13 ފެބުރުއަރީ 2018
ޗައިނާގެ ކުންފުނިތަކުން ރާއްޖޭގައި ތަރައްގީ ކުރަމުން އަންނަނީ ހަތް ރަށް ކަމަށް ބުނެ، ޗައިނާ އިން ގިނަ ރަށްތަކެއް "ހިފާފައިވާ" ކަމަށް ދެކެވޭ ވާހަކަތައް އެ ގައުމުން މިއަދު ދޮގުކޮށްފި އެވެ.
ޗައިނާގެ ކުންފުނިތަކުން ރާއްޖޭގައި ތަރައްގީ ކުރަމުން އަންނަނީ ހަތް ރަށް ކަމަށް ބުނެ، ޗައިނާ އިން ގިނަ ރަށްތަކެއް "ހިފާފައިވާ" ކަމަށް ދެކެވޭ ވާހަކަތައް އެ ގައުމުން މިއަދު ދޮގުކޮށްފި އެވެ.
ބޭރުގެ ނޫސްތަކަށް ދެއްވި އިންޓަވިއުއެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޗައިނާ އިން "ރާއްޖޭގެ ރަށްތަކާއި ބިންތައް ހިފަމުންދާ" ކަމަށް ވިދާޅުވެފަ އެވެ. ރާއްޖޭގެ 17-18 ރަށް ޗައިނާގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވެ، ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ނަޝީދު ދެއްކެވި ވާހަކަތަކަށް ރައްދު ދީ ޗައިނާގެ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ ވޭތުވެދިޔަ އަހަރުތަކުގައި ޗައިނާ އިން ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އެކަމުގެ ސަބަބުން ދެ ގައުމަށް ވެސް ފައިދާ ކުރަމުން އަންނަ ކަމަށެވެ.
"ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ކުރިއެރުންތަކެއް ލިބި، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ވަނީ ރަނގަޅުވެފައި. މިކަމުގެ ސަބަބުން ބޭރުގެ ފަރާތްތަކާއި ޗައިނާ އޮތީ އުފަލުން،" ބަޔާނުގައިވެ އެވެ.
ރާއްޖޭގައި ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި 30 ގައުމެއްގެ ކުންފުނިތަކުން 124 ރަށަކަށް އިންވެސްޓްކޮށްފައި ވާއިރު ޗައިނާގެ ކުންފުނިތަކުން އިންވެސްޓްކުރަން ޕްލޭން ކޮށްފައި ވަނީ އެންމެ ހަތް ރަށުގައި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެމްބަސީން ބުނި ގޮތުގައި ރާއްޖޭގައި އިންވެސްޓްކުރާ ގައުމުތަކުގެ ތެރެއިން ޗައިނާ އަންނާނީ ހަވަނައަށް ކަަމަށާއި އެއީ އިންވެސްޓްމެންޓްތަކުގެ 5.6 ޕަސެންޓެވެ. ނަޝީދު ހާމަ ކުރެއްވި މައުލޫމާތުތައް ސައްހަ ނޫން ކަމަށް ވެސް ޗައިނާ އެމްބަސީން ނެރުނު ބަޔާނުގައިވެ އެވެ.
"މައުލޫމާތުން އެނގޭ ގޮތުގައި ރާއްޖޭގައި ހިންގަމުން އަންނަ 100 އަށްވުރެ ގިނަ ރިސޯޓުުތަކުގެ ތެރެއިން ޗައިނާގެ ކުންފުނިތައް ބައިވެރިވަނީ މަދު ރިސޯޓުތަކެއްގައި،" ބަޔާނުގައިވެ އެވެ.
ބަޔާނުގައި ވަނީ ނަޝީދު ސަރުކާރުގައި ޗައިނާ އިން ކުރިއަށް ގެންދިޔަ ބައެއް މަޝްރޫއުތައް ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން އެއްކަމެއްގެ ގޮތުގައި އެ ބަޔާނުގައި ފާހަގަ ކުރީ ލ. އަތޮޅުގެ ހަތަރު ރަށެއް ގުޅޭ ގޮތަށް ހެދި "ލާމު ލިންކް ރޯޑު" މަޝްރޫއެވެ.
ޗައިނާ އާއި ރާއްޖޭގެ ގުޅުމުން ކުރި ފައިދާތައް ނަޝީދު އަމިއްލަފުޅަށް ތަޖުރިބާކުރައްވާފައިވާނެ ކަމަށް ވެސް އެމްބަސީން ނެރުނު ބަޔާނުގައިވެ އެވެ. އަދި އިގުތިސާދީ އަދި ވިޔަފާރީގެ ގުޅުމަށް އެމަނިކުފާނުގެ ވެރިކަމުގައި ތާއީދު ކުރެއްވުމަށް ފަހު މިހާރު އެކަމާ ދެކޮޅު ހައްދަވަނީ ކީއްވެތޯ ޗައިނާ އެމްބަސީން ސުވާލުކުރި އެވެ.
ފާޑުކިޔަސް ރާއްޖެ-ޗައިނާ ގުޅުން ދާނީ ކުރިއަށް: ސަފީރު
ހަނީމޫނަށް މަރުގެ ނިމުމެއް، ދެއްކީ ހުސް އިހުމާލު!
ޗައިނާ ޓޫރިސްޓުންގެ އަދަދު ދެ ލައްކަ ހުރަސްކޮށްފި
އިންވެސްޓަރުންނަށް ރާއްޖެ ވަރަށް މަގުބޫލު: ޖޭއެލްއެލް
ޝިއާމެން އެއާލައިންސްގެ ސީދާ ދަތުރުތައް ރާއްޖެއަށް
ޗައިނާގެ އިތުރު އެއާލައިނެއް ރާއްޖެ އަށް
ޓޫރިސްޓުންގެ ލިސްޓުގެ އެއް ވަނައަށް ޗައިނާ އަރައިފި
ހޮންގްކޮން އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށައިފި
ރާއްޖެ-ޗައިނާއާ ދެމެދު އަންނަ މަހު ދަތުރުތައް ފަށަނީ
ޗައިނާގައި ރާއްޖެ އިޝްތިހާރުކުރަން ހާއްސަ ހަރަކާތެއް