16 ފެބުރުއަރީ 2018
މޮޑެލްކުރާ މަޝްހޫރު މީހުންގެ ތެރެއިން އެންމެ ކުރީގައި އުޅޭ އެއް މޮޑެލް އަކީ ޑައުން ސިންޑްރޯމް ހުންނަ ޒުވާނެކެވެ. އޮސްޓްރޭލިއާގެ މެޑެލިން ސްޓުއާޓް ވަނީ ބައްޔެއް ހުރި ކަމުގައި ވިޔަސް ހިތްވަރާ އެކު މަސައްކަތްކޮށްފި ނަމަ ހާސިލު ނުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެކަން ދުނިޔެއަށް ސާބިތުކޮށްދީފަ އެވެ.
މޮޑެލްކުރާ މަޝްހޫރު މީހުންގެ ތެރެއިން އެންމެ ކުރީގައި އުޅޭ އެއް މޮޑެލް އަކީ ޑައުން ސިންޑްރޯމް ހުންނަ ޒުވާނެކެވެ. އޮސްޓްރޭލިއާގެ މެޑެލިން ސްޓުއާޓް ވަނީ ބައްޔެއް ހުރި ކަމުގައި ވިޔަސް ހިތްވަރާ އެކު މަސައްކަތްކޮށްފި ނަމަ ހާސިލު ނުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެކަން ދުނިޔެއަށް ސާބިތުކޮށްދީފަ އެވެ.
މެޑެލީން ތައާރަފްވީ 2015 ގައި ބޭއްވި ނިއު ޔޯކް ފެޝަން ވީކްގައި މެޑަލީން ބައިވެރިވުމުންނެވެ. އުމުރުން 19 އަހަރުގެ ސްޓުއާޓް ދެ ފަހަރަށް ނިއު ޔޯކް ފެޝަން ވީކްގައި ހިނގި އެވެ. އަދި މިކަމުގެ ސަބަބުން ސްޕޯޓްސްވެއާ ބްރޭންޑް، މެނިފެސްޓާ އެންޑް އެކްސެސަރީޒް ބްރޭންޑް، އެވާމާޔާ ފަަދަ ބްރޭންޑްތަކަށް މޮޑެލްކޮށްދިނުމުގެ ކޮންޓްރެކްޓްތައް މެޑެލީން އަށް ލިބުނެވެ.
އޭގެ ދެ އަހަރު ފަހުން މެޑެލިން ވަނީ އޭނާގެ އަމިއްލަ ކްލޯތިން ލައިނެއް ވަރަށް ކާމިޔާބުކަމާއެކު ލޯންޗުކޮށްފަ އެވެ. އޭނާގެ ބްރޭންޑަށް ކިޔަނީ "21 ރީޒަންސް ވައި" އެވެ. މެޑެލީންގެ އުމުރުގެ ގިނަ ކުދިން ކުރިމަގު ބައްޓަން ކުރާނެ ގޮތެއް ވެސް ޚިޔާލަށް ނައިސްގެން އުޅޭއިރު މެޑެލީން މިވަނީ އޭނާގެ ކުޅަދާނަކަން މުޅި ދުނިޔެއަށް ސާބިތު ކޮށްދީފަ އެވެ.
މެޑެލީންގެ ކްލޯތިން ލައިނަށް ނަން ދީފައިވަނީ އޭނާގެ ހަށިގަނޑުގައިވާ 21 ވަނަ އިތުރު ކްރޮމޮޒޯމް އަށް ނިސްބަތްކޮށެވެ. މިއީ ޖެނެޓިކް މާކާ އެކެވެ. އާދައިގެ މީހުންނާއި އޭނާ ކަހަލަ ކުދިން ތަފާތު ކަމަށް ދައްކަނީ މި ކްރޮމޮޒޯމުންނެވެ.
މޮޑެލްކުރުމުގެ ދުނިޔެއަށް މެޑެލީން ނުކުތުމަކީ ހައިރާންވާ ވަރުގެ ކަމެއް ނޫނެވެ. ވަރަށް ކުރިއްސުރެ އޭނާ އަންނަނީ ނުކުޅެދުންތެރިކަން ހުންނަ ޒުވާނުންގެ ހައްގުގައި ވަކާލާތުކުރަމުންނެވެ.
ޓުޑޭ ޑޮޓްކޮމް އަށް މެޑެލީން ބުނި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު މީޑިއާ އިން ވެސް ބޮޑު ސަމާލުކަމެއް ދީ އެމީހުންގެ ވާހަކަތައް ގެނެސްދޭތީ އޭނާ ވަރަށް އުފާވެ އެވެ. އެމީހުންގެ ފޮޓޯތައް ބަލާފައި މީހުންނަށް ލޯބި އިހްސާސް ކުރެވޭނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ.
އެމެރިކާގެ ބްރޭންޑެއް ކަމަށްވާ "އެވާމާޔާ"ގެ ކޯ-ފައުންޑާ ޑަމިއަން ގްރޭބޭލް ބުނީ ޑައުން ސިންޑްރޯމް ހުއްޓަސް، ނެތަސް މެޑަލީން އަކީ ބޭރުފުށުން ވެސް ވަރަށް ރީތި މޮޑެލް އެއް ކަމަށެވެ. އަދި އޭނާގެ ކިބައިގައި "އެވާމާޔާ" ބްރޭންޑް ތަމްސީލުކުރެވޭ ފަދަ ރީތިކަމެއް އެބަހުރި ކަމަށެވެ.
I had SO much fun walking for #FTLMODA at #NYFW pic.twitter.com/RTa6yq2nMF
— Madeline Stuart (@Madeline_Stuart) September 14, 2015
މެޑެލީން ސްޓުއާޓް 2015 ގައި ބޭއްވި ނިއު ޔޯކް ފެޝަން ވީކްގައި ފުރަތަމަ ފަހަރަށް ހިނގަނީީ
މެޑެލީންގެ ވާހަކައިން ގްރޭބޭލް އަށް ވަރަށް ހިތްވަރު ލިބުނެވެ.
މޮޑެލް އަކަށް ވުމަށްޓަކައި މެޑެލީން ވަނީ ޕާސަނަލް ޓްރެއިނާއެއް ހޯދައިގެން ބަރުދަން ލުއިކޮށް ހަށިގަނޑު ރަނގަޅަށް ފިޓްކޮށްފަ އެވެ. މެޑެލީންގެ މި ދަތުރު އެހާ ފަސޭހައެއް ނޫނެވެ. އެތައް އަހަރެން ވަންދެން އޭނާއަށް ވަރަށް ދަތި އުނދަގުލުގައި މަސައްކަތް ކުރަން ޖެހުނެވެ. ނަމަވެސް ނެށުމާއި ފެތުން އަދި ޗިއާލީޑިން ކުރުމުގައި މެޑެލީން ވަނީ ހުރިހާ އުނދަގޫތަކެއް ގިރާކޮށްފަ އެވެ.
މީގެ ހަތަރު ވަރަކަށް އަހަރު ކުރިން 2014 ގައި މެޑެލީންގެ ބަރުދަން މިހާރު ހުރި ވަރަށް ވުރެ 40 ޕައުންޑް އިތުރެވެ. އޭރު އޭނާ ހެލިފެލިވެ އުޅުން މަދުވެފައި މާގިނައިން ކެވޭތީ އެވެ. އޭނާގެ މައްސަލަ އިތުރަށް ގޯސްވީ ހިތުގައި ތިން ލޯވަޅު އިންކަމާއި ހިތުގެ ވޭލްް އަކުން ލޭ ލީކްވަމުން ދާކަން އެނގުމުންނެވެ. މި މައްސަލަތައް ހުރުމާއި ފަލަ ވުމުގެ ސަބަބުން މެޑެލީން އޭރު ހުންނަނީ އަބަދުވެސް ނޭވާކުރުވާގޮތް ވެފަ އެވެ.
ނަމަވެސް މި މައްސަލަތަކާ އެކުވެސް އޭނާ ބޭނުން ކަންތައްތައް ހާސިލުކުރުމުގެ އަޒުމުގައި މެޑެލީން ތެދުވި އެވެ. އޭނާގެ މަންމަ ރޮޒޭން ސްޓުއާޓް ބުނީ ހަފުތާއަކު ހަ ދުވަހު، ދުވާލަކު އެއް ގަޑިއިރު އޭނާ ޖިމްގައި ހޭދަކުރި ކަމަށެވެ. އަދި ކޮންމެ ދުވަހަކުވެސް އެކަމަކަށް އޭނާ އެންމެ އިންތިޒާރުކުރާ ކަމަކީ ޖިމަށް ދިއުން ކަމަށްވި އެވެ.
އޭނާ ޖިމަށް ވަންނަ ކޮންމެ ފަހަރަކު 20 ވަރަކަށް މީހުން އޭނާއަށް ހިތްވަރު ދިނުމުގެ ގޮތުން ބައްދާލަ އެވެ. އަނެއް ވިއްސަކަށް މީހުން ހައި-ފައިވް ދެއެވެ. ޖިމަކީ އޭނާގެ ދެ ވަނަ ގެއަށް ވި އެވެ.
އޭނާއަށް ލިބެމުންދިޔަ ކުރިއެރުންތަކަށް މެޑެލީން ފަޚުރުވެރިވި ކަމަށާއި އޭގެ ފަހުން އޭނާ ފަސްއެނބުރި ބަލައިނުލައި ކުރިޔަށް ދިޔަ ކަމަށް އޭނާގެ މަންމަ ބުންޏެވެ.
ޕާސަނަލް ޓްރެއިނާއަކާ އެކު ކާޑިއޯ އާއި ބޮޑީވެއިޓް ޓްރެއިނިން، ވެއިޓް ލިފްޓިން ފަދަ ވަރަށް ގިނަ ކަސްރަތުތައް މެޑަލީން ކުރި އެވެ. ނެށުމާއި ކްރިކެޓް އަދި ބާސްކެޓްބޯޅަ ވެސް ކުޅުނެވެ.
މެޑަލީން ކަހަލަ އަންހެންކުއްޖަކަށް މިއީ ފަސޭހަ ދަތުރެއް ނޫނެވެ. ބަލި ހާލަތު ހުރި ގޮތުންނާއި ޖަންކް ފުޑް ކެއުން މުޅިން ހުއްޓާލަން ޖެހުމުންނެވެ. ހުރިހާ ކަމެއް ގުރުބާންކޮށް މެޑެލީން ވަނީ އޭނާ ކަހަލަ ކުދިންނަށް ނަމޫނާ ދައްކާފަ އެވެ.
ދިވެއްސަކު މިސް ޔުނިވާސްގައި ބައިވެރިވެއްޖެ
ޖަސްޓިން އާއި ހެއިލީއަށް ފިރިހެން ކުއްޖަކު ލިބިއްޖެ
ސިދާތުއާ ފްލާޓްކުރި މޮޑެލް މާފަށް އެދިއްޖެ
ހެއިލީ އާއި ޖަސްޓިން ވަރިވާން އުޅޭ ވާހަކަ ދޮގުކޮށްފި
ސައުދީން މިސް ޔުނިވާސް މުބާރާތުގައި ވާދަކުރަނީ
ބޯޓު ހޯދަން ކައިޒީން ކުރި ދައުވާ ކާމިޔާބެއް ނުވި
ޕޫނަމް މަރުވި ކަމަށް ބުނެ އޮޅުވާލުމުން އާންމުން ރަތަށް
އިންޑިއާގެ މޮޑެލް ޕޫނަމް ކެންސަރުގައި މަރުވެއްޖެ
ބައްޕަޔާ ދެކޮޅު ދައުވާގައި ކައިޒީން އަށް ކާމިޔާބީއެއް
ޑައުންސިންޑްރޯމް ކުއްޖެއްތޯ ބަލާ ޓެސްޓު އައިޖީއެމްއެޗުން