15 ފެބުރުއަރީ 2018
ޕްރިޓޯރިއާ (ފެބްރުއަރީ 15) - އަމިއްލަ ޕާޓީން ކުރިމަތި ކުރަމުން ދިޔަ ޕްރެޝަރަށް ބޯ ލެނބުމަށް ފަހު ސައުތު އެފްރިކާގެ ރައީސް ޖެކޮބް ޒޫމާ އެންމެ ފަހުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ޕްރިޓޯރިއާ (ފެބްރުއަރީ 15) - އަމިއްލަ ޕާޓީން ކުރިމަތި ކުރަމުން ދިޔަ ޕްރެޝަރަށް ބޯ ލެނބުމަށް ފަހު ސައުތު އެފްރިކާގެ ރައީސް ޖެކޮބް ޒޫމާ އެންމެ ފަހުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ކޮރަޕްޝަން ބޮޑުވެ ޒޫމާ އިސްތިއުފާ ދެއްވުމަށް ވެރިކަން ކުރާ އެފްރިކަން ނޭޝަނަލް ކޮންގްރެސް (އޭއެންސީ) އިން ތަކުރާރުކޮށް އެދެމުން ދިޔަ ނަމަވެސް އެންމެ ފަހު ވަގުތު ވެސް ޒޫމާ ވިދާޅުވަމުން ގެންދެވީ ގޯހެއް ނުހައްދަވާ ކަމަށާއި އިސްތިއުފާ ދެއްވަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ޓީވީ މެދުވެރި ކުރައްވާ ޒޫމާ ދެއްވި ބަޔާނުގައި ވެސް ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވި ނަމަވެސް ޕާޓީގެ ނިންމުމާ ދެކޮޅު ހަދާ ކަމަށެވެ.
އޭއެންސީން އިއްޔެ ވަނީ ޒޫމާ އިސްތިއުފާ ދެއްވުމަށް އިއްޔެގެ ނިޔަލަށް މުހުލަތު ދީފަ އެވެ. ނޫން ނަމަ އޭނާގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް މިއަދު ނަގާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ.
ޒޫމާގެ އިސްތިއުފާގެ ތަގްރީރު ފެއްޓެވީ ޕްރެސް އަށް ހާޒުވެ ތިބި މެންބަރުންނަށް ޖޯކް ޖައްސަވަމުންނެވެ. ޒޫމާ ވަނީ ނޫސްވެރިން އެހާ ސީރިއަަސްކޮށް ބަލަން އެތިބީ ކީއްވެތޯ ސުވާލު އުފައްދަވައިފަ އެވެ.
ޒޫމާއާ އެކު ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި ފަރާތްތަކަށް އިހުތިރާމް އަދާކުރައްވަމުން އޭނާ ވިދާޅުވީ އިސްތިއުފާ ދެއްވަނީ ޕާޓީގެ ތެރޭގައި އުފެދިފައިވާ ބައިބައިވުމުގެ ސަބަބުން ކަމަށެވެ.
"އަޅުގަނޑުގެ ނަމުގައި އެއްވެސް ފުރާނައެއް ގެއްލިގެން ދާކަށް، އަދި އަޅުގަނޑުގެ ނަމުގައި ޕާޓީ ބައިބައިވެގެން ދާކަށް ބޭނުމެއް ނޫން. އެހެންވެ މި ވަގުތުން ފެށިގެން ރައީސްކަމުން އިސްތިއުފާ ދެއްވަން އަޅުގަނޑު ނިންމައިފިން،" ޒޫމާގެ ބަޔާނުގައި ވިދާޅުވި އެވެ.
ޒޫމާ ޖަލަށް ލުމުން ހަމަނުޖެހުން އުފެދި 72 މަރު
ޖެކޮބް ޒޫމާ އަމާންދީ ފުލުހުންގެ ބެލުމުގެ ދަށަށް
އަޅުގަނޑަކީ "ކޮރަޕްޝަނުގެ ރަސްގެފާނެއް" ނޫން: ޒޫމާ
ރައީސް ޒޫމާގެ ކޮރަޕްޝަން މައްސަލަ ބަލަން ފަށައިފި
ސައުތު އެފްރިކާގެ ކުރީގެ ރައީސް ކޯޓަށް ހާޒިރުކޮށްފި
ކުރީގެ ރައީސް ޒޫމާ އަށް ކޮރަޕްޝަނުގެ ދައުވާ ކުރަނީ
ޒޫމާއާ ގުޅުން އޮންނަ ވިޔަފާރިވެރިއެއްގެ ގެ ބަލާ ފާސްކުރަނީ
ޒޫމާ މަގާމުން ދުރުކުރަން ވެރިކަންކުރާ ޕާޓީން ނިންމައިފި
ޒޫމާގެ އިސްތިއުފާއާ ގުޅޭ ގޮތުން އޭއެންސީ ބައްދަލުކުރަނީ
ސައުތު އެފްރިކާގެ ރައީސް ވަރަށް އަވަހަށް އިސްތިއުފާ ދެއްވާނެ