Roadha Mihaaru
އުގެއިލްގެ ހަދިޔާ: ކާނާގެ ބާވަތްތަކުގައި ވެސް ކެމިކަލް

ޕްރޮފެސަރު އުގެއިލްގެ ހަދިޔާ: ކާނާގެ ބާވަތްތަކުގައި ވެސް ކެމިކަލް

21 ޖޫން 2016

ވިޔަފާރިވެރިން އަބަދުވެސް މަސައްކަތް ކުރާނީ އެމީހުންގެ މުދާ ވީހާވެސް އަވަހަށް ވިއްކާލެވޭތޯ އެވެ. ހަމަ މިގޮތަށް، ދަނޑުވެރިން ނުވަތަ ކާބޯތަކެތި އުފައްދާ މީހުން ބޭނުންވާނީ އެމީހުން އުފައްދާ ތަކެތި، ވީހާވެސް ގިނަ ތަންތަނަށް ފޮނުވާ އަވަހަށް ވިއްކާލައި ފައިދާ ހޯދޭތޯ އެވެ. އަދި ގިނަ ދުވަސް ވަންދެން އެމީހުންގެ އުފެއްދުންތައް ތާޒާކަން މަތީގައި ދެމެހެއްޓޭތޯ ވެސް ބަލާނެ އެވެ. މީގެ ނަތީޖާއަކަށް ވެގެންދަނީ ވިޔަފާރިވެރިން ބޭނުންވާ ފެންވަރަށް ކާބޯތަކެތީގެ ކޮލިޓީ ހިފަހައްޓަން ކުރާ މަސައްކަތުގައި އިންސާނުންގެ ހަށިގަނޑަށް ގެއްލުން ދެނިވި ކެމިކަލްތައް ބޭނުންކުރުމެވެ. އެގޮތުން، އެ މިންގަނޑަށް ތަކެތި ގެންނަން ތަފާތު ވިހަ މާއްދާތައް ބޭނުންކުރެ އެވެ.

ތިބާ އާންމު ގޮތެއްގައި ކާން ބޭނުންކުރާ ތަރުކާރީ އާއި މޭވާ ހައްދަނީ ކިހިނެއްކަން އެނގޭ ހެއްޔެވެ؟ އެ ތަކެތި ބޭނުންކުރުމުގެ ކުރިން މި ސުވާލުގެ ޖަވާބު ހޯދޭތޯ ބަލާށެވެ. ޒަމާނަށް އައިސްފައިވާ ބަދަލާ އެކު، މިފަދަ އުފެއްދުންތައް އުފައްދާ މިންވަރު އިތުރުކުރަން ތަފާތު ބާވަތް ބާވަތުގެ ކެމިކަލްތައް، ކާނާ އުފެއްދުމުގައި ބޭނުންކުރެވެ އެވެ.

މާލޭ ލޯކަލް މާރުކޭޓުން މީހަކު މިރުސް ގަންނަނީ: ދަނޑުވެރިން ބޭނުންކުރާ ކެމިކަލްގެ އަސަރު ތަރުކާރީގެ ބާވަތްތަކުގައި ވެސް މަތީ މިންވަރަކަށް ހުރޭ -- ފޮޓޯ:ނިޝާން އަލީ/މިހާރު

މާލޭ ލޯކަލް މާރުކޭޓުން މީހަކު މިރުސް ގަންނަނީ: ދަނޑުވެރިން ބޭނުންކުރާ ކެމިކަލްގެ އަސަރު ތަރުކާރީގެ ބާވަތްތަކުގައި ވެސް މަތީ މިންވަރަކަށް ހުރޭ -- ފޮޓޯ:ނިޝާން އަލީ/މިހާރު

އެގޮތުން ގަހުގައި އުޅޭ ތަފާތު ފަނިތައް ނައްތާލަން ޕެސްޓިސައިޑް ނަމަކަށް ކިޔާ ކެމިކަލެއް ބޭނުން ކުރެވެ އެވެ. އަދި ގަސް ވަރުގަދަ ކުރުމަށާއި ގަހުގެ ކޫޑި ފިލުވަން ވެސް ތަފާތު ކެމިކަލްތައް ދަނޑުވެރިން ބޭނުން ކުރެ އެވެ. އެހާ ގިނަ އަދަދެއްގެ ކެމިކަލް ބޭނުންކޮށްގެން އުފައްދާ ތަރުކާރީ އާއި އެހެނިހެން ބާވަތްތައް ލޮލަށް ފެންނަ ފެނުމަށް ސައިޒުން ބޮޑު އަދި ތާޒާ ބާވަތްތައް ކަމަށް ވީ ނަމަވެސް އެ ތަކެތި އުފައްދަން ބޭނުންކުރި ކެމިކަލްތަކުގެ އަސަރު އެއަށް ކޮށްފައި ހުރެ އެވެ.

ބާޒާރުމަތީގެ ހަރުގަނޑުތަކުން މިފަދަ ތަރުކާރީ އާއި މޭވާތައް ތާޒާކަމާ އެކު ފެންނަން ހުރި ނަމަވެސް އެ ތަކެތީގައި ގިނަ އަދަދަކަށް މަސްނޫއީ ކެމިކަލް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ގަސް ހައްދަން ބޭނުންކުރާ ކެމިކަލް ބޭނުންކޮށްގެން ހައްދާފައިވާ ގަހަކުން ހަމަ ވަގުތުން ލިބޭ "ތާޒާ" މޭވާގައި ވެސް ކެމިކަލްގެ އަސަރު ހުންނާނެ އެވެ.

މިފަދަ މޭވާ އާއި ތަރުކާރީ ބޭނުންކުރުމުން އެ ތަކެތީގައި އެކުލެވިފައިވާ ކެމިކަލްތައް ހަށިގަނޑު ތެރެއަށް ވާސިލުވެ އެއިން ހަށިގަނޑުގައި ރައްކާކުރެވެ އެވެ. މިސާލަކަށް، ފިހާރައިން ގަނެގެން ބޭނުންކުރާ އާފަލު ނުވަތަ ހެނދުނު ނާސްތާގައި ސީރިއަލްއާ އެކު ބޭނުންކުރާ މާވާގައި މިފަދަ ކެމިކަލްތައް އެކުލެވިދާނެ އެވެ.

ވިއްކަން ބަހައްޓާފައި ހުރި ކަރާތަކެއް: ކެއުމުގައި ބޭނުންކުރާ އެއްޗިއްސާ މެދު ވެސް މި ޒަމާނުގައި ފަރުވާތެރިވާން ޖެހޭ

ވިއްކަން ބަހައްޓާފައި ހުރި ކަރާތަކެއް: ކެއުމުގައި ބޭނުންކުރާ އެއްޗިއްސާ މެދު ވެސް މި ޒަމާނުގައި ފަރުވާތެރިވާން ޖެހޭ

ހަމައެހެންމެ، ކެއުމުގައި ބޭނުންކުރާ އެއްގަމު މަހާއި ކަނޑު މަހުގައި، ތަރުކާރީ އާއި މޭވާގައި ހުންނަ މިންވަރަށް ވުރެ އިތުރަށް ވިހަ މާއްދާތައް އެކުލެވެ އެވެ. ސަބަބަކީ އެއްގަމު މަހުގެ ބާވަތުގެ ގޮތުގައި އަޅުގަނޑުމެން ބޭނުންކުރާ ކުކުޅު ފަދަ ބާވަތްތައް އާންމުކޮށް ކައިބޮއި އުޅެނީ ތަފާތު ކެމިކަލްތައް ބޭނުން ކޮށްގެން އުފައްދާފައިވާ ފަތްޕިލާވެލީގެ ބާވަތްތަކެވެ. ހަމަ އެހެންމެ ކުކުޅު އަދި އެނޫން ވެސް އެއްގަމު މަސް ފަދަ ބާވަތްތައް ހެދިބޮޑު ވުމަށް ވެސް ތަފާތު ވައްތަރުގެ ކެމިކަލް އެކުލެވޭ އެންޓިބައޮޓިކްސް ފަދަ ތަކެއްޗާއި އެހެނިހެން ހޯމޯންތައް ދެވެ އެވެ. މިފަދަ ތަކެތީގެ ސަބަބުން ކުރިން ފާހަގަކުރި ފަދައިން އިންސާނުންނެކޭ އެއްގޮތަށް އެ ތަކެތީގެ ހަށިގަނޑުގައި ވެސް ވިހަ މާއްދާތައް ހަރުލާފައި ހުރެ އެވެ. އަދި އަޅުގަނޑުމެން އިންސާނުން އެފަދަ ތަކެތި ކެއުމުން، މި ކެވެނީ އެ ތަކެތީގައި ހަރުލާފައިވާ ކެމިކަލްތަކާއި އެކުގަ އެވެ. ނަތީޖާއަކީ މި ކެމިކަލްތަކުގެ އަސަރު އަޅުގަނޑުމެނަށް ސީދާ ގޮތުން ކުރުމެވެ. ބާޒާރުން ލިބެން ހުންނަ، އާންމުކޮށް ބޭނުންކުރާ އެއްގަމު މަހުގެ ބާވަތްތަކުން ކެމިކަލްގެ އަސަރު ހަށިގަނޑަށް ކުރުމުގެ ފުރުސަތު ދެ ގުނައަށް ފަހިވެގެން ދެ އެވެ.