިރޭސި ބަތަލާ ޖޮއާނާ ލުމްލީ، 71، އެވެ.