13 ފެބުރުއަރީ 2018
ޕްރިޓޯރިއާ (ފެބްރުއަަރީ 13) - ސައުތު އެފްރިކާގެ ރައީސް ޖެކޮބް ޒޫމާ އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވަމުން ގެންދަވާތީ އޭނާ މަގާމުން ދުރުކުރަން، ވެރިކަން ކުރާ އެފްރިކަން ނޭޝަންސް ޕާޓީ (އޭއެންސީ) އިން ނިންމައިފި އެވެ.
ޕްރިޓޯރިއާ (ފެބްރުއަަރީ 13) - ސައުތު އެފްރިކާގެ ރައީސް ޖެކޮބް ޒޫމާ އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވަމުން ގެންދަވާތީ އޭނާ މަގާމުން ދުރުކުރަން، ވެރިކަން ކުރާ އެފްރިކަން ނޭޝަންސް ޕާޓީ (އޭއެންސީ) އިން ނިންމައިފި އެވެ.
ޒޫމާގެ އިސްތިއުފާއާ ގުޅޭ ގޮތުން ޕާޓީގެ ސީނިއާ ލީޑަރުން މަޝްވަރާ ކުރަމުންދާތާ އެތައް ދުވަހެއް ވެއްޖެ އެވެ. ނަމަވެސް ޒޫމާ ގެންދަވަނީ އިސްތިއުފާ ދެއްވަން ތަކުރާރުކޮށް ދެކޮޅު ހައްދަވަމުންނެވެ. ޒޫމާ، 75، އިސްތިއުފާ ދެއްވަން ދެކޮޅު ހެއްދެވުމުން ދެން އޮތީ ޕާލަމެންޓުގައި ނަގާ އިތުބާރު ނެތްކަމުގެ ވޯޓާ ކުރިމަތިލެއްވުމެވެ. ޒޫމާ އިސްތިއުފާ ނުދެއްވައިފި ނަމަ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ނިންމާފައި ވަނީ މި މަހު 22 ވަނަ ދުވަހު އެވެ. މީގެ ކުރިން ނެގި އިތުބާރު ނެތްކަމުގެ ވޯޓުތަކުން ޒޫމާ ސަލާމަތްވެވަޑައިގެންނެވި ނަމަވެސް މި ފަހަރުގެ ވޯޓުން ޒޫމާ އަށް ނާކާމިޔާބުވާނެކަން މިހާރު ވަނީ ޔަގީންވެފަ އެވެ.
ސައުތު އެފްރިކާގެ ވެރިކަމަށް 2009 ވަނަ އަހަރު ވަޑައިގެންނެވި ޒޫމާގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ ވަރަށް ގިނަ ތުހުމަތުތައް ކޮށްފަ އެވެ.
ޒޫމާ އިސްތިއުފާ ދެއްވަން ޑިސެމްބަރު މަހުން ފެށިގެން ޕާޓީން ވަނީ އެދިފަ އެވެ. އޭންއެންސީގެ ލީޑަރުކަމުން ޒޫމާ ވަކިކޮށް އެ މަގާމު ވަނީ ނައިބް ރައީސް ސީރިލް ރަމަފޯސާއާ ހަވާލުކޮށްފަ އެވެ.
ޒޫމާ އިސްތިއުފާ ދެއްވުމަށް ޕާޓީން ރަސްމީކޮށް ހުށަހެޅުމުން އޭނާ ދެއްވާނެ ޖަވާބެއް އަދި ނޭނގެ އެވެ.
ސައުތު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ ވެސް 2008 ވަނަ އަހަރު އިސްތިއުފާ ދެއްވީ ނައިބް ރައީސްއާ މައްސަލަ ޖެހިގެންނެވެ. އޭގެ އަހަރެއް ފަހުން ވަނީ އެމްބެކީގެ ނައިބަކަށް ހުންނެވި ޒޫމާ ރައީސްކަމުގެ ހުވާ ކުރައްވައިފަ އެވެ. ޒޫމާއާ މިހާރު މައްސަލަ ޖެހިގެން އުޅެނީ އޭނާގެ ނައިބް ރަމަފޯސާ އެވެ.
ޒޫމާ ޖަލަށް ލުމުން ހަމަނުޖެހުން އުފެދި 72 މަރު
ޖެކޮބް ޒޫމާ އަމާންދީ ފުލުހުންގެ ބެލުމުގެ ދަށަށް
އަޅުގަނޑަކީ "ކޮރަޕްޝަނުގެ ރަސްގެފާނެއް" ނޫން: ޒޫމާ
ރައީސް ޒޫމާގެ ކޮރަޕްޝަން މައްސަލަ ބަލަން ފަށައިފި
ސައުތު އެފްރިކާގެ ކުރީގެ ރައީސް ކޯޓަށް ހާޒިރުކޮށްފި
ކުރީގެ ރައީސް ޒޫމާ އަށް ކޮރަޕްޝަނުގެ ދައުވާ ކުރަނީ
ރައީސް ޒޫމާ އެންމެ ފަހުން އިސްތިއުފާ ދެއްވައިފި
ޒޫމާއާ ގުޅުން އޮންނަ ވިޔަފާރިވެރިއެއްގެ ގެ ބަލާ ފާސްކުރަނީ
ޒޫމާގެ އިސްތިއުފާއާ ގުޅޭ ގޮތުން އޭއެންސީ ބައްދަލުކުރަނީ
ސައުތު އެފްރިކާގެ ރައީސް ވަރަށް އަވަހަށް އިސްތިއުފާ ދެއްވާނެ