Roadha Mihaaru
ގޭތެރެ ސާފުކުރާ ކެމިކަލުން ލިބޭ ގެއްލުން ބޮޑު

ގޭތެރެ ސާފުކުރާ ކެމިކަލުން ލިބޭ ގެއްލުން ބޮޑު

19 ފެބުރުއަރީ 2018

ގޭތެރެ ސާފުކުރަން އާންމުކޮށް ބޭނުންކުރާ ސްޕްރޭތަކުން ފުއްޕާމެއަށް ލިބޭ ގެއްލުން، ދުވާލަކު 20 ސިނގިރޭޓް ބުއިމުން ލިބޭ ގެއްލުމާ އެއްވަރު ކަމަށް ތަޖުރިބާކާރުން ބުނެފި އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ގޭތެރެ ސާފުކުރަން އާންމުކޮށް ބޭނުންކުރާ ސްޕްރޭތަކުން ފުއްޕާމެއަށް ލިބޭ ގެއްލުން، ދުވާލަކު 20 ސިނގިރޭޓް ބުއިމުން ލިބޭ ގެއްލުމާ އެއްވަރު ކަމަށް ތަޖުރިބާކާރުން ބުނެފި އެވެ.

ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ކްލީނިން ޕްރޮޑަކްޓްސްގެ ވަސްތައް ނޭވާގެ ޒަރިއްޔާއިން ހަށިގަނޑު ތެރެއަށް ވަނުމުން ނޭވާހިއްލާ މައްސަލަ ދިމާވުމުގެ ނުރައްކާ 43 ޕަސެންޓް އިތުރުވެ އެވެ.

މިފަދަ ބާވަތްތައް ނޭފަތުގެ ތެރެއިން ދަތުރުކުރާ ހޮޅިއަށް ގެއްލުންވެ އުމުރުން ދުވަސްވާ ވަރަކަށް މި ގެއްލުންތައް ފުއްޕާމެއިން ވެސް ފެންނަން ފަށަ އެވެ. ޚާއްސަކޮށް، ސާފުކުރުމުގެ މަސައްކަތްކުރާ ޕްރޮފެޝަނަލް މީހުންނަށް މި ގެއްލުން މާ ބޮޑުވާނެ އެވެ.

ނޯވޭގެ ބާގެން ޔުނިވަސިޓީގެ ތަޖުރިބާކާރު އޮއިސްޓެން ސްވާނޭސް ވިދާޅުވީ ކްލީނިން ކެމިކަލްސް އިން ހީނުކުރާ ވަރުގެ ބޮޑު ގެއްލުމެއް ފުއްޕާމެއަށް ލިބޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ގޭތެރެ ސާފުކުރަން ކޮންމެހެން ކެމިކަލް ބޭނުންކުރާކަށް ނުޖެހޭނެ އެވެ. މައިކްރޯފައިބާ ފޮތިކޮޅަކާއި ފެނުން ސާފުކުރުމުން ވަރަށް ގިނަ ފަހަރު އެ ބޭނުންވާ މިންވަރަށް ސާފުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.