Roadha Mihaaru
ޖަސްޓިން އާއި ހެއިލީއަށް ފިރިހެން ކުއްޖަކު ލިބިއްޖެ

ޖަސްޓިން އާއި ހެއިލީއަށް ފިރިހެން ކުއްޖަކު ލިބިއްޖެ

25 އޯގަސްޓް 2024

އެމެރިކާގެ މަޝްހޫރު މޮޑެލް ހެއިލީ ބީބާ އާއި އޭނާގެ ފިރިމީހާ އަދި ކެނެޑާގެ ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާއަށް ފިރިހެން ކުއްޖަކު ލިބިއްޖެ އެވެ.

އެމެރިކާގެ މަޝްހޫރު މޮޑެލް ހެއިލީ ބީބާ އާއި އޭނާގެ ފިރިމީހާ އަދި ކެނެޑާގެ ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާއަށް ފިރިހެން ކުއްޖަކު ލިބިއްޖެ އެވެ.

އެ ދެމަފިރިންގެ އަލަތު ދަރިފުޅު ވިހެއިކަން ވަނީ އިންސްޓަގްރާމް މެދުވެރިކޮށް އިއްޔެ އިއުލާންކޮށްފަ އެވެ. ޖަސްޓިންގެ އެ އިސްޓަގްރާމް ޕޯސްޓުގައި ވަނީ ދަރިފުޅުގެ ނަން ވެސް ހާމަކޮށްފަ އެވެ.

ޖަސްޓިން އާއި ހެއިލީގެ ދަރިފުޅަށް ކިޔަނީ "ޖެކް ބްލޫސް ބީބާ" އެވެ.

"ވެލްކަމް ހޯމް،" ތުއްތު ދަރިފުޅުގެ ފައި ފެންނަ ފޮޓޯއެއް އިންސްޓަގްރާމްކޮށް ކެޕްޝަންގައި ޖަސްޓިން ލިޔެފައިވެ އެވެ.

ހެއިލީ ބަލިވެއިންކަން ވަރަށް ގިނަ ދުވަސް ވަންދެން ފޮރުވައިގެން އުޅުމަށް ފަހު އެކަން އެންމެނަށް އެންގީ ބަނޑަށް ހަ މަސްދުވަސްވި ފަހުންނެވެ. މިދިޔަ މަހު އެމެރިކާގެ ފެޝަން މެގަޒިން "ޑަބްލިއު މެގަޒިން"އަށް ދިން އިންޓަވިއުއެއްގައި ހެއިލީ ބުނި ގޮތުގައި، އޭނާ ބަލިވެއިން ވާހަކަ ގިނަ ދުވަސްތަކެއް ވަންދެން ފޮރުވައިގެން އުޅުނީ މީހުން ފާޑުފާޑުގެ އެއްޗެހި ކިޔައި، ދޮގު ވާހަކަތައް ފަތުރާތީ އެވެ.

އެ ދެމަފިރިން ވަރިވާން އުޅޭ ކަމަށް ބުނެ ފެތުރި ވާހަކަތައް ވެސް އެ އިންޓަވިއުގައި ހެއިލީ ދޮގުކުރި އެވެ.

ޖަސްޓިން އާއި ހެއިލީ ކައިވެނިކުރީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރުގަ އެވެ.