Roadha Mihaaru
ޒޫމާގެ އިސްތިއުފާއާ ގުޅޭ ގޮތުން އޭއެންސީ ބައްދަލުކުރަނީ

ރައީސް ޒޫމާ އިސްތިއުފާ ދިނުމާ ގުޅޭ ގޮތުން ވެރިކަންކުރާ ޕާޓީ ބައްދަލުކުރަނީ

12 ފެބުރުއަރީ 2018

ޕްރިޓޯރިއާ (ފެބްރުއަރީ 12) - ސައުތު އެފްރިކާގެ ރައީސް ޖެކޮބް ޒޫމާގެ ކުރިމަގު ކަނޑައަޅަން ވެރިކަން ކުރާ އޭއެންސީގެ ލީޑަރުން ބައްދަލު ކުރަން ނިންމައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޕްރިޓޯރިއާ (ފެބްރުއަރީ 12) - ސައުތު އެފްރިކާގެ ރައީސް ޖެކޮބް ޒޫމާގެ ކުރިމަގު ކަނޑައަޅަން ވެރިކަން ކުރާ އޭއެންސީގެ ލީޑަރުން ބައްދަލު ކުރަން ނިންމައިފި އެވެ.

ބީބީސީން ބުނީ ޒޫމާ އިސްތިއުފާ ދިނުމަށް އޭއެންސީގެ ނޭޝަނަލް އެގްޒެކެޓިވް ކޮމިޓީ (އެންއީސީ) އިން ހުށަހަޅާނެ ކަމަށެވެ. އޭއެންސީގެ ރައީސް ސީރިލް ރަމަފޯސާ ވިދާޅުވީ ޒޫމާ މަގާމުން ދުރުކުރުން މިހާރު ބޮޑު މައްސަލައަކަށް ވެއްޖެ ކަމަށެވެ. ވެރިކަމުގައި ނުވަ އަހަރު ހޭދަކުރެއްވި ޒޫމާ، 75، ގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ އެތައް ތުހުމަތެއް ކޮށްފަ އެވެ.

ޒޫމާ އިސްތިއުފާ ދެއްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ރަމަފޯސާއާ އެކު މިދިޔަ ހަފުތާގައި ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ. ނަމަވެސް އެތައް ޕްރެޝަރެއް ކުރިމަތިކުރަމުންދާ އިރު ވެސް ޒޫމާ ގެންދަވަނީ އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވަމުންނެވެ.

ޒޫމާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކޮރަޕްޝަން:

* 2005 - ހަތިޔާރު ވިއްކުމުގެ ޑީލެއްގެ ތެރޭން ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކުރި.

* 2016 - އެ މައްސަލާގައި ކޮރަޕްޝަނުގެ 16 ދައުވާއެއް ކުރަން ކޯޓުން އެންގި.

* 2016 - ހުވަޔާ ޚިލާފަށް ސަރުކާރުގެ ފައިސާ އިން އަމިއްލަ ގެ ހަދާފައިވާ ކަމަށް ކޯޓުން ބުނި.